ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ރަށު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަ ދެއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ، ހޯދަމުންދަނީ ޏ.ފުވައްމުލައް / މިސްކިތްމަގު. ބްލޫރީގެ، ޢަބްދުﷲ އަޙްމަދު (50އ) އެެވެ. އޭނާ ހޯދަމުން ދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
އެހެންކަމުން ޢަބްދުﷲ އަޙްމަދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 6865013 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންގެންދާ އެއްބާރުލުން ފުލުހުން ފާހަގަކުރިއެވެ.
މުޅިން ދެކުނު މީހުން ދޯ ވައްކަމާއި ފޭރުމުގެ ކަންކަމުގައި މިއުޅެނީ ދޯ...