ޝަރުޢީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޝަންގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އިންނެވުމަކީ މަސްހަތު ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް އެކޮމެޓީން އިސްތިއުފާ ދެއްވަން ހިސާން ދެކޮޅު ހައްދަވައިފިއެވެ.

މަސްހަތު ފުށުއަރާ ކޮމެޓީއެއްގައި ހިސާން އިންނަވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ހިސާން ވިދާޅުވީ ޖުޑިޝަރީ ކޮމިޓީ މެންޑޭޓުގައި ހިމެނެނީ ހަމަ އެކަނި ޖޭއެސްސީގެ އޯވާސައިޓް މަސައްކަތް ނޫން ކަމަށެވެ. އެ މެންޑޭޓުގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ގެންނަން ޖެހޭ ބަދަލުތަކާއި، ގާނޫނުތަކާއި މަސައްކަތް ވެސް ހިމެނޭ ކަމަށާއި އެ މަސައްކަތުން ދުރަށް ވަޑައިގަންނަވަން ގަސްތު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ ބޭފުޅަކީ ހިސާން ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ކޮމިޝަން ޒިންމާދާރު ކުރުވާ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ މެންބަރަކަށް ވެސް އޭނާ ހަމަޖެއްސުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މަޖިލީހުން އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި (އޭޖީ) ޕްރޮސެކިއުޓާ ޖެނެރަލާއި (ޕީޖީ) ފަދަ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެއެވެ.

އޭޖީ އިބްރާހިމް ރިއްފަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އޭޖީ ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ޖުޑީޝަލް ކޮމެޓީއަށް މިހަފްތާގައި ޖޭއެސްސީގެ ބޭފުޅުން ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒާ

    އަމިއްލަ އެދުން ބޮޑު އިންސާފެއްނެތް ލަދުކުޑަމީހެއް.

    117
    3
  2. ޅާބު

    ފޮއްދޫ ކަތީބުމޫސާފުޅުބޭގެ އޮޑިވެރިންގެ ބައްދަލުވުމަށް ކަމަނާވެސްތިދިޔައީ

    64
  3. ޖންޓ

    ކަބުލޯ އެއްގޮތަކަށްވެސް ދޫނުކުރާތި. އަދިވެސް ކޮމިސަނެއް އޮތިއްޔާމު ވަދެގަނޭ. މިފަސްއަހަރުކުރެވުނު ކަމެއްކުރެވޭނީ.

    76
    2
  4. އާދަނު

    މިހާރު ތިންބާރު އެކެއްވެސް ނުވޭ، ނުފޫޒުވެސް ނުފޯރުވާ ކަމަށް ހެދިގެން އުޅުނަސް މިކުރަނީ ހަމައެއްކަންތައްކަން ރައްޔިތުންނަށް ދަނީވަރަށް ސާފުވަމުން .. ޝުކުރިއްޔާ

    75
    1
    • ???

      ހުރިހާ ކަމެއްވެސް ސާފް. ޖުޑީޝަރީވެސް ސާފް ތިމާގެ ގޭގަ ކިޔަވަން ތިބި ކުދިންނަށް ދަތިހާލު ޖެއްސިގޮތްވެސް ސާފް. ޚަމަނާއަށް ހުރިހާ ކަމެއްވެސއް ސާފް .ސާފް ނުވާކަމެއް އެބައޮތްތޯ. ބޮޑާކަމުގެ ލާމަސީލު މިސާލެއް.

  5. ސަންތިމަރިޔަބު

    ބަގުޑި ބައްދާއި ގެންއޮވޭ މަހުޝަރު ދުވަހު ބަގުޑިބައްދާނެ އެކަށްޗެއްވެސް ނުލިބިދާނެ ވެހޭއިރު ފެންނަގާށެވެ. ލިބޭތާ ލިބިގަންނާށެވެ. ނުލިބޭތާ ޖަހާއި ގަންނާށެވެ.

    66
    1
  6. ކާޅުކެއަސް ސޮއްނުގޮވާ

    " މުޅި އޮޑީގަ ހަސަނުގެ ދަފައި ". " ކެޔޮ ކެއިވަރު އިގޭނީ ބިތު ފަންގި ނެގީމަ". "ވަގަކަށް ހާސް ދުވަސް ރައްޔިތަކަށް އެއްދުވަސް" . ވަގޭ އާއިލީ ވެރިކަމޭ ކޮރަޕްޝަނޭ ގޮވަމުން މުޅިގައުމުގައި ފަސާދަ އުފައްދާ ހެޔޮ ވެރިކަމެއް ގެނައުމުގެ އެތަކެއް ވަޢުދުތަކާ ހުވަފެންތަކެއް ރައްޔިތުންނަށް ދެއްކުމަށް ފަހު ވެރިކަން އަތުޖެހުނީމާ ޢާއިލާ މެންބަރުންނާ ރައްޓެހީންނަށް ޤައުމުގެ އެކިއެކި މަތީ ފަންތީގެ މަޤާމްތަށް ޙަވާލުކޮށް ބޭނުނުމެއްނެތް އެތަކެއް ކޮމެޓީތަކާ ކޮމިޝަންތަކެއް ހަދާ ކޮންމެ މީހަކަށް ބޮޑު މުސާރައާއެކު ދެތިން މަޤާމް ޙަވާލުކޮށް ގުރޫޕުގުރޫޕަށް ބައިތުލްމާލުން ބޮޑެތި ޚަރަދުކޮށްގެން ހޭވެރިކަމެއްނެތި ދުނިޔެވަށާ ބުރުޖަހާ ޤައުމުގެ ހަރުމުދަލާއި ބިންބިމާއި ކަނޑުގެ ސަރަޙައްދު އިންޑިޔާގެ ބާރުގެ ދަށަށް ގެންގޮސް ރައްޔިތުން އަޅުވެތިކޮށް ބިލިޔަނުން ދާރީންގެ ދަރީންނާ ނުވިހާ ބަނޑުގައިވާ ދަރީންގެ ބޮލުގައިވެސް އެތަކެއްހާސް ރުފިޔާގެ ދަރަނި އަޅުވާ ކާބަފައިން އެތަކެއް ޤުރުބާނީއެއް ވެގެން މިިސާބަށް ގެނައި މިކުޑަކުޑަ ދިވެހި އުންމަތް މިއަދު މިވަނީ ޖަޒީރާ ރާއްޖެއެކޭ ކިޔައިގެން ދުވަހަކުވެސް ދިވެހި ރައްޔިތުން ނުދެކޭނެފަދަ ޙާލަތަށްކަށް ވައްޓާލުމުގެ ކޮޅުމަތީގަ.

    85
    2
  7. ކޮރަލް

    އެމްޑިޕީގަ 50 ހާސް މެމްބަރުން އުޅޭއިރު ބާރުތައް މިއޮތި 10 ވަރަކަށް މީހުން އަތުގައެވެ. ހުދު މުހްތާރެވެ.

    41
    2
  8. Anonymous

    އަބްލޯ ގާޒީ ވަގައްނަގާ އެކަންކުރުމައް ލަފާދިންމީހަކީ ތިޔަ އިސާން

    45
    2
  9. މަހޭޝް

    މުޅި އެމްޑީ ޕީގަވެސް ތިބޭނީ އަމިއްލަ އެދުންބޮޑު އިންސާފެއް ހަމައެއް ލަމައެއް މަކަރުވެރި ލަދުޙަޔާތްކުޑަ މީހުން ކަން އެންމެންނަށް އެނގޭ ޙާލުވެސް ރާއްޖޭގެ މީހުން މިތިބީ ހެއްލި، ގެއްލި ހަލާކުވެގެން. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ސަލާމް.

    23
    1
  10. އަމިއްލަ އެދުން

    ނޫނޭ ބުނަން މަ ހަމަ ސަހަރޯ ހީވެއްޖެ. އަދިވެސް އެހެން މީހުނަށް މަލާމާތާއި ފުރައްސާރަކުރާތި. ކަލެއަށް މިހާރު މަދީ އުދުހޭ މުސައްލައެއް. ހިސާނޫ ނުނޭވާ ސާބަސް

    23
    1
  11. ޅަބޭ

    މީނަޔަކީ މިހާރު ރާއްޖޭގަ ހުރި އެންމެ ދެފުއް ދެގޮތް އަންހެނޭ..

    22
    1
  12. މިއަދު

    ޢެއަށްވުރެ އަމިއްލައެދުންބޮޑީ

    22
    1
  13. ޢަލީ ހަމީދު

    މީ ހަމަ ދުނިޔޭގަ ގިނަމީހުންގެ ހާލަތު .ކަމެއް ނުލިބޭއިރު ކިޔާނެ އިންސާފޭ ހަމަހަމަކަމޭ. ލިބުނީ ނަމަ ހަމަ ތޮޅިއައް..

    24
    1
  14. ހަސަންބެ

    ތިއޮތީ ޢާއިލީ ވާރުތަ މުދާގަނޑެއްލިބިފަ ބާރައްބައްދައިގެންހުރޭ ދޫނުކުރާތިކޮންމެސް

    8
    1
  15. ރައްޔިތު ކޯޓު

    ބަލަ ތި ކޮމިޝަނުގެ ރިޒާހުރެގެން މީގެ ކުރިން ހިސާންމެން ހީވީ ފަޔަށް ހިނިއަރައިގެން އުޅޭހެން... އެއީ ރިޒާވެސް ގާނޫނީ ވަކީލެއް އެމަގާމުގަ އިނީމަ އަދުލަށް ފުށުއަރައޭ ކިޔާފަ އަންނިވެސް ހަޅޭއްފަޅޭއްޖެހީ... މިހާރު ހިސާންމެން މިހަދަނީ ވަކި ކޮންއެއްޗެއް..

    6
    1
  16. ދދދދދދ

    ތިދައްކަނީ ގުންޑާމެންގެ ވާހަކަ. ވައްކަން ކުރަމުން ފޭރެމުން ދުވާ ބަޔަކު އެއްކަމެއްވެސް ދޫކޮށްލާނެތަ؟ ތިކަން ތިހެން އޮއްވައެއްނު އެމިލަގަނޑު އެތަނަކަށް ލީވެސް. ތީ އިންސާނުންގެ ސިފައިގަ ތިއްބަސް އެހެން ވައްތަރެއްގެ ހައިވާނުތަކެއް.

    7
    1