ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ މައްސަލައެއް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މާދަމާ ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާ މައްސަލަ އަކީ އަމިއްލަ ފަރާތަކުން ދައުވާ ކޮށްފައިވާ ފައިސާ ހޯދުމުގެ މައްސަލައެކެވެ. ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އެމައްސަލަ ބައްލަވާ ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، އަދި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އެވެ.
އަބްދުﷲ ދީދީ ބައްލަވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކުރިއިރު އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެ އަމުރާއި ގުޅިގެން ޖޭއެސްސީ އިން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށާއި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވީނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލު ނުކުރަން ވޯޓް ދެއްވި ޖޭއެސްސީގެ މެންބަރުންނަށް ސުޕްރީމް ކޯޓުން "އަދަބެއް ދިނުން" އެކަށީގެންވާ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.
މީ ސުޕްރީމޯ އަކީ މި ޤައުމަށްޖެހިފަ އޮތް މުސީބާތެއްނު! މި ކަމުން ސަލާމަތް ވާން އެބަ ޖެހޭނު!
ރައްޔިތުންގެ މަޖުލިހުން މިހާރުން މިހާރަށް ސްޕްރިމް ކޯޓާއި މެދު ފިޔަވަލު އަލަންޖެހޭ. އެވެރިންވެސް ޤާނޫނު ތަކާއި ޤަވާޢިދު ތަކަށް އިޙުތިރާން ކުރަންޖެހޭ. މިހާރު މިދަނީ މާ މައްޗަށް ކަމަށް ދެކެން.
ރައްޔިތުންގެ މަޖިލިސް މިކަމުގަ އަވަސްކުރަންޖެހޭ މީ މިގަވްމުގެ ހަލާކު ކުރަންތިބި ބައެއް
ގައުމު ހަލާކު ކުރަނީ ރައްޔިތުންގެ މަޖިލީހުން. ވެސްމެ. ފައިސާ ނަންގަވައިގެން އެކިފަހަރު އެކިގޮތަށް ވޯޓު ދެއްވަމުން ގެންދަވާކަން އެއީ ވެސް ހަގީގަތެއް ، ނަމަ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމުގެ ހައްގެއް މަޖިލީހުގެ މެންބަރުންނަކަށް ވެސް ނޯންނާނެ.
މިފިލްމުވެސް ޕްރޮޑިޔުސްކޮށް ޑައިރެކްޓް ކުރަނީ ކުރިންވެސް އެކަންކޮއްފައިވާ ފަރާތްތަކުން، އެކަމު މިމުޅިފިލްމު ސެންސަރު ކުރުމުގެ ބާރު މަޖިލިސް އަދި ސަރުކާރު ދެފަރުގައި ވެސް އެބައޮތް، ނަމަވެސް ހެދޭ ގޯހަކުން ދެފަރާތުގައި އޮތް ބާރުވެރިކަން ވެސް ކެނޑި ހިގައިދާނެ، ވ ވ ވ ވިސްނައިގެން ކުރިޔަށް ދިއުން ބުއްދިވެރި،