މި ސަރުކާރަކީ ވައްކަން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާނީ ދެފުށް ފެންނަ ގޮތަށް ކަމަށް، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މި ސަރުކާރުން އެއްވެސް ކަމެއް ނުކުރެޔޭ. ވަރަށް ލަސްވެޔޭ ކަންކަން ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކުންހީއެއް. ލަސްވަންޏާމު ނުވަތަ ނުވައްޏާމު ނުވަނީ އަޅުގަނޑަށް ހީވާގޮތުގައި ވައްކަން ކުރުން. އެކަމެއް މި ސަރުކާރަކުން ނުކުރޭ. ބޮޑެތި މަޝްރޫޢުތަކެއްގެ ގޮތުގައި ވައްކަން ކުރުމަކީ މި ސަރުކާރުން ކުރާ ކަމެއް ނޫން. އެބައި ވަރަށް ދަށްކޮށް މި ފެންނަނީ. އަޅުގަނޑުމެންނަށް ރަނގަޅީ އެކަން އެއްވެސް ވަރަކަށް ނެތިއްޔާ." އަލީ ވަހީދު ވިދާޅުވިއެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ބޮޑު ބައި ޙާޞިލްކުރެވިފައިވާ ކަމަށާއި، ބޮޑެތި މަޝްރޫޢުތަކެއްވެސް ކުރިއަށް ރޭވިފަ ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގެ 83 އިންސައްތަ މިހާރުވަނީ ފުރިހަމަކޮށްފަ. ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން. ހެނދުނު ނާސްތާ އެބަ ލިބޭ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ހިނގުން އަދިވެސް ރަނގަޅު ކުރެވޭނެ. އަޅުގަނޑުމެންގެ އެބަހުރި ބޮޑެތި މަޝްރޫޢުތައްވެސް. މިދިޔަ ހުރިހާ ސަރުކާރުތަކުން ކުރި ކަންތައްތައް އެއްކޮށްލީމަ ނުކުރެވޭހާ ގިނަ ކަންކަން މި ސަރުކާރުން ކުރާނެ. އެކަން ޕްލޭން ކުރެވެމުން ދަނީ." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ގިނަ ވަޢުދުތައް އަދިވެސް ފުރިހަމައެއް ނުވެއެވެ. އަދި މި ސަރުކާރު އައުމަށް ފަހު ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަޒީފާތަކުން ވަކިކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އަނގައިން ވައްކަމެއް ނުކުރޭ، ނުވެސް ކުރާނެ. އަމަލުން އޮތީ ވައްކަމާ ކޮރަޕްޝަން.
އެންމެ ކުޑަ ކަރާގެ އެއްކަރާ ވިއްކައިގެން މަހުޖަނަކަށްވި މީހަކު ނުހުންނާނެ ތިނޫނިއްޔާ. ލަދު ނުގަންނަކަން.
ހަމަ އެހެންތަ؟ ދެން ކޮބައިތަ ދިވެހި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ......... މުޅި ސަރުކާރުގައިވެސް ހުސް ވަގުން
ޔޫތު މިނިސްޓަރ....... އެމްޕީއާރުސީ ލާރިގަނޑު ކައިލި މީހެއް
ޓޫރިޒަމް މިނިސްޓަރ........ ކިއްލި ތަޅައިގެން މާލޭން ބޮޑު ގޯއްޗެއް ހުޅުމާލެން ދެގޯތި ގަތް
ފޮރިން މިނިސްޓަރ ......... ޖީއެމްއާރަށް އެަރޕޯޓު ވިއްކާލައި ބަރިަރިޔަށް ކަޓުނެގިމީހާ
ޑިފެންސް މިނިސްޓަރ ........ އިންޑިޔާ ސިފައިން ރާއްޖެ އިފުމަށް ހިތްވަރުދިން މީހާ
ރައީސް މީހ ................. މާ ޞާލިޙް މީހެއްކަމަށް ހެދިގެން ހިލޭއެހީގެ 1.8 ބިލިއަން ދިރުވާލި
މި ސަރުކާރުގައި ވަގުން ނޫން އެއްޗެއް ނެތެއްނު!
ރަގަޅު ގޮތަކީ މި ސަރުކާރުން ނުކުރާނެ ވައްކަމެއް ނޯންނާނެ! މުޅި ސަރުކާރުގައިވެސް ހުސް ވަގުން.
ޥައްކަމާ ރިސްވަތާ މިއީމިގައުމުގެހަލާކު
ކަލޯ ވައްކަމެއް ނުކުރާނޭ ތިބުނަނީ، އެކްމަކު ވެރިކަންވެސް ހޯދީ ވަގަށް، ދެން ކޮންކަމެއް ކަލޭމެންނަށް ތެދަށް ކުރެވޭނީ،
ނުއަގުގައި ކަނަމަދު ވިއްކުމަކީ ކުރަނެކަމެއްތަ؟
ޥައްކަމެއްނޫން ކުރާނީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލާ ވާނުވާ އަންގާ ނުލާނީ ވަލުދޮރޯށިން ވަދެ އަންބޮނޑި ބޮޑުކުރެއްވި ބޭފުޅާކަން އެންމެސް ދަނޭ
މިސަރުކާރުގެ އިސްވެރިންގެ ބުރިކަށީގައި ވައްކަން ނުކުރާނެކަމުގެ ސިއްކަޖަހާފަ އެބަހުރިތަ ނޫނީ ކުރިން ދުވަހަކުވެސް ވައްކަން ކޮއްފަ ނުވޭތަ؟؟
ތިޔަހައިކަންހައި ބޮޑު "ތެދެއް" މި ރަމަޟާން ރޯދަމަހު މީހަކަށް ބުނެވޭނީ.
ރަގަޅު ވަގަކަށް ނުނަގާނެ ފާޅުގަ ނަގާ ހުސްކޮށްލާނީ، 1.8 ލިބުނު ވާހަކަ ނުބުނޭތަ؟ ބުނި ދޯ އެ ދައުލަތުގެ ބަޖެޓަށް ނުވަންނަކަން ވެސް އެގެ އެެއްނު ދެން އެވާނެތަ ވައްކަމަކަށް ފާޅުގަ އަންގައިގެން ކުރާކަމެއް ކުރާނީ ދެން ތިބޭ އަތްޖަހަން ބޭނުން އެއްޗެއް ހަދާނީ ދޯ ކިއްލި.
ވައްކަމުގެކުށް ގިނަފަހަރު ސާބިތުވަނީ، ފަޤީރުންނާއި މިސްކީނުންގެ މައްޗަށެވެ.
ކިއްލިއަކަށް 5 މިލއަން.