މާލެ ޖަލުގައި ހުކުމް ތަންޒީރު ކުރަމުންދިޔަ ގައިދީއަކުއައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ކަރެކްޝަން އިން ވިދާޅުވީ މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 91 އަހަރުގެ ގައިދީއަކު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ.

އަދި އެ މީހާ ނިޔާވީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ވިދާޅުވިގޮތުގައި، ނިޔާވެފައި ވަނީ، ގދ ގައްދޫ މަސްކޮތަންގެ، ރެކިފުތާއެވެ.

އޭނާ އަކީ ކޮން މައްސަލައަކާއި ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމެއް ކަރެކްޝަން އިން ހާމަކޮށްފައެއް ނުވެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ ހާލު ދެރަވެގެން ކަމަށެވެ. އަދި އޭނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ކަމަށާއި، މީގެ ދެ ދުވަހެއްހާ ދުވަސް ކުރިން އޭނާގެ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވިގޮތުގައި، އެ މީހާގެ ސިއްހީ ހާލަތު ގޯސްވި ނަމަވެސް އަނެއްްހެން މާބޮޑު މައްސަލައެއް ނޫޅެއެވެ. ބެލެވޭގޮތުގައި، އޭނާގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ އުމުރުން އެހާ ދުވަސް ވުމުން ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މީގެ ދެ މަސް ކުރިން އެ މީހާގެ ހާލު ދަށްވުމުގެ ސަބަބުން އެ މީހާ އާއިލާއާ ހަވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތްވެފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހުސެން

    އަދީބު އިންޑިޔާ އަށް ރެކިފުތާ އަށް އައިޖީއެމްއެޗް.

    40
  2. ވަކީލު

    އިމްރާނު ބުނިއެއްޗެއް އަމަލާއި ދިމައެއްނުވިތާދޯ؟
    މުސްކުޅިވެ އަތުގައި ފައިސާނެތުނީމާ ސިއްހީ ފަރުވާތަކުން މަހުރޫމްވަނީ
    އިހަށް ދުހު އެފުރީ ބޯކޮށް ފައިސާހުންނަ ބޮޑެތި، އަދިނުރައްކާތެރި ގައިދީން ބޭސްފަރުވާޔަށް. އަހަރެމެން މިކަން އިންސާފް ކުރުމަށް ކިރަންވީ އެމްޑީޕީގެ ތަރާދުން ކަމަށް ވަނީނަމަ މިތަފާތު ކުށްވެރިންގެ ގިންތި ކުރުމުގެ ތެރެއިން ލިބެންޖެހޭ ހައްގު މިންވަރު ތަފާތު ބޮޑުކޮށް ފެންނާނެ ކަމީ ޝައިހަކަށް ނުވާ މީހަކަސް ފަހުމް ވާނޭކަމެއް.

    29
  3. އަފްލާ

    97 އަހަރު އެއީ މުސްކުޅި ބަލިވެސް ޖެހޭހާ ދިގު ޢުމުރެއް އެހެންވީމަ ޖަލުގަ ބެހެއްޓުމައްވުރެ އާްިލާ ނުވަތަ އެހެން ކޮންމެވެސް ފަރާތެއްގެ ބެލުމުގެ ދަށިގަ ބެހެއްޓުން ރަނގަޅު ޖަލުގަ ތިބި އުމުރުން ދުވަސްވީ ފަރާތްތައް ސަރުކާރުގެ ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަކީ ވ މުހިންމު ކަމެއް

    24
  4. AHMED ި

    ޢިނާލިލާހި ވައިނާލިލާހި ރާޖިއޫނަ މަރުހޫމަ ސުވަރުގޭގެ ދާއިމީނިއުމަތް ލަވާށި

    29
  5. ލައްޓި

    އެޢުމުރުގެމީހަކު ޖަލުގަހައްޔަރުކުރަންޖެހުނީ ކޮންކަހަލަ ކުށެއްކޮންގެންކަން އޮޅުންނުފިލާތީވަރައްދެރަ އަދިއޭނާގެޢާއިލާއާހަވާލުކުރަންއުޅެ އެކަންކާމިޔާބުނުވިސަބަބުވެސް އޮޅުންފިލަންޖެހޭ

    19
    2
    • މީހާ

      އުމުރުން 3 އަހަރު ނުވާ ކުޑަ ކުއްޖަކާ ބެހިގެން...

      2
      1
  6. ޟަޢީފާ

    ތިޔަވާނީ ރައީސް ޔާމީންގެ ކަމަކަށް~

    15
    9
  7. ތައްޚާން.

    މިފަދަ ހިތާމަވެރި ކަންކަމަށް އިއްޔެ ކިޔަމުން ގެންދިޔައީ ގަސްދުގައި މަރާލުމެވެ. ގުދުރަތީ ކަންކަމަށް އަހަރަމެނަށް ކުތެވޭނީ ކޮންކަމެއް.

    18
  8. ނަފާ

    ޔާމީނުތަ އޭނަވެސް މަރާލީ.

    26
  9. ޖިންނި

    ޗިޗަންޑާ 19 ކަޑަ

    24
  10. ކާޚޫ

    މަރާޅި

    11
  11. ޓަވަރު

    ނުވާނެ ތިހެނެއް؟

  12. މޭން

    91 އަހަރުވީމަވެސް މާފް ނުދެނީތަ؟؟

    24
    1
  13. ނޫރު

    އެއްވެސް އިންސާނިއްޔަތެއްނެތް ޤައުމެއް،
    މައުމޫނު ޖަލަށްލީމަ މުސްކުޅިޔަކު ޖަލަށްލީމަ އެކަންވީ ބޮޑްކަމަކަށް،، ކީއްވެ މިހާދުވަސްވީ މީހުންނަށް މައާފު ނުދެވެންވީ.... ކޮބާތަ އަހަރަމެންގެ އަޚުލާގާއި ރިވެތި ސަގާފަތް.

    28
    • ތަރާދު

      ނޫރުއެވެ. މުސްކުޅިވުމުން އާއިލާގެ ލޯތްބާއި އަޅާލުން ލިބެންޖެހޭ އަދި ގޭގެވެށި ރައްކާތެރި ކަމާއެކު ނުބެލެހެއްޓޭނަމަ އަތްފޯރާފަށުތިބިހާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރަންފަށައެވެ. މާފު ދިނިއްޔާވެސް ބޭބެމެން އޮބިއަޅައިން ފުލުހުން ފޯރިމަރަންޖެހޭނެ. މާތް ﷲ މަރްހޫމަށް ފާފަފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި އާމީން.

  14. އޮޓޯ

    ތިވެސް ވާނީ ޔާމިން އެމީހާއަށް ޖަލުގައި އަނިޔާކުރީމަ.

    19
    1
  15. މިއަދު

    ޔާމީނު ކީއްވެތާ އެގައިދީ ބޭރަށް ނުފޮނުވީ

    15
    2
  16. ހުސޭނުބޭ

    ޔާމީނުގެ ވެރިކަން ނަމަ ތި ޤައިދީއާމެދު ބުނާނެ ޔާމީނު އައިސް އެ މީހާގެ ކަރުގައި ހިފައި މަރާލީއޭ! ޔާމީނު ނެތީމާ ނިޔާވީ!

    31
    1
  17. ދެރަވެއްޖެ

    انا لله وانا اليه راجعون

    20
  18. ޙިޔާ

    ކޮންމެ ސަރުކާޜެގަ ހިގިކަމަކަވިޔަސް އިންސާފަކަށް ނޫން ކަންތަ ކުރެވިފަވަނީ

  19. ާޢާބަކުރު

    65 އަހަރުވީރުން ޖަލުންވެސް ރިޓެއަރ ކުރަން މަޖިލީހަށް ހުށަހަޅަން ޖާބިރު ކައިރީ ބުނަންވާނެ

  20. ކުޑަސޮރު

    ޖަލުން މުސްކުޅިކުރައްވާ އުމުރުކަނޑައަޅަންވީ

  21. ކާކު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    މި ކިޔާފަ ކޮމެންޓް ކުރާނަމަ
    މުސްކުޅިޔަސް އާއިލާއިން ހަވާލު ވީމައެއްނު ދޫކުރާނީ އެހެންނޫނި އެ މުސްކުޅި މީހާއައް އަޅާލާނީ ކާކު؟

  22. އިޒްމީ

    ޔާމީނު އަދިވެސް ޖަލުގަ މީހުން މެރުން ހުއްޓާލާކަށް ނުވޭތަ؟

  23. ޢަބްދުﷲ

    މައްސަލައަކީ ކުޑަކުދިންނާ ބެހުނު މައްސަލަ. އެއީ ޕެރޯލްގެ ފުރުސަތު އަދި ރައީސްގެ ޢިނާޔަތްވެސް ނުލިބޭ ކަހަަލަ މައްސަލައެއް. އާއިލާއިން ހަވާލު ނުވުން އެއީ ޢާއިލާގެ މައްސަލަ. ތިކަމުގަ ކަރެކްޝަންގެ އިހުމާލެއް ނެތް. މަރުހޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވާށި. އާމީން