ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ފެބްރުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހުންގެ ތެރެއިން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު މެރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ މުހީތުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.

ދައުވާކުރި މީހުންގެ ތެރޭގައި ހިމެނޭ ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަރުގޮނު

    މަރުގެ މަސްއަލަތަކުގައި މެރުމަށް ޙުކުމްކުރެވިފައިވާ ބަޔަކު މިހާރުވެސް ވެއްޖެ. އިސްލާމީ ޝަރީޢަތުގެ ޙުކުމް ތަންފީޛު ނުވެ އޮތުމަކީ ވަރަށްވެސް ދެރަ ކަމެއް. އިސްލާމީ ދަވްލަތެއްގައި އިސްލާމީ ޝަރީޢަތް ނުހިގަންވީ އެއްވެސް ސަބަބެއް ނެތް. ޝަރުޢީ ޙުކުން ތަންފީޛުވުމާ ނުވުން ބިނާވަންވާނީ ބަޔަކު ބުނާގޮތަކަށްނޫން.

    22
    1
  2. ބަނީ

    ތަންފީޒު ކޮށްފިޔާ ރަނގަޅު

    27
    1
  3. ސަޒަލޯމް

    ޖޯކް އޮފްދަ ސެންޗަރީ.. ތިއީ ތަންފީޒުކުރާ ހުކުމެއް ނޫން.. ވީމާ ތިއީ ހުކުމެއްވެސް ނޫން.. ތިއީ ޖޯކެއް.. މަލާމާތެއް..

    36
    1
  4. ޙެ ހެ

    އަވަހަށް ތަނއފީޒު ކުރޭ

    19
  5. ހުކުމް

    ތިމީހުން މުސްކުޅިވެގެން މަރުވާއިރުވެސް ތިހުކުމެއް އިއްވޭ ގޮތެއް ނުވާނެ، ރާއްޖޭގެ ގިނަ ރަައްޔިތުންގެ ހާލަތުހުރިގޮތުން. ރާއްޖޭގެ ގިނަ ރައްޔިތުންނަށް ރަނގަޅުވީ އިސްލާމީ ގާނޫންތައް އުވާލިއްޔާ

    15
    1
  6. ސަނާމިސް

    12 އަހަރުވެއްޖެ، އަދިވެސް ތިކަމަކައް އިންސާފެއްނުލިބުނު، އަދިކިރިޔާ ހުކުމް ތިޔަ އިއްވުނީ، ދެން އަވަހައް ތިޔަ މައުސޫމް ދެކުދިން ދޫކޮއްލާފަ އަމުރު ބާތިލުކޮއްލާ، ތިކަމުގަ ކުއްވެރިވާނީ ބޮބީ ކަމުގަ މައްސަލަ ނިންމާލާފަ ކޭޝް ޕެކް ޖީބައްލާ

    19
  7. ހާޑިންގހަމް

    ނުކެރޭނެ. ނުކެރޭނެ. ތަންފީޒު ކުރާނަމޭ ބުނަންވެސް ނުކެރޭނެ. ޔަހޫދީންގަނޑު ރުޅި އަތުވެދާނެތީ ބިރުގަންނާނެ.

    20
    1
  8. ނިޒާމު

    ޟމާތްކަލާކޯ ލަސްވެސްވެއްޖެ ތިޔަ ދެވެރިންނައް އަވަހައް މަރުގެ އަދަބުދީ.. ތިކަހަލަ މީހުން އެއްގޮތަކައްވެސް ނުބައިތިއްބާ

  9. ނިޒާމު

    ޟމޮޅު ވާހަކަ ދައްކާތި އަދިވެސް ކޮބާތަ އެބުނާ މުއްލާ ހޯމް މޮނިސްޓަރ އިމްރާނު..ބޮޑުވަބާ އެކޭމީ