މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ. ނަމަވެސް މިނިންމުމަށް އަމަލު ކުރާނީ ހަމަސް ދުވަސް ފަހުން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައި މާލޭގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.
މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެ ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފެވެ.
މިހާރު ވެސް އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޤާނޫނުގައި މަނާ ކޮށްފައިވާ ކަމެކެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރަން ޤާނޫނީ ހުރަހެއް ނެތެެ.
ނަމަވެސް އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާސްކޮށްފައިވާ ޤާނޫނު އެންމެ ރަނގަޅަށް ތަންފީޒެއް ނުކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމައިނާ ކުރެވޭނެ ކަމަށް ޤާނޫނު ބުނެއެވެ. މިހާރު ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ޤަވައިދެއް މީގެ ފަސް މަސް ކުރިން ވަނީ ގެޒެޓް ކޮށްފައެވެ. އެޤަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން ދުންފަތުގެ ދުމުގެ އަސަރު ކޮށްގެން ވެސް ނުރައްކާތެރި އެތައް ބައްޔެއް ޖެހޭކަން ސައިންސްގެ އެތައް ހޯދުމަކުން ދައްކާފައިވެއެވެ.
ދުންފަތުން ލިބޭ ޑިއުޓީ ހުއްދަ.ދުންފަތް ވިއްކުން ހުއްދަ.މަގުމަތީގައި ބުއިން މަނާ.މިއީ އަރަތެއް ނޫން.
ވަޅިން ލިބޭ ޑިއުޓީ ހުއްދަ. ވަޅި ވިއްކުން ހުއްދަ. މަގުމަތީ ހިނގާ މީހުން ގަޔަށް ވަޅި ޖެހުން މަނާ. މިއީ އަރަތެއްނޫން. މާމޫން؟؟ ގެޓް ދަ ޕޮއިންޓް؟؟
ދޮންބެ: ވަޅިއަކީ އޭގެ ޒާތުގައި ހުއްދަ އެއްޗެއް. ނަމަވެސް ދުންފަތަކީ އޭގެ ޒާތުގައިވެސް ގެއްލުންދޭ އެއްޗެއް. އަނގަޔަށްލައިގެން ހެފިޔަސް އެއްޗަކަށް އޮޅައިގެން ބުޔަސް ގެއްލުން. ވީމާ ތިޔަފަދަ ތާކުންތާކު ނުޖެހޭ މިސާލު ނުޖަހާ....
ފުރަތަމަ މާލޭގެ މަގުތައް ކުނިކަހާ ސާފުކުރެވޭތޯ ބަލާބަލަ! އޭގެ ފަހުން އެހެންކަމެއް ކުރެވޭތޯބަލާ! ޞ
ފުރަތަމަ މަގުމަތީގައި ސިގިރޭޓު ބުއިން ހުއްޓުވަންޖެހެނީ..ސިގިރޭޓަކ މަގައް އަޅާ ކުނީގެ އެންމެ ކުރ ސަފުގައި އޮންނަ އެކަތި.
ދުންފަތް، ސިގިރޭޓުން ހަށިގަޑަށް ގެއްލުންވާތީ ބޭނުން ކުރުމަކީ މަނާ ކަމެއް. ސިގިރޭޓު ކަހަލަ ހަށިގަޑަށް ގެއްލުން ހުރި އެއްޗެހި ބޭނުން ކުރުމަކީ ވަރަށް ނުބައި އަަމަލެއް
ދުންފަތުން ޑިއުޓީ ބޮޑުކޮށް ނަގަނީ ލާރި ހޯދާކަށެއްނޫން. އެއީ ޑިއުޓީ ބޮޑުކުރުމުން އެވިއްކޭ އަގުބޮޑުވުމުން މީހުން އެބޭނުންކުރާވަރު މަދުވާނެތީ.
ދުންފަތުން ޑިއުޓީ ބޮޑުކޮއް ނަގަނީ ސަރުކާރައް ލާރިހޯދަން ވެގެން ދުންފަތް މައްސަލައަކީ މުޅިގައުމުގަ ރަލާ ހަކުރާ ފަތާ ތެލާ މިތަކެތި އޯކޭ.
ބޯގޮވި ސިފާއަށް އިގެނީ މާލޭގަ އެކަނިތަ މަނާ ކުރާން. ރާއްޖެތެރޭ ރަށް ރަށުގައި ވެސް މަނާ ކުރާން ޖެހޭ.
މާލެ ސިޓީ ކައުންސިލް ކިޔަނީ ކަމަކު ދޯ؟؟
ބޯގޮވާފައި ހުރި މީހާ އޮޅިއްޖެ!
މިކަން ވެސް ވާރކް ކުރޭތޯ ބަލަން ހިނގާ ދޯ .. ވެެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު..??????
ސޯކޯލްޑް ދޮންބެގެ ވިސްނުންކޮށިކަމާ ، ވަޅިން ހިފޭ ޕޮޒިޓިވް ރަންގަޅު ފައިދާ ހުރިކަންކަންހުރޭ އަދި އެފަދަކަންކަމާ މުޅިދުނިޔޭގައި ނެގެޓިވް އެއްޗެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ސިނގިރެޓް ނުވަދަ އޭގެއިން ހިފޭޕޮޒިޓިވް އެއްވެސްބޭނުމެއްނެތް އެއްޗަކާ އަޅާކިޔާނީ މޮޔައެއްނޫން .. ގެޓްދަ ޕޮއިންޓް
މިއޮތީވާ ރަގަޅު ވެރިކަމެއް
ޢެތެރެކުރުން ހުއްޓާލީމަ ނިމުނީ
މުހައްމަދު އަމީނު ގުޅަކުޅޭފަސްގަނޑަށް އެއްލާލިގޮތަށް އޭރުން އިބޫ އެއްލާލަފާނެ. އަމީނުދީދީ މަރާލީ ދުންފަތް އެތެރެކުރުން މަނާކުރީމާ.
ތަންފީޒެއް ނުކުރެވޭނެ ތިކަމެއް. ކަމެއްކުރީމޭ ބުނަން ކުރާކަމެއްތީ. ހަނދާންނައްތާލާ. އެހެންނޫންނަމަ ކެފޭތަކުގަ ނޯސްމޯކިން ބޯޑު ކުރިމަތީ އިނދެ އެ ބޯއިރު އެކަން ހުއްޓުވުނީސް. މިދައްކަނީ 4 ފާރެއްގެ އެތެރޭގެ ކެފޭހިންގާ ފަރާތުގެ ލޯ ކުރިމަތީގަ ސިނގިރެޓް ބޯވާހަކަ. ދެންތިބުނަނީ މިނިވަން ކޮށް އޮތް 1 ކިލޯމީޓަރުގެ ބިމެއްގަ ބޯއިރު ހުއްޓުވޭނެ؟ ސިޓީކައުންސިލުން މޮޅުކަމެއްތިކުރީ! ރެކޯޑްފޮތަށް އަރާނެ! ތަންފީޒު ނުކުރެވޭ މޮޅު ގަވާއިދު ހެދުންނޫންކަމެއް މިސަރުކާރަކަށް ނުވާނެ!
ކޮންކަމެއްބާ ތަންފިޒް ކުރެވުނީ އަދި ކޮންސަރުކާރަކައްބާ ތަންފީޒު ކުރެވުނީ . ގާނޫނު ހެދިޔަސް މިރާއްޖޭގަ ތަންފީޒެއް ނުކުރެވޭނެ އެއްވެސް ކަމެއް.
ބަޖެޓް އަށް ލާރިކޮޅެއް މަދުވީތަ އަވަހަށްފެލާލާ ކުރާނެކަމެއްނެތިއްޔާ ވަޒީފާ ދޫކޮއްލާފަގެއައްދޭބަލަ މަސއްކަތް ކުރެވޭވަރުގެ ބަޔަކާ ހަވާލުކޮއްފާ
މަޖިލިސް މެންބަރުން ކޮންމެ ފަހަރަކު ފޮށި ގަތަސް އާމުރައްޔިތު މީހާ ސިގިރޭޓެއް ބޯން ބޭނުންވާ ކޮންމެ ފަހަރަކު ކިހިނެއް ފޮށި ގަންނާނި
އެހާަ ފުދުންތެރިކަން ނެތިއްޔާ ނުބޯނީ..
ފިހާރަތަކުން ވަކިން ސިނގިރޭޓެއް ނުވިއްކެޔޯ. މަނާކަމެކޯ އެއީ. ކޮންމެ ފިހާރައަކުން އެއޮށް ވިއްކާނަގަނީ. ކާކު ބަލަނީ. ކާކު ފިޔަވަޅު އަޅަނީ. ރިޕޯޓު ކުރީމަ ކުރާމީހާ ގޯސްވަނީ. މިބަލަނީ. އެނިމުނީ. މިދިވެހިރާއްޖޭގަ ތިކަމެއް ނުހިއްޓުވޭނެ. ވަރަށް ކެރިހުރެގެން މިބުނަނީ.
އެތެރެ ކުރަންޖެހޭ އެކަމަކު ބޮއެގެން ނެއް ވާކައް
އެތެރެކުރުންވެސް މާލަސްތަކެއްނުވެ ހުއްޓާލާނެ.. މިއީ އޭގެ މަރުހަލާއެއް..
ސިނަމާލެ ފްލެޓްތެރޭ ހުއްދަ ނެތި ވެހިކަލް ޕާރކް ކުރުން މަނާކުރި ގޮތަށް ދޯ؟ އަންނަނީ ހިނި.
ތިހެން ވިއްޔާ ކޮންމެ ސިނގިރޭޓެއްފަހަތުގަ ފުލުހެތްބަހައްޓަންޖެހޭނީ
ކުރާނެކަމެއް ނެތިގެނތަ ތިއުޅެނީ މަގުތައް މައްޗައް ފައިބާ އެއަރ ކޯން ފެން ފޭބުން ހުއްޓުވަބަލަ މަގުމަތިން ޕެލެޓްތައް ނަގުވަބަލަ ކަމެއްކުރަންޏާ
ވ.ރަނގަޅު ކަމެއްތީ ތިކަން ތިގޮތައް ވެއްޖިއްޔާމުން. އެކަމަކު ވަރަން ހިޔެއްނުވޭ ތިކަމެއްވާނެހެނެއް. ކޮންބަޔެއް ތިކަން ބަލާނީ. ޤާނޫނުނެތިގެންތަ ކަންތައްތައް ނުވަނީ. ކަންކަން ބަލާނެ ބަޔަކު ނެތީ.
ރައީސް އަމީން އަށް ނުވި ވަރުވިއްޔާ ކިތައްމެހާވެސް ރަނގަޅު..
މާލެ މަގުމަތީ ނުބޮއެ އަލިފާން ފޮށިވަރު ތަންކޮޅު ކޮޅު މިހުންނަނީ ކުއްޔަށް ދީފަ، އެތަނު ތެރޭތަ ބޯންވީ. އެތެރެ ކުރުން ހުއްޓާލަންވީނު
އޭރަށް ހުރިހާ ކަމެ ހައްލުވީ
މިހާރުވެސް މަނާތަންތަނުގް ބޮއެނަގަނީ ދެންކިހިނެއް މާލެމަގުތަނުން ތިކަންހުއްޓުވާނީ
މަޖިލިސް މެންބަރުންނައް ކޮންމެފަހަރަކު ސިގރޭޓު ފޮށި ގަނެވުނަކަސް އާމުރަށްޔިތުމީހާ ސިގިރޭޓެއް ބޯން ބޭނުންވާ ކޮންމެފަހަރަކު ކިހިނެއް ފޮށި ގަނެގެން ބޯނި
އިތުރުތަންތަނުގަ ދުންފަތުގެއިސްތިޢުމާލުކުރުން މަނާކުރުމުގެކުރިން މިހާރު ދުންފަތުގެއިސްތިޢުމާލުކުރުންމަނާކޮށްފަހުރިތަންތަނުގަ އެކަންހުއްޓުވޭތޯބަލަންވީނު ހާބަރުކަޑަތަކުގަ އެތިބެނީ އަބަދުރޯކޮށްގެން ފެންނަމީހަކުނެތް ދެންކީއްކުރަން ކުރާކަމެއްތީ
މިވަރުގެ ބޮޑު ކަމެއް ނިންމިއިރު މޭޔަރޭ ކަދުރު ޝިފާ ވަލް އަނގަބޮޑޭ އާއި ދެންހުރި ދުންމާރިއެއް ނެތް. މި މީހުންގެ ހުރި ސުންޕާކަން މިއިންވެސް އެނގެނީ. މި ނޫނީ ނެތީތަ ކަލޭމެން ކުރާނެ ކަމެއް. ސަހަރޯ ހީވެ.
އަސްލުގަ މިކަން ވެއްޖެނަމަ ވަރަށްގިނަބަޔަކަށް ފައިދާކުރާނެ. މިހާރުވެސް ވަރަށްގިނަ ފިރިހެނުންނަށް ބޮޑުކަމުދާން ފާޚާނަ ތެރޭ ސިގިރެޓްބޯލާ، މުސްތަގުބަލްގަ މަގުމަތީ ނުބޮއެ، ތިބެދާނެތޯ އެއްޗެއް. އިންޑިއާގެ ކޮޗިން މަގުމަތީ ތުންފަތުގެ އިސްތިއުމާލު ކުރުންމަނާ، ވީމާ މާލޭގަ މިކަން ހުއްޓުވޭނެ، ޒުވާނުންގެ އެއްބާރުން ލިބޭނެ.
މީތި ސަޅި. ލެޓްސް ސީ.
ބަލަ ސިޓީކައުންސިލް މީގެ ކުރިންވެސް މަނަލޭ ތަންފީޒޭ ނުވަނީ ޙާއްސަކޮށް އެމްޑީޕީ މީހުންގެ ސައިހޮޓާ ތަކުގައި މަނާ ބޯޑުދަށުގައި ސިގިރޭޓް ބޮނީ، އެވާހަކަ ބުނެފިނަމަ އަމާބަފައަށް ގޮވަނީ މިކަންތައް އެމްޑީޕީމީހުން ނުކުރަނީ ސަރުކާރަށް ޖެއްސުމަށް ދެންމިހާރު އެކަން ކުރަން ފަސޭހަވާނެ އެހެނޭ އެވެރިން ގެ ވެރިކަމެއްގަނޫނީ އެވެރިން ރަގަޅުކަމެއް ފާސްކުރިއަސް ޢަމަލުނުކުރާނެ
މަގުމައަޗަށް ކުޅު ޖެހުންވެސް މަނާ ކުރަން ޖެހޭ
ނޫސްތަކަށް ހަބަރަށް ދީ.ތިވަރުން ދެން ފުދޭނެ.ހެދިފަހުރި ގާނޫނު ތައް ހުރީ މޮޅަށް ހެދިފާ.ބޯޑު ކައިރީ ތިބެގެންވެސް ބޮއިނަގަނީ. ނިއްމާފަހުރި ކަންކަން ތަންފީޒެއް ނުވޭ.ބޯޑުތައްހަރުކޮއްގެން ތިބީމަ ވީ.މާލޭގައި މިއޮއްދުއްވާ އެއޗެހިން އަރާ ދުން ކިތައްމެ ވަރަކަށް އެރިޔަސް އޯކޭ.މާލޭގައި ބަގުޑި ބައްދައިގެން ދުން އަރުވަ އަރުވަ ތިބުން ނޫންގޮތެއް ނެތް.
ވަރަށް ރަނގަޅުކަމެއް! %100 ތާއީދު
އަހުން ބޭނުން ޓިކްޓޮކް އަސްމާވެސް ބުނާއެއްޗެއް ބަލަންމިިކަމާ ގުޅިގެން..
ފެންނުޖެހޭ ކައުންސިލް ބައްދަލުވުމަކުން ނިންމި ނިންމުން ޞޮއްހަވާނެބާ؟ މޭޔަރާ ޑިޕިޔުޓީމޭޔަރާ ބައިވެރިއެއްނުވޭ. ވައްތަރީ ޑްރާމާއަކާ.
ތިޔައްވުރެ ރަގަޅުވާނެ ބޭރުމީހުން ތަންތާގެ ސޭޓުންނައް ނުތިބެވޭގޮތްހަދާބަލަ މަސްވިއްކަން ބޮންދު މާރުކޭޓް ގޮޅިތަކުގަ ބޮންދު ތަންކޮޅެއްކުރިން އަޑުއިވުނު ބޭރުމީހުނައް ސޭޓުންނަކައްނުތިބެވެޔޭކިޔާއަޑު އެކަމަކުއެހެނެއްނޫ ދިވެހިންނައް ސޭޓުންނަކައްނުތިބެވޭނެޔޭ ބުނީދޯ
މިހާރު ވެސް ގާނޫނަކުން ކުޅުޖެހުންވެސް މަނާ. އެކަމަކު އެކަން ހުއްޓުވަނީ ކާކު ... އެންމެ ގިނަ ބަލި ފަތުރަނީ ކުޅުން....... މުހައްމަދު އަމީންގެ ވެރިކަން ވެސް ނިމުނީ ދުންފަތާ ޖެހިގެން މިކަންވެސް ފިޔަވަޅު އަޅަން ފަށައިފިނަމަ ބަޔަކު ރަތަށް އަރާނެ ....
ދުންފައި މަގުމަތީގަ ކެޔަސަ މައްސަލައެއްނެތް..އެކަމަކު ބޮއެގެން ނުވާނެ..
ވަޅިން ލިބޭ ޑިއުޓީ ހުއްދަ. ވަޅި ވިއްކުން ހުއްދަ.. އެކަމަކު ވަޅިއަކީ ހިނގާ މީހުންގެ ގަޔަށް ޖަހަން ހެދި އެއްޗެއްނޫން...
ދުންފަތުން ލިބޭ ޑިއުޓީ ހުއްދަ.ދުންފަތް ވިއްކުން ހުއްދަ.. އެކަމަކު ދުންފަތަކީ ބޯވެސް އެއްޗެއް. އެކަމަކު ތަންތަނުގަ ބުއިން މަނާ. ގެޓް ދަ ޕޮއިންޓް؟؟
މާލޭގަ އެކަނި މިފިޔަޥަޅު އެޅީ މާލެ ކައުންސިލްގެ ނިންމުމަކަށް ވާތީ. ރަށްތަކުގައި މަނާ ކުރެވޭނީ ރަށު ކައުންސިލްތަކަށް
ކަމެއ ކުރަންޏާ އެކަމެއް ފުރިހަމައަށް މޮނިޓަރ ކުރެވި ތަންފީޒް ކުރެވޭ މާހައުލެއް އުފައްދަންޖެހޭ! ހިޔާވަހިކަން، ޕާކިންގް، އެކްސިޑެންޓްސް، މާރާމާރީ، ޑްރަގް، މިކަހަލަ އެއތަކެއްް ޢުމްރާނީ އަދި އިޖްތިމާއީ މައްސަލަތަށް އެބަ ހައްލު ހޯދޭތަ އަމުދުން މި މާލޭގަ؟ ބިސްމި ކިޔާފަ ފުރަތަމަ ކަމަކަށްވެސް ކުރަންވީ ކަމަކީ ބިމާއި ގޯތި ގެދޮތުގެ ޖާގަ އާ އެކަށޭނެ މިންވަރަށް މާލޭގެ އާބާދީ ހަމަޖައްސަންވީ. އެންމެން އާނ ބަސް ކިޔައިގެން ރަށްފުށުގައި އެކަށޭނެ ތައުލީމާއި ސިއްހީ ނިޒާމު ގާއިމްކުރަންވީ. މާލެއަށް ޒިޔާރަށް ކުރަން ނުޖެހޭވަރަށް ރާއްޖޭގެ 3 ވަރަކަށް ސަރަހައްދު ތަރައްޤީ ކުރަންވީ.
މާލޭގެ މިހާރުގެ ހާލަތުން ދުވަހަކުވެސް ތިއިން ކަމެއް ތަނަފިޒު މުކުރޭވެނެ. އިޖަތިމައީ ކަންކަމަށް ހައްލުތައް ނޮހޯދޭނެ.
ނުވާނެ ތިކަމެއް. މިހާރު މަނާވެފަ ވާ ތަންތަން މަނާ ބާ؟
މާލޭ މަގުމަތީ ދެބަދެހަންހާރަ ވެފަ ސައިކަލް މަތީ ތިބުން ހުއްދަ ދޯ
މާލޭގެ މަގުތަށް އެކަނި ތަ ސަރުކާރުގެ އޮފީސް އިމާޜާތް ތެރެވެސް ވެއްޖެ މިކަމުން އެކަހެރިކުރަން. ސަރުކާރުގެ އިސް ވެރިންވެސް ބައިވެރިވެގެން ޕޮލިޓިކަލް މަގަމުތަކުގައި އައިސްތިބޭ މީހުން ގެ މުސީބާތް އެހާ ބޮޑު ... މުޅިގައިގަ ހުންނަނީ މި ނަޖިސް ވަސް ހިފާފަ
ޢައި ޖަސްޓް ކުއިޓް ސްމޯކިންގ މަންތް އެގޯ.އާފްޓާ 20 ޔިއާޒް ސްމޯކިންގ.ބެސްޓް އެޗީވްމަންޓް އިން ދަ ޔިއަރ 2019.
ކޮންމެ ކަމަކުންވެސް މާލޭ މީހުނަށް މޮޅުގޮތް. ޜަށްފުށުގަ އުޅެނީ ޖަނަވާރުންތަ؟ ޙަދާ ޤަވައިދެއް މުޅި ރާއްޖެއަށް ހަދާ.