މިއަދު މެންދުރު މާފަންނު އޯކިޑް މަގުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. މާފަރު ޒުވާނެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ގެސްޓް ހައުސް ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ، ނ. މާފަރު، އާހިޔާގެ ރާއިފް ނޫމާން، 22އ އެވެ.

އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު 12:00 ޖެހި ހާއިރުއެވެ. ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެ ގެސްޓް ހައުސްއަށް ވަދެ ބެލިިއިރު، އޭނާގެ އަނގައިން ފޮނުތަކެއް އަރާ، އެއްވެސް ހަރަކާތެއް ނެތިފައި އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ޒުވާނާ އެ ގެސްޓް ހައުސްއިން ނެރުނުއިރު ވެސް އޮތީ ނިޔާވެފައެވެ.

އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުކަން

    މަރު ކޮމިޝަން ކޮބައިތަ ކޮޓަރިތަކުގަ ހާދަ ބައެކޭ މިމަރުވަނީ

    86
    4
  2. ޢައިބާ

    ބޭރުފުށުން އެއްވެސް ނިޝާނެއްނުފެނުނަސް އެތެރެއިން އެފުނުނީ އޮވަރޑޯޒްވުމުގެ އަލާމާތެއް ، ހެޔޮރަހްމަތް ލައްވާށި

    70
    9
  3. ޔޫސު

    ޢައިބާ މާބޮޑަށް އައިބު ނުވޭ. މާބޮޑަށް ތި އެނގުނީ. އަނގައިން ފޮނުއަރާނެ ސްޓްރޯކް ޖެހުނަސް. އަހަރެން މަންމަ ވެސް މަރުވީ އޯވަރޑޯޒް ވެގެންނެއް ނޫން. ސްޓްރޯކެއް ޖެހިގެން. އަނގައިން ފޮނު އަރާފަ ހުރީ. ނޭނގޭ ވާހަކަ ނުދައްކާނީ ދެންވެސް

    11
    1