މާލޭ ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ހަތް މަސް ދުވަސް ވީއިރު ވެސް ނުކުރެވި ފާޑުކިޔުން އަމާޒުވުމުން ޕަމްޕް ސްޓޭޝަން ނުނެގުމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުވުމަށް ފަހު މިސަރުކާރުން ފާޑުކިޔުންތަކުން ބޯދަމައިގެންފިއެވެ.
ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ނެގުން ލަސްވާތީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވަނީ މިހަފްތާގައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ބޮޑު ތަކުރުފާނު މަގު ފުޅާކުރި އިރު މަގަށް އަރާތީ ނަގަން ޖެހުނު ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ޕަމްޕް ސްޓޭޝަން ބަދަލުކުރަން ކުރި މަސައްކަތް ހުއްޓުވީ ނޮވެމްބަރު 17 ގައި ކަމަށެވެ.
މުއިއްޒު އަށް ރައްދު ދެއްވަމުން ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވީ ޕަމްޕް ސްޓޭޝަން ނުނެގި ލަސްވީ، ކުރީ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން އޭރު ކަން ކުރިގޮތުން ކަމަށެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިނަމާލޭ ބުރިޖާ އިންވެގެން ތަރައްޤީކޮށްފައިވާ ރިންގްރޯޑުގެ މަސައްކަތަށް ސްވިމިންގ ޓްރެކް ސަރަޙައްދުގައި ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ކުރުމަށް ނިންމާފައިއޮތީ، އޭރުގެ ހައުސިންގ މިނިސްޓްރީގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުކުރެވި ދިގުލައިގެން ދިޔައީ، ޕަމްޕް ސްޓޭޝަން އެތަނުން ނަގައި، މާލޭގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭވަރުގެ ވަޞީލަތެއް މިނިސްޓްރީގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕަމްޕް ސްޓޭޝަން އެތަނުން ނަގައި، މާލޭގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭވަރުގެ ވަޞީލަތެއް މިނިސްޓްރީގައި ނެތްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއިރު ޔާމީންގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓްރީން ވަނީ މާލޭގެ މަގު ހެދުން ފަދަ ބޮޑެތި މަޝްރޫޢުތައް ވެސް އެހެން ބަޔަކާއި ހަވާލުކުރުމެއް ނެތި ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮށްފައެވެ. އެހެންކަމުން ޕަމްޕް ސްޓޭޝަން ބަދަލު ކުރެވޭ ވަރުގެ ވަސީލަތްތައް މިނިސްޓްރީގައި ހުންނާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ޕަމްޕް ސްޓޭޝަން ނުނެގި މިސަރުކާރަށް ގާތްގަނޑަކަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ބުނެ މިހާރު އެތައް ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.
ކުރީގެ ހައުސިންގ މިނިސްޓްރީ ގަދަ އިނގޭ. އެމީހުންނަށް ކަންކަން ވާނީ. މިހާރު ސިއްހީ ގޮތުންވެސް އެހާ "ވާ" ކަހަލަ ބޭފުޅެއްނޫން އެހުރީ. މިއީ ދެރަކޮށޤލުމުގެ ބަހެއްނޫން. އެކަމަކު އެމީހަކަށް ވާވަރުގެ ކަމަކާދޯ ހަވާލުވާންވާނީވެސް. ހަމަ ބޮޑު މުސާރަ ލިބުނަކަށް ބޮޑެތި މަގާމުތަކަށް ގާބިލް ނޫން މީހުން އެމަގާމުތަކުގައި ތިބެގެން މުސާރަ ނަގާކަށް ނުވާނެ. އެފައިސާވެސް ހަލާލެއް ނުވާނެ.
ވިހެއުމުގެ ތެރޭ ކަރުގަ ފޫޅު އޮޅިގެން ކުއްޖަކު މަރުވިއަސް ޔާމީން ސަރުކާރުގެ ބޮލުގަ އަޅުވާނީ. އެއީ ވެރިކަމާ ހަވާލުވެ އެތިބީ ގައުމެއްގެ ރައްޔިތުންތަކެއްގެ މުހުތާދުތައް ފިލުވާދެވޭ ފަދަ ބައެއްނޫނޭ. އެހެންވެއޭ އޭރުވެސް މަގޮވީ، ހެޔޮނުވާނެއޭ އިބޫއަށް އެއަނިޔާދޭން. މިހާރުދެން މިގައުމުގެ ރައްޔިތުންނަށް ދޭ އަނިޔާތަށް އެފަކީރުގެ ބޮލުގައި އެޅޭނީ. އެއީ ވަލިއްޔުލް އަމުރުވީމަ އޭނާގެ ރައްޔިތުންގެ ޒިންމާ ނަގަންޖެހޭ މީހާ ކަމަށްވާތީ ކަންހުރިގޮތް. ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެތީ، ގާބިލް މީހުން ވެރިންނަށް ވުމަށާއި، ހަމަޖެއްސުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ.
އެހެން މީހުންގެ ބޮލަށް ކަންކަން ކަނަޑާލާ ސަރުކާރެއް ކަރެޝަނުން އަދީބު ދާން ހުއްދަދިނީޔޯ އަޅެފަހެ މީހަކު މޮޔަނުވާނެތަ މި މީހުން އެތަނަށް އިސްކޮށް މީހަކު ލާފައިހުރީ މި މީހުން ބުނާގޮތެއް ނޫންތަ އަމީހަކު ހަދާނީ ޕަމްޕް ސްޓޭޝަންވެސް ހަމަ އެހެން އެވީ
ގޯހެއްނޫން. މިސަރުކާރުގެ ނެތް ކަމެއް ކުރާނެ ގޮތެއް އެނގޭ މިނިސްޓަރަކުވެސް، އެމީހުންގެ ކަމަކީ، ރާއްޖޭން ބޭރަށް ދަތުރުކުރުން. ދިވެހި ރާއްޖޭގެ ބަޖެޓް 30 ބިލިއަން ރުފިޔާ ތަޅާ ބުރުވާ އެލަނީ ބޭރުދަތުރުތައް ކުރުމަށް. ކޮންމެ އޮފީހަކުންވެސް އެންމެ ބޮޑު ޚަރަދުކުރަނީ، ބޭރަށް ބުރެއްޖަހާލާ މަޖާކޮށްލަން. އެހެޔޮ އެތަނެއްގެ މަސައްކަތާ ނުގުޅޭ ކަމެއްގަވެސް. މިހާރުގެ ހާލު މިހުރީ. އިޙްލާޞްތެރި މުއައްސަސާއެއް ބައެއްނެތް. ކަމެއް ބަލާލެވޭވަރު ގާބިލް ވަޒީރެއް އިސް ވެރިއެއްނެތް.
ހަމަނަސީބު ތިކަން މިގައުމުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މަރްހޫމް އަމީންދީދީގެ ބޮލުގައި ނޭޅުވިކަންވެސް.
މަހިތަށްއަރަނީ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ނުކުރެވެންޏާ ކީއްކުރާ ސަރުކާރެއްބާއޭމިއޮތީ؟ ދައުލަތުގެ ހަޒާނާ އެބަހުސްކުރޭ. ރައްޔިތުންނަށް ދެވޭ ޙިދްމަތެއްނެތް. ޕަންޕު ސްޓޭޝަން ގަނޑެއް ނުނެގުނު. ބުރިޖުން ހަލާކުވާ ތަނެއް މަރާމާތު ކުރެވެނީކީނޫން. ރަސްފަންނު ހަލާކުވެ ދަނީ. ރަސްރަނި ބަގީޗާ ހަލާކުވެދަނީ. އާ ޕްރޮޖެކްޓެއް ފެށުމުގެ ގާބިލްކަން ނުހުރެދާނެ. އެކަމަކު މިސަރުކާރުން ރައްޔިތުންގެ މުދާ ބަލަހައްޓާލަ ދީ އެތަންތަނުން ހަލާކުވާ ތަންތަން މަރާމާތުކޮށްލަދޭނަމަވެސް ރަނގަޅު. ޔާމީން ހެދިޔަސް އެއީ ދައުލަތުގެ ފައިސާއިން ހަދާފަހުރި ދިވެހި ރައްޔިތުންގެ މުދަލޭ. ހަސަދަވެރިވޭވެ ތިބޭ. އެކަމަކު އެތަންތަންވާނީ ހަދައިދޭން. އެހެންނޫނީ ބޭކާރު ސަރުކާރުތަށް ރައްޔިތުން ނުކުމެ ބޭކާރު ކޮށްލާނީ.
ފެނަން އެހުރީ އަޅާފަހުރި ތަން ދެން ބާތަން ތަޅާ އުކާލުމުގެ ވަަސީލަތެއް މިނިސްޓްރީގަ ނެތިއްޔާ ވަސީލަތް ހޯދައިގެން ކުރަން ނޭނގެންޔާ އަވަހަށް ގެޔައް ވަޑައިގަންނަވާ.
ޕަންޕް ބަދަލުކުރުމަކީ ސްޓެލްކޯއަށް 2-3 ދުވަހަކުން ނިންމާލެވޭވަރު ކުޑަ ކުޑަ މަކެއް. 10ފޫޓު ކުޑަ ކޮޓަރިއެއް ތަޅާ އުކާލުމަކީ އެންމެ ދުވަހެއްގެ ކަމެއް.
ކުރީ ސަރުކާރޭ ނުކިޔާ ކަން ކަން ކުރަން އުނަގަނޑު ދަލާއިގެން ތަރައްގީ ކުރެވޭނީ،
ތިތިބީ ކަންކަން ވެފައޭ. ކަލޭމެނަށް ވަރަށް ރަނގަޅަށް ކުރެވޭ ކަމެއް މުޒާހަރާ ކުރުމަކީ. އެކަން ކޮށްލަކޮށްލާ ތިބެންދޭ. ދިވެހި ރައްޔިތުންނަށް ޚިދްމަތް ބޭނުންވޭ. އެއްކަމެއްވެސް ނުވޭ. ފިނިހަށްވެސް މިމީހުނާ އަޅާބަލާފަ ސްޕީޑް ބާރޭ ބުނެވޭނީ.
ބޯހަލާކު އިސްތިއުފާ....
ކަންކަންކުރެވޭނީ ކަމަށް ގާބިލް މީހުނަށް އެމްޑީޕީއަކީ ބޮޑު ފެއިލިއަރ އެއް. އެބައިގަނޑަކަށް ނުވާނެ ތިޔަކަމެއް.
މިހާރު ދައުލަތައް ލިބެމުން ދާ ހުރިހާ ފައިދާޔަކީވެސް އަދި ތަރައްގީއަކީވެސް މިދިޔަ 5 އަހަރު ރ ޔާމިނު ގެ ސަރު ކާރުގެ ސަބަބުން ނޭ ބުނަން ކެރޭނެބާ
ސަރުކާރުގެ ހުރިހާ ވަސީލަތެއް 7 މަސްތެރޭ ކަފުން ކޮށްލީތަ ކަލޯ؟ ލަދެއްވެސް ނުގަތެއްނު އެހެން ކިޔަން.
3 ލައްކަ ރުފިޔާގެ ފޯނުބިލު ވަގު ފާޑުފާޑު ވާހަކަ ދައްކަން ނަހަދާ ވައްކަން ކޮށްލަކޮށްލާ ހުރެބަލަ. ތިތިބީ އަނެއްކާވެސް ޚަޒާނާ އަތްމަތި ވެފައެއްނު.
ފޯނުބިލު ވަގުގެ އެޑްވައިޒަރަކަށް މުއިއްޒު ލައިގެން ނަމަވެސް ކަންފުޅެއް ވޭތޯ ބަލާބަލަ ނިކަން. ލަދަކާހުރެ ތަދެއް ނުފިލާނެނު. މުއިއްޒުމެނާ ނުލައެއް ތިކަމެއް ނުވިއެއްނު. އަޅެފަހެ މި ގައުމުގަ ސަރުކާރެއް އެބައޮތްތަ؟ މީ މިހާރު ރައްޔިތުންނަށް ޖަވާބު ލިބެން ކޮންމެހެން ބޭނުންވާ ސުވާލެއްނު.
ސްޓެލްކޯ ޕަމްޕް ސްޓޭޝަން ނަގަން ޖެހޭނީ ސްޓެލްކޯއިން ނޫންތަ؟؟؟
ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެތީ، ގާބިލް މީހުން ވެރިންނަށް ވުމަށާއި، ހަމަޖެއްސުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ.
ދެންކާކުތަ މިއާލާތުންނަށްވޯޓްދިނީ ތަޅާބާލަން ހިގާބަލަ ކަންކުރެވޭވަރުގެ މީހުންނާ ޤައިމު ހަވާލުކުރަން.
ބަލަގަ ކުރީ ސަރުކާރުން އެކަން ކުރަމުން ދިޔަ ތަން އޮތީ ރައްޔިތުންނަށް ލޮލުން ފެންނަން. ނުވާ ކަން ކަމަށް ކޮށްޕުނީ ކީއްކުރަން! މީގެ ކުރިންވެސް ހައުސިންގ މިނިސްޓްރީ ހުރި ވަސީލަތް ބޭނުންކޮށްގެން މަސައްކަތް ކުރީ ދެލޯ ހުރިއްޔާ ތިޔޮތީ ފެންނަން! ތަނެއް އޮތިއްޔާ ބޮޑު މުސާރަ ކަލަން ކޮއްޕޭތި! ބަލަގަ ކޮރުވެފައި އޮތް ސަރުކާރަކަށް ކުރެވޭނީ ކޮންކަމެއްތޯ؟ގާބިލްކަމެއް ނެތް ރައީސަކަށް، ގާބިލް ކަމަެއް ނެތް މިނިސްޓަރުންނަކަށް ބަލަގަ ކޮން ކަމެއްހޭ ކުރެވޭނީ! ރައީސް ޔާމީން މިގައުމު ތަރައްގީ ކުރިތަން ފެނުނީމާ ރައްޔިތުންނަށް އޮޅުވާލައިގެން ދޮގުތައް ފަތުރައިގެން ތިމަންނާ މެންނަށް ވެސް މިކަން ވާނޭ ކިޔާފައި ބޯކޮށްޕާލީ ވޯލްޑް ބޭންކް އިން ވެސް އެޔޮތީ 3 އަހަރު އިގުތިސާދު އަޑީގައި އޮތް ވާހަކަ! 1.8 ބިލިއަން ރުފިޔާ ވީނުވީއެއް ނޭގޭ! ދައުލަތުގެ ރިޒާވް އަޑިއަށް ގޮސްފި! އަދިވެސް ބަލަނީ ސެލްފީ ނަގާފައި ފޮޓޯ ނެގޭތޯ! ރައީސް ޔާމީން މިގައުމު ތަރައްގީ ކުރީމާ ތިމަންމެންވެސް ކުރާނަމޭ ބުނެ މި ފެންނަނީ މަރުފަލި ޖަހާތަން! އަންނަނީ ހިނި