އިންޓަރނެޓަކީ އަސާސީ ޚިދުމަތަކަށް ހައްދާވާނެ ކަމަށާއި، އަދި އެ ޚިދުމަތަކީ ހުރިހާ ރަނގަޅު އެކަށީގެންވާ ހެޔޮ އަގެއްގައި ލިބޭ ޚިދުމަތަކަށް ހައްދަވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ، ޓެލްކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ.
"މިއަދަކީ މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަމުން އަންނަތާ 50 އަހަރު ފުރޭ ދުވަސް. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ކުރުމުގައި އާއްމުންގެ ހޭލުންތެރިން އިތުުރު ކުރުމާއި، މުޖުތަމަޢުގައިވާ ޑިޖިޓަލް ފަރަޤު ކުޑަކުރެވޭނެ މަގުތައް ދެނެގަތުން. މިއަދު ފާހަގަ ކުރާ ޓެލެކޮމިއުނިކޭޝަން އެންޓް އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރަކީ ބްރިޖިންގ ދަ ސްޓެޑަޑައިޒޭޝަން ގެޕް." މަލީހް ވިދާޅުވިއެވެ
އިތުރަށް މަލީހް ވިދާޅުވީ، ރާއްޖެ އަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޤައުމެއް ކަމަށާއި، އިތުރަށް މި ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގައި މިވަނީ ރަނގަޅު ފެންވަރަކަށް ކޮމިއުނިކޭޝަންގެ ވަޞީލަތްތައް ޤާއިމު ކުރެވިފަ. ފައިބާ ކޭބަލް އެޅި ފައިބާ ނެޓްވޯކުތައް މި ވަނީ ޤާއިމު ކުރެވިފަ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބްރޯންޑް ބޭންޑް އިންޓަރ ނެޓް ލިބޭކަން އުލަފާއެކު ފާހަގަ ކުރަން. އެކި ކަންކޮޅުތަކުގައި ގެންގުޅޭ މޯބައިލް ފޯނަށް ފޯޖީގެ ޚިދުމަތް ލިބޭކަންވެސް އުލަފާއި އެކު ފާހަގަ ކުރަން. ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިންވެސް ދަނީ ފައިވް ޖީ ގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން. ސަރުކާރުން ވަނީ މިކަން ތަރައްޤީ ކުރަން ގިނަ މަސައްކަތް ކުރަން ފަށާފަ."މަލީހް ވިދާޅުވިއެވެ.
އިންޓަރނެޓްގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.
ބަލަ އެއީ އަސާސީ ޚިދުމަތެކޭ މިހާރުވެސް! އަދިވެސް ވަޢުދުތަ ވަންވީ؟
ފުރަތަމަ ކޮމެޓީއެއް ހަދާ އޭގެފަހުން އެހެންކަންކަމަށް ވިސްނާނީ.
ނުވި އެއްނު ތިކަމެއް
އެއްކަމެއްވެސް ނުކުރެވި
އިސްތިއުފާދޭނެ
އޭރުން ވާނީ އެންމެ އަގުބޮޑު އަސާސީ ޚިދުމަތަށްތާ ދޯ
އަދިވެސް ހެޔޮ ކުރަނީ ތަ މިހާރު ކޮންޒަމާނެއް..