ބާޒާރުމަތީ ސަރަޙައްދުގައި ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހާ ތިބޭ މީހުންނަށް ސަރުކާރުން އެހީވާން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ފެބްރުއަރީ މަހު ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އެ ސަރަހައްދަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލަތު އޮޅުން ފިލުވާފައިވާކަމަށެވެ.
އެ ޒިޔާރަތުގައި އެ ފަރާތްތަކުން ޙިއްޞާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ވަޒީފާއެއް ނެތުން ނުވަތަ ނުލިބުމާއި، ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުމާއި، ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރުން ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި ޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާ އިރު، މި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި ފެބުރުވަރީ މަހުގެ 11ވަނަ ދުވަހު މިނިސްޓަރ ޝިދާތާ "އިންޓަރވެންޝަން"ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.
އަދި މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެ ޙާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނޭކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އިންޓަރވެންޝަން ކޮމިޓީގެ ފަރާތުން މިހާތަނަށް މި ފަދަ 20 ފަރާތެއްގެ ޙާލަތުދެނެގަނެ، ކުރިއެރުންތައް ހޯދައިފައިވާކަމާށެވެ.
(1) ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުޠު ހަމަވާ، އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުން. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
(2) ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދިނުން.
(3) ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުން، އަދި އިތުރު 1 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުން. އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން.
(4) ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ޙައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައިފާހަގަކުރެވިފައިވާތީ، މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަ ބަލަމުން. މީގެ އިތުރުން، ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައިދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުން.
ބާޒާރުމަތީގެ އިތުރުން ވެސް ބައެއް ފަހަރު މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ފަހަރަކަށް އައިސް ސަލާންޖަހާ މީހުން އުޅެއެވެ.
ތިޔަތާ ތިބީ މުޅިން މުއްސަދިން އަބަދު އިންޑިޔާ އަށް ވެސް ދޭ އެމީހުންގެ ނުލަފާ ކަމުން ތިޔަތާ ތިބެނީ ،،،ވޭތުވެ ދިޔަ ސަރުކާރުން ވެސް ތިތަނުގައި ތިބި މީހުންނަށް ވަޒީފާ ދިން ދުވަސް ކޮޅެއް ނޫވޭ ފޫކަހާފައި އަނެއްކާ ސަލާން ޖަހަން ނުކުތީ
ސަލާން ޖަހާ މީހަކު ފެންނަ އިރަށް އުފުރާލަަ!
65 ލިޞެ މީހުން ތިތާންގަ ތިބެނީ... ދެން އެޅެނީ ޕާޓޭ .... ނިކަން ކެރެންޔާ އެމީހުންގެ އައިޑީ ބަލާބަލަ އަދި އެމީހުންގެ ދަރިންގާތު އަހާސުވާލު ކޮށްބަލަ....
ތިތާ މާގިނަ މީހުންނެތް ނުތިބޭނެ. ފަސް އަހަރު ކުރިން ނުތިބެޔެކޭ ނޫން. ތިތާ ނިދަމުން ދިޔަ އެންމެންވެް ވަނީ މިދިޔަ ފަސް އަހަރު އެމިހުންނަށް އާމްދަނީ ލިބޭނެ ގޮތް ތަނަވަސް ކޮށްދިނުމުން ތިތަން ދޫކޮށް ގޮސްފައި. މަމީ ދުވާލަކު 10 ވަރަކަށް ފަހަރު ތި ސަރަހައްދުން ހިނގާ މީހެއް. ތިތަނުގައި ތިބި ވަރަށް ގިނަ މީހުން އެބައުޅޭ ވެމްކޯގަވެސް.
މިއީވެސް ވަރަށް ދެއްކުންތެރިމީހެއް
އެހީ ވަމަކީ ރަގަޅު ކަމެއް. ލ.ހިތަދޫގެ އާއިލާ އަށް އެހީ ވެދީ
ތިތަނަށް އާދެވޭނެފަދަ ގޮތެއްވެސްނެތް މީހުން ރަށްރަށުގައި އެބައުޅޭ! އެ މީހުނަށް އެހީވާން ވީނުން! ޥަޒީފާ އެއްވިޔަސް ދޭނީ ބިދޭސީ އަކަށް! ހައްތަހާ މީޑިއާ ސްޓަންޓް!
ހައްލުވެއްޖެއްޔާ ރަގަޅު ހީވަނީ ފޮޓޯއެއްނަގާލީހެން