ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ދޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނައަށް ދެމުން އަންނަ ހާއްސަ ރައްކާތެރިކަން އެ ގޮތުގައި ދަމަހައްޓަން ޖެހޭތޯ ބަލައި މުރާޖާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމަރަށް ސެކިއުރިޓީ ދެމުން އަންނަނީ އޭނާ އަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖުލައި 31، 2016 އިން ފެށިގެން ކަމަށެވެ.
އުމަރުގެ އޮފީސްކައިރިއަށް ބަޔަކު ގޮސް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ 2016 ގަ އެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގި އެހާދިސާއާ ގުޅިގެން އޭރު އުމަރު ވިދާޅުވީ އޭނާއަށް އިންޒާރު ދިނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އޭނާއަށް ހާއްސަ ރައްކާތެރިކަން ދެމުން އަންނަނީ އޭރުން ފެށިގެންނެވެ.
އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި ހަރަކާތްތަކައް ހިނގާ ރާއްޖެއިން ގޭންގްތައް ނައްތާލުމަށް ބައެއް ކަންތައްކެއް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ގޭންގްތަކަށް ނިސްބަތްވާ މީހުން ކަމަށް ބުނެ، ނުރައްކާތެރި ކުށްވެރިންގެ ގައިގައި ޓެގް އެޅުވައި މޮނިކޮން ގާނޫނެއް ވުޖޫދުކޮށް ބައެއް މީހުން ގައިގައި ޓެގް އަޅުވައިފައެވެ. އެކަމާ ގުޅިގެން އޭރުގެ ސަރުކާރުގެ ތެރެއިން ވެސް އުމަރަށް ފިއްތުންތައް ކުރިމަތިވެ އަދި ގޭންގުތަކުން އޭނައަށް އިންޒާރުދީ ހަދާފައިވެއެވެ.
އުމަރަށް ތިޔަ ސެކިއުރިޓީއެއް ދޭތީހެން ހީވަނީ އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން އޭނާ ހަނު ހުންނަނީ. ހަރަކާތްވެސް ވަރަށް ކުޑަ. އެހެންވީމާ އަވަހަށް ސެކިއުރިޓީ ކަނޑާލަން ފެންނަނީ. އެހެން ނޫނަސް ނާގާބިލު ސަރުކާރުން އުމަރަށް ސެކިއުރިޓީ ދޭން ބޭނުމެއް ވެސް ނުވާނެ.
ކިޔަން ހުންނަ ޒިކުރުތައް ގަވައިދުން ކިޔައި އުޅޭ މީހަކަށް ތިކަހަލަ އެއްވެސް ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ. އެމީހަކު ރައްކާތެރިކުރާނޭ މަލާއިކަތުން ﷲ ތަޢާލާ ކަނޑައަޅުއްވައި ފޮނުއްވަވާނެ.
އަހަރެމެންނަށްވެސް ސެކިއުރިޓީ ދޭންވީނުން އުމަރަކަށް ސެކިއުރިޓީ ދޭކަށް ނުޖެހޭ
މިހިސާބު ކަންމަތީ ފިހާރައިގެ ސޭޓަށްވެސް ގުރޫޕެއްގެ ބަޔަކު ވަރަށްފަހުން އިންޒާރުދިން، އެކަމަކު ސަލްމާނުހާނުހެން ފަހަތުގަ ސެކިއުރިޓީ ފައުޖެއް ނޯވޭ އަދިވެސް.
އުމަރު ދެކެ ޓައީ އެޅި ބޮޑެތި ވަގުން ބިރު ގަނެއެވެ.
02 އަހަރު ވީއިރުވެސް މީހަކު ހަމަލާއެއް ދޭން ނޫޅުނީމަ 02 ވަނަ ވިސްނުމަކައް ދަނީބާ