މާފުށީ ޖަލުގައި ތިބި ގައިދީންތަކަކަށް އަނިޔާ ލިބިފައިވާތީ، އެކަމާއި ހިތާމަކުރައްވާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް، މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަޙުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، މަޖިލީހުގެ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

"ޖަލުތަކުގެ ހާލަތު ބެލުމުގެ ގޮތުން އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ. އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ހައްލެއް ގެނައުމަށް ވީ އެންމެ އަވަހަކަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. އަޅުގަނޑުމެން ސަރުކާރަށް އައުމުގެ ބޭނުމަކީ ވެސް އަނިޔާ ވެރިކަން ނައްތާލުން. އަދި ޙާއްޞަކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ވަނިކޮށް އަނިޔާ ލިބުމަކީ އެކަމާ ވަރަށް ކަންބޮޑުވާ ކަމެއް." އިންތި ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ގައިދީންނަށް ކުރި އަނިޔާ އާއި ގުޅިގެން އެމީހުން ވަނީ އިހްތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ގައިދީން އިހުތިޖާޖު ކުރަމުން ދިޔައީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީންތަކަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާތީއާއި އަނިޔާވި ގައިދީއަކު ޑޮކްޓަރަށް ދައްކައިދިނުމަށް ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދަމުންދާތީއެވެ.

ޖަލުގައި އިހުތިޖާޖު ކޮށްފައިވަނީ ޔުނިޓް ހަތަރެއްގައެވެ.

ނަމަވެސް ކަރެކްޝަން ސާރވިސްގެ ފަރާތުން ވިދާޅުވީ، މާފުށި ޖަލުގައި އިހްތިޖާޖެއް ކޮށްފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކެޔޮޅު

    ދައުލަތުގެ ވަޒީފާއެއްގެ ޒިންމާ އަދާކުރަން ހުއްޓަ އަނިޔާއެއް ލިބުމަކީވެސް ކަންބޮޑުވާންޖެހޭނެކަމެއް.

    12
    1
  2. މަހާ

    އަނިޔާވެރި ސަރުކާރު، އިސްތިއުފާދީ!

    15
    1
  3. ދައުލަތިއްޔާ

    ދައުލަތުގެ ބެލުމުގެ ދަށުގަ ހުރިހާ ރައްޔިތުންވަނީ. ގޮޅީގައެއްނޫން ފުއްޕާނީ ގޮސް ގޭގަ ގޭމީހުން ކައިރީ ފުއްޕާ.
    އަދިވެސް މަށައް ކުޑައީ ކޮއްލިވަރު.
    އޮފިސަރ ގެވެސް ހައްޤެއް އޮންނާނެ ހަމައެކަނި ގައިދާއެއް ނޫން ހައްޤު އޮންނަނީ

    10
    6
  4. ކެޔޮޅު

    އިންތިމެންގެ ވެރިކަމެއްގަ އަނިޔާއެއްނުކުރާނެ އެއީ ފިރުމާލުމެއްދޯ؟

    12
  5. ގައްބެ

    ތިވަރުން ދެން ފުއްދާލާ ތަކުރާ!

  6. ސަޓޯ

    އިންތި ވެސް ބައިވެރިވާ ސަރުކާރެއްގައި މިކަން ކުރީމަ އަހަރެމެން ލަދުން ދެފައި ކައިރިނުވޭ