ރާއްޖޭގެ ގެދޮރުވެރިކަން ހައްލުކޮށް، މަސްވެރިކަން ފުޅާކުރުމަށް ސައުދީ ޢަރަބިއްޔާއިން 50 މިލިއަން ޑޮލަރު(771 މިލިޔަން ރުފިޔާ) ގެ އެހީއެއް ދޭން އެއްބަސްވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން، ސައުދި ޢަރަބިއްޔާއިން ދެ ދާއިރާއަކަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވެއެެވެ.
އެގޮތުން ރާއްޖޭގެ ގެދޮރުވެރިކަން ހައްލުކުރުމަށް 25 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަޢުދުވެފައިވާއިރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު 25 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ދޭން ނިންމާފައިވެއެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރާ މިސްކިތަށް ސައޫދީ އަރަބިއްޔާއިން 8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.
ތި ފައިސާ ، ގެދޮރުވެރިކަން ޙައްލުކުރުމަށް އެހީތެރިވެދޭ ކަމިޝަން އެއް ހަދާފަ އެތަނަށް ޚަރަދުކޮށް ނިންމާލާނީ . ހުރިހާ ކަމެއް މިދަނީ އެތު ހޮނޑަށް . މި ސަރުކާރު އައިފަހުން ރައްޔިތުންނަށް ކޮށްދިން ކަމެއް އަޅެ ބުނެބަލަ .އާނ ! ބޭރު ޤަވްމުތަކަށް ދިވެހި ރައްޔިތުން ދައްކާފަ މިލިއަނުން އެބަ ލާރި ނަގާ. ރައްޔިތުން ނަށް ވީ އެއްކަމެއްވެސް ނެތް
ވަރިހަމައެއްނު ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގަންނަވަން އުޅުއްވުމުން ރީނދޫ މީހުން ކިހާ ވައްވަކެއްޖެހި. މިއަދު ދެން ހަތަރެސް ފައިޖަހާ ރީނދޫ ގެރިތަކާ. ގެރި މޯދީ އައިސްސަ ދެނީ ލޯނު. ރަސްގެފާނު އެ ދެއްވީ ހިލޭ އެހީ. ދެން އެލާރިކޮޅު ކޮޅުދާއްޔަށް ހަދާ ޕާޓީ ބައިގަނޑަށް މުސާރަދީ ހުސްކޮށްލާ.
ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރި ކަދުރު ކޮންޓޭނަރތައް ހުރިހުރި ގޮތަށް ކަޅުދައްތަ ދިރުވާލިހެން ތި ފައިސާވެސް އަތުޖެހޭ ވަގަކު ކާލާނެ. މިއޮތީ މުސީބާތެއް.
ސައޫދީ ދެނީ ހިލޭ އެހީ ދެން ހުރި ކާފަރު ޤައުމުތަކުން ދެނީ ރާއްޖެ އަޅުވެތިކުރަން އިންޓަރަސްޓާ އެކީ ލޯނު
ސަޢުދީން ރާއްޖެއަށް 771 މިލިޔަން ރުފިޔާގެ އެހީއެއް
* ގެދޮރުވެރިކަން ހައްލުކުރުމަށް 25 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަޢުދުވެފައިވާއިރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު 25 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ދޭން ނިންމާފައިވެއެވެ.
ކަލޯ ޝާހިދޫ :މިވަރަށް ދުނިޔެއިން ''ޖަޒީރާ ރާއްޖެ މެނިފެސްޓޯ، މުޅި ދުނިޔެއިން ބަލައިގެންފި - ޝާހިދު'' ބަލައިގަންނާނީ. ކަލޯ ބުނަންވާހަކައެއް މިހާރު ތިޔަވީވަރަކީ . ދެންލަލާ