ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. މި ގަވައިދު ޝާއިއުކުރާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ގަވައިދަށް އަމަލުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މިގަވައިދުގެ މައިގަނޑު މަޤްސަދަކީ "އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސް (2005)" އާއި، "އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ޤާނޫނު 7/2012" ގެ މަޤްސަދާ އެއްގޮތަށް އަމިއްލަ ފަރުދުންނާއި، ދައުލަތުގެ މުއްއްސަސާތަކާއި އަދި ސަލާމަތީ ހިދުމަތްތައްވެސް ހިމެނޭގޮތަށް ބައިނަލްއަޤްވާނީ ދަތުރުތައް ކުރާ ކަނޑާއި ވައިގެ އެނމެހައި ބަނދަރުތަކާއި، ބައިނަލްއަޤްވާމީ ދަތުރުތަކުގައި އަންނަ އަދި ފުރާ އެންމެހައި އުޅަނދުތަކުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމަށް، ބަނދަރުތަކުގެ ސިއްހީ މިންގަނޑުތައް އެކަށައަޅައި ދިވެހިރާއްޖޭގެ ބައިނަލްއަޤުވާނީ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުގެ ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރުމެވެ.

މިގޮތުގެ މަތިން ބަނދަރުތަކުގެ އާންމު ސާފުތާހިރުކަން، މިންގަނޑަށް ހުރިތޯ ބަލާ ފާސްކުރުން ހިމެނެއެވެ. އަދި ކަނޑުމަގުން ރާއްޖެ އަންނަ އަދި ފުރާ އުޅަނދުފަހަރަށް ހެލްތް ކްލިއަރަންސް ދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ތަކުން އުފުލާ މުދަލާއި، ދަތުރުވެރިންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް އުޅޭނަމަ އެ ފަރާތްތަކާއިމެދު ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުން ހިމެއެވެ.

އަދި މަރުވެފައިވާ މީހުންނާއި މީހުންގެ ހަށިގަނޑުގެ ބައިތައް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުމަށް ބޭނުންވާ ހެލްތް ކްލިއަރަންސް ދިނުމާއި، އެކަމާ ގުޅޭ މަސައްކަތްކުރާ އެޖެންސީތައް ނުވަތަ ފަރާތްތައް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ހަމަ އެއާއެކު ޑިސްއިންސެކްޓް ކުރަންޖެހޭ ވައިގެ އުޅަނދުފަހަރު ޑިސްއިންސެކްޓް ސްޕްރޭ ކުރާކަން ކަށަވަރުކުރެވިގެން ދާނެއެވެ.

އަދި މީގެ އިތުރުންވެސް ބަނދަރުތަކުން އިމްޕޯޓް އަދި އެކްސްޕޯޓުކުރުވޭ ތަކެތީގެ ސަބަބުން ދިވެހިރައްޖެއާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުންގެ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމުން ކަމަށްވެސް މި އިއުލާއުގައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު