ކ.ދިއްދުށީގައި މިރޭވެސް ހަމަނުޖެހުންތަކެއް ކުރިޔަށް ދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭވެސް ބައެއް މީހުންނަށްވަނީ ހަމަލާ ދީފައެވެ. ރޭ ދިއްފުށީގައި ހިނގި ހަމަނުޖެހުންތަކުގައި 5 މީހަކަށް ބޮޑެތި ޒަޚަމްތަކެއްވަނީ ލިބިފައެވެ.

މިރޭ އާއްމުން ނިކުމެ ވަނީ ވައްކަމުގައި ބައިވެރިވި ކަމަށް ބުނާ މީިހަކު މީހަކު ގޮވައިގެން އެރަށު ފިހާރައަކުން ގެއްލުނު ތިޖޫރި ހޯދާފައެވެ. 180،000 ރުފިޔާއާއެކު ގެއްލުނު ތިޖޫރި ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ. ތިޖޫރި ފެނިފައިވަނީ، ވަޅުލާފައި އޮއްވާ ރަށުގެ ބޮޑު ތުނޑީ ކޮޅުންނެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ، ތިޖޫރި ފެނުމުން ތިޖޫރި ދެއްކި މީހާއަށް ބައެއް މީހުން ހަމަލާދީ އެމީހާ ޒަޚަމްކޮށްލި ކަމަށެވެ. އޭނާގެ އަތާއި ފައިގައި ލަކުޑި ބުރިންތަޅާ ވަރަށް އަނިޔާ ކުރި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާގެ ބޮލަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެެވެ.

އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ، އެމައްސަލަ ފުލުހުންނަށް ތަޙްޤީޤް ނުކުރެވޭތީ، ރައްޔިތުން ނިކުމެ މިހާރު ދަނީ ތަޙްޤީޤް ކުރަމުން ކަމަށެވެ.

"މިހާރު ތުހުމަތު ކުރެވޭ ދެވަނަ މީހާއާ އެދަނީ ސުވާލު ކުރަމުން" އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެރަށުގެ ކައުންސިލަރުން ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. ކޮންމެ ކައުންސިލަރަކުވެސް ވިދާޅުވަނީ، "ވަރަށް ބިޒީ" ކަމަށެވެ. އަދި ހަމަނުޖެހުން ހިނގާކަން ޔަޤީންކޮށްދޭންވެސް ކައުންސިލަރުން ބޭނުމެއް ނުވެއެވެ.

ދިއްފުށީގައި ހަމަނުޖެހުން ހިނގަމުން ދާއިރު، މިރޭ އަދި އެރަށުގައި ފުލުހެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަ

    ދިއްފުށި ވަރެއްނެތް

    90
    4
  2. ޗެރަބެ

    ހާ ހާ ހާ... ޕޮލިސް ހާ ހާ ހާ

    54
    2
  3. ޚަލާސް

    ތިނޫން ގޮތެއްނެތް.....
    ސާބަހޭ

    73
    1
    • ބަރާބަރު 24 މެއި 2019

      ސާބަހޭ

      49
      1
  4. ރަގަޅު 24 މެއި 2019

    މަރުތަށް ބަލަން ހަވާލުކުރަންވީ ތީ ރަތްޔަތުން ނަކީި

    64
    1
  5. ޢަބްދުއްލާ

    ސަރުކާރުން ގެއްލިގެން އެއުޅޭ 1.8 މިލިއަން ރުފިޔާވެސް ދިއްފުށީމީހުން ހޯދައި ދޭނެ ކަމަށް

    އުންމީދު ކުރަން. ސާބަހޭ ހެޔޮވެރިކަމަށް އައްސަރިބަހާއި ސާބަސް.

    34
    1
  6. ޕޮފުބާ

    ބަރާބަރު ދިއްފުށީ މީހުން އިންޑިޔާ 500 ސިފައިން ގެންނަންވީ ދިއްފުށްޓަށް

    19
    2
  7. ާރަށުމީހާ

    ރައްޔިތުން ނިކުމެ ވޯޓުލައިގެން ސަރުކާރު ބަދަލު ކޮށްލާއިރު، ރައްޔިތުން ނިކުމެ ތަހުގީގުވެސް ކުރެވޭނެ. # ރައްޔިތުންގެ ބާރު

    32
    2
  8. ހުދުހުދ

    ތީ ހަދަން ވީ ގޮތް. ވައްކަން ކުރި މީހުންގެ އަތް ވެސް ބުރި ކުރޭ. ދެވަނަ ފަހަރު ވައްކަން ކުރަން ފަސްޖެހޭނެ އޭރުން. ޕޮލިހުންނަކީ ކަމެއް ވާ ބައެއް ނޫން

    33
    2
  9. މޯޑީ

    ޙަބޭސް..، ބަރާބަރު....

    22
    2
  10. މޯޑީ

    ދިއފުށި ކައުނސިލައެ ސާބަސ

    23
    1
  11. ސާބަހޭ

    ސާބަހޭ ރައްޔިތުންނޭ. ތިޔައީ ފިސާރި ހިތްވަރުގަދަ ރައްޔިތެއް. މައްސަލަ ތަހްގީގުކޮށްފައި ގެއްލުނު ހައްގުތައް ހޯދާފައި ހަމަކޮށްފައި ނޫނީ ދޫކޮށް ނުލާތި. އެ ވަރިހަމަ ގެދޮރު ވިއްކައިގެން ފައިސާ ހަމަޖެހުނަސް އެކަންވެސް ރައްޔިތުން ކުރާތި. ރައްޔިތުން ނުކޮށްފިއްޔާ ކުރާނެ މުވައްސަސާއެއް މިއަދު މިތާކު ނެތް.

    24
    2
  12. ސާބަސް

    ސާބަސް ކާމިޔާބު

  13. ހުސައިން

    ދިއްފުށި ރައްޔިތުން އިސްނެންގެވި މިތަހުގީގަށް އެހިތެރިވުމަށް ފަންޑް ފޮއްޓެއް ބަހައްޓާ. މަވެސް އެހީވާނަން. އަދި ގެއްލުނު ފައިސާވެސް އެފޮށިން ކަވަރކުރެވޭނެ. ކައުންސިލަރުން މީގެތެރެއަށް ވަދެއްޖެއްޔާ ދެން ފަހަރަކު އެމީހަކަށް ވޯޓްވެސް ދޭނެކަމެއްނެތް.

  14. ދއްފުށިީމީހާ

    މިޢަދިއަލަކަށްނޫން ދއްފުށިރައްޔިތުންނުކުމެ ވަގުންނާ ކުރިމަތިލާ ރުފިޔާކޮޅުހޯދީކީ މީދެވަނަފަހަރު ރޯދަޔަށްހަދުބަލައް ވެފައޮއްވަވެސް ވައްކަންކުރިބަޔަކާކުރިމަތިލާ ވަނީރުފިޔާކޮޅު ހޯދާފައެފަހަރުވެސް ރުފިޔާކޮޅުދިނީއަތް ބުރިކުރަން އުޅުމުން އެފަހަރުވެސް ވގުންފަޅާލީ ހަމައެފިހާރަ