އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ކުއްޖާ ނިސްބަތްވާ ރަށުގެ މައުލޫމާތު ހާމަނުކުރަން ފުލުހުން އެދިފައި ވާތީ އެރަށުގެ މައުލޫމާތު ހާމަނުކުރަން "ވަގުތު" އިން ވަނީ ނިންމާފައެވެ.

ކުޑަ ކުއްޖާ ވިއްސުމުގައި ބައިވެރިވީ ކުއްޖާގެ މަންމަ އާއި ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެއެވެ. ހައްޔަރު ކޮށްފައި ވަނީ ކުއްޖާގެ ލޯބިވެރިޔާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މިމައްސަލައިގައި މީހަކު ހައްޔަރު ކުރިކަން އަދި ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

15 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ވެގެން އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު މައުލޫމާތު ދީފައިވެއެވެ.

ކުއްޖާ ނިސްބަތްވާ ރަށުގެ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ ވިހެއީ އެކުއްޖާ ދިރިއުޅެމުން ދިޔަ ގޭގެ ފާހާނާ ތެރެއަށް ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ ކަމަށެވެ.

"ބައެއް މީހުން ބުނޭ ކުއްލިއަކަށް ވިހެއީ ކަމަށް އާއިލާ މެންބަރުން ބުނާ ކަމަށް. ގޭގައި ވިއްސަން އެމީހުން މަސައްކަތް ކުރީ ނޫންކަމަށާއި ބަނޑުގައި ރިއްސައި ގަތުމުން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށް ވިހެއީ ކަމަށް. ވިއްސަން އުޅުމުގެ ތެރޭގައި ކުއްޖާ މަރުވީ ކަމަށް ވެސް ވާހަކަދެކެވޭ. ބައެއް މީހުން ބުނޭ ވިހޭ އިރު ކުއްޖާ އޮތީ މަރުވެފައޭ ވެސް. ތަފާތު ގޮތްގޮތައް އެބަ ވާހަކަދެކެވޭ." އޭނާ ބުންޏެވެ.

މިމައްސަލައިގައި ކުޑަ ކުއްޖަކު ހިމެނޭތީ ފުލުހުން ވެސް މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވެފައި ވަނީ ކުއްޖަކު ވިހެއި މައްސަލަ އާއި ތުއްތު ކުއްޖާ މަރުވި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަން ކަން

    އަދިވެސް ކުޑަ ކުއްޖާ...

    1
    2
  2. ޖިންނި

    ތި ބުނާ '' ކުޑަ ކުއްޖާ '' ގެ ފޮޓޯ ޖަހާލަބަލަ އަބުރާއި ބެހުން ހުއްދަ ކުރާ ސަރުކާރުން ހަމަ އެންމެ ރަނގަޅުވާނެ

    2
    1
  3. ޕޮފުބާ

    ކުއްލިޔަކަށްވެސް ވިހާފާނެ އެކަމަކުތީ އަލަށްވީމަ ވަރަށް ގަބޫލުކުރަންދަތި ހަގީގީހާދިސާއެއް ތިކުއްޖާގެ ފުރާނަވިހެއުމުގެ ތެރޭގަ ނުދިޔައީމަ الله ސުކުރު ކުރަން ކުޑކުއްޖު ބަނޑު ބޮޑުވުމަކީ ހުރިހާ ޒަމާނެއްގަވެސް ހިގާކަމެއް އެކަމަކު ތިކުއްޖާޔަށްވާނީ ވިހެއުމުގެ ތެރެއިން ވަރަށް ބޮޑަށް އަނިޔާވެފަ ސަބަބަކީ ގޭގަ ވަގަށް ވިއްސަން އުޅުން ތިވަރުގެކުދިން ވަރަށް މޮޔަވާނެ ތިކުއްޖާޔަށް ތިއަނިޔާދިން ބަޔަކަށްހައްގުވާ އަދަބަށްވުރެވެސް ބޮޑު އަދަބެއް ދޭންވާނެ. މަރުވި ކުޑަކުއްޖާގެ ބައްޕަޔަށްވެސް ހައްގުވާ އަދަބަށްވުރެ ބޮޑުއަދަބްދޭންވާނެ އަންހެންކުއްޖާޔަށް އެއްވެސް އަދަބެއްދީގެން ނުވާނެ ސަބަބަކީ ދިވެހިރާއްޖޭގަ ރަށްމެދަށްވިހާ މީހުންނަށް އަދަބެއް ނުދޭތީ ތިވަރުގެ އަންހެންކުދިން ވަރަށް މޮޔަވާނެ ލޯބީގެގޮތުން ގުޅިގެންއުޅޭ ފިރިހެނަކާއެއްކޮން ކޮންމެކަމެއްވެސް ކުރާނެ އެކަން ވިސްނަންވާނީ ފިރިހެކުން ވަރަށް ހިތްދަތިވެއްޖެ.

    1
    3
  4. މުސްލި

    ކުޑަކުދިންވެސް ވިހާތަ؟

    4
    2
  5. ޯމުޅޯށި

    ކުޑަކުއްޖަކު ވިހާނެތަ

    3
    2
  6. މުސްލި

    ކުޑަކުދިންވެސް ވިހާތަ އަޅެ؟

    3
    2
  7. ދިދަ ދަނޑި

    މައުލޫމާތު ހާމަނުކުރެވެންވީ ކީއްވެ؟ ކުޑަކުދިން މީހުނާ ހިތާވެ، ދުނިޔެމަތީ ލެއްވިހާ ނުބައި ކަމެއްކޮށް ދަރިން ވިހާތަ؟؟؟

    6
    2