ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމަށް މާލެއިން ދާ ބަލިމީހުންނަށް ފެރީގެ ހިދުމަތް ފަށައިފިއެވެ.

ޓްރީޓޮޕް އިން ބުނީ ބަލިމީހާގެ އިތުރުން އެހީތެރިޔާ އަށް ވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި އެޕޮއިންޓްމެންޓު ބުކިން ހުށަހެޅުމުން ފެރީގެ ހިދުމަތް ލިބޭނެއެވެ.

މާލެއިން ފެރީ ފުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެއް ނަންބަރު ޖެޓީއިންނެވެ. ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް ދަތުރުތައް އޮންނައިރު ހުކުރު ދުވަހު ފެރީގެ ހިދުމަތް ނޯންނާނެއެވެ.

މި ފެރީގައި އެ ހޮސްޕިޓަލުގެ ގެސްޓް ރިލޭޝަންސް ސްޓާފެއް އަބަދުވެސް ދަތުރުކުރާނެ ކަމަށްވެސް ޓްރީޓޮޕް އިން މައުލޫމާތުދެއެވެ.

90 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުން މޮޅެތި ޞިއްޙީ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި އެމްއާރްއައި، ސީޓީ ސްކޭން، ހިތުގެ، ތޮރެސިކް އަދި ނާރުގެ ބައެއް އޮޕަރޭޝަންތައް ހިމެނެއެވެ. ހަމައެހެންމެ، އޯޕަން ހާޓް ސާޖަރީވެސް، މި ހޮސްޕިޓަލުގައި ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

210 އެނދުގެ މި ހޮސްޕިޓަލުގައި 403 މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެތެރޭގައި މަލްޓި-ސްޕެޝަލިސްޓުންވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުރާޅުމަތި

    ދެން ތިޔަވަރުގެ ތަނަކައް ދޯނިގަޑެއްގައި ތަ؟ހޮސްޕިޓަލް އައްވެސް ހުތުރު
    ތި ކަޑައޭ