ތަހުގީގު ކުރުމުގައި ފުލުހުންނަށް ގާނޫނު ތަކުން ލިބިދީފައިވާ ބައެއް ބާރުތައް ރިޔާސީ ކޮމިނަޝަންތަކަށް ލިބިދޭ ބިލް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލް މަޖިލީހުން ފާސްކުރި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންގެ ބިލް ފާސްކޮށްފައިވާއިރު މި ބިލް ފާސްކުރުމަށް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ ރިޔާސީ ކޮމިޝަން ބިލަކީ ނިމިދިޔަ 18 ވަނަ މަޖިލީހަށް ހުށަހެޅި، ބަހުސް މަރުހަލާ ނިމި، އަދި ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، މަޑުޖެހިފައި އޮތް ބިލެކެވެ.
މި ބިލް މަޑު ޖެހިފައި އޮތީ ބިލުގައި ގާނޫނު އަސާސީއަށް ފުށުއަރާ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ބުނެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ގާނޫނީ ދާއިރާގެ ބައެއް އިސް ބޭފުޅުން އަދި މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ކަންބޮޑުވުންް ފާޅުކުރެއްވުމާއި ގަސްތުގައި ވޯޓަށް ނޭހުމުންނެވެ.
މިއަދު ފާސްކުރި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގިނަ ބާރުތަކެއް ކޮމިޝަނަށް ލިބިދެވެއެވެ. އެގޮތުން އެކައުންޓުތައް ފްރީޒް ކުރުމާއި، މީހުން ހައްޔަރުކުރުމަށް ފުލުހުންގެ އެހީއަށް އެދެވުން ހިމެނެއެވެ.
ސާާބަހޭ ކަލޭމެން ހަދަން އުޅޭ އެއްޗެއް އަވަހަށް ހަދާ
ޔާމީނު ހައްޔަރު ކުރާ ދުވަސް ކައިރިވަނީ. ރިސްވަތު ހިފި ހުރިހާއެއްމެން ކުޑަގޮލިޔައް
ޜުޅި އަންނަ ކޮންމެ މީހެއް ކަތިލާ ދުވަސް އައީ އެހެން ކަމެއް ތިޔަކުނެތް. ޔާ ﷲ މިގައުމު ސަލާމަތް ކުރައްވާށި. ޢާމީން.
އަހިވަކަކާ ޖެހިއަހިވަކެއް ފާވާނެ. ކިތަންމެބާރަށް މަތިޖެހިޔަސް ފޫދާނެ.
މިއަދުން ފެށިގެން ފުލުހުންގެ ނަން ކޮމިޝަން ފުލުހުންގެ ނަމައް ބަދަލު ވާނެތޯ..
ޙައްޔަރު ކުރުމުގެ ބާރާ ކޯޓު އަމުރުވެސް ހޯދަން ނުޖެހޭގޮތް ހެދިނަމަ. ޢަދި ބޭނުން ކޮންމެ މީހެއްގެ މަރާލުމުގެ ބާރާ އަދި ބޭނުން ކޮންމެ މީހަކުގެ ބޮލުގަ ކޮމެ ބަދުނާމެއް އަޅުވާފަ ކޮމިޝަންގެ އިލްހާމްއިން ސާބިތުވާގޮތް ހަދާ ޖަލައްލެވޭ ގޮތްވެސް ހަދިނަމަ. 138000 މީހުން ޤިޔާމަތް ދުވަހުން އިންލާމީ ގައުމެއް ފުނޑާލާ ޔަހޫދީ ދައުލަތަކަށް ހަދާން ފުރުސަތުދިނީތީ ޖަވާބް ދާރީވެ ޒިންމާ އުފުލާންޖެހޭނެ.
ޖަންގަލީގެ ގާނޫނު މިހާރު މިއޮތީ.
ރިޔާސީކޮމިސަންއޮފު ޕޮލިސް އެންޑު ޕީޕަލްސް މަޖިލިސް މިނަންފާސް ވެއްޖެ 65 މެންބަރުންގެ އިއްތިފާގުން .
މިކަން ކުރެވިދާނެ ކަމަކަށް ގަބޫލުނުކުރި މީހުން މިހާރުތިބޭނީ ބިރުން ތެޅިތެޅި،
ގައުމުގެ އަސާސްތައް ދުއްވާލައި ދުސްތޫރު ހުއްޓުވަން ކުރާ މަސައްކަތް ކުރިއަށް. ގައުމު ހަލާކުވަނީ