ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އިންތިޚާބުވެވަޑައިގެންފިއެވެ.

ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރކަން ކުރައްވާފައިވާ ސަޢީދު އެ ކޮމެޓީއަށް އިންތިޚާބުވެ ވަޑައިގަތީ އެކަމާއި ގުޅޭގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގައެވެ.

މި ފޯރަމްގައި ސަޢީދު ތަގުރީރުވެސް ކުރައްވާފައިވާއިރު، އޭނާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވައި، މިދުވަސްވަރު އެފަދަ ވިޔަފާރިތަކުގައި ގެންގުޅޭ އުސޫލުތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ. މިއީ ރާއްޖޭގެ ފަރާތުން ބޭފުޅަކު މި ފޯރަމްގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ތިން އަހަރުގެ މުއްދަތަކަށް ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރެއްގެ މަޤާމަށް ސަޢީދު އިންތިޚާބުވެވަޑައިގަތް އިރު، އޭނާއަކީ މިދިޔަ ސަރުކާރުގައި ޗައިނާ އާއި ރާއްޖެ އާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މި މަހުގެ 21 އިން 22 އާއި ހަމައަށް ކުރިޔަށްދާ ވޯލްޑް އެސްއެމްއީ ފޯރަމްގައި 50 ޤައުމަކުން ދެހާސް މަންދޫބުން ބައިވެވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މަރުޙަބާ ސައީދު.

    41
    1
  2. ކެޔޮޅު

    مرحبا مبارك. ސައީދު ތިކަހަލަ ދަރިން ޤައުމައް ބޭނުންވަނީ ،،

    46
    1
  3. އަހުމަދު

    ފެންވަރު ހުރި މީހުން އެބަ ފެނޭ މިއީ މިސަރުކާރުން ވެސް ސަޢީދަށް މަރުހަބާ ކިޔަން ޖެހޭ ވަރުގެ ކަމެއް ދިވެހި ގައުމަށް ލިބޭ ރީތި ނަމެއް މަރުހަބާ ސަޢީދު

    27
  4. މަހޭޝް

    މަރުޙަބާ

    23
  5. ހެޔޮ އެދޭ އަޚެއް.

    މިއީ މިސަރުކާރުން ވެސް ސަޢީދަށް މަރުހަބާ ކިޔަން ޖެހޭ ވަރުގެ ކަމެއް. ދިވެހި ގައުމަށް ލިބޭ ރީތި ނަމެއް.އެކަމަކު ސައީދަށް މަރުހަބާ ކިޔުމުގެ ހިއްވަރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް މަޖިލީހުގެ ރައީސަކަށް ވެސް އިކޮނޮމިކް މިނިސްޓަރަށް ވެސް ލިބިގެނެއް ނުވޭ. މަރުހަބާ ސަޢީދު

    24
    1
  6. ސާކިރު

    ސާބަސް ސައީދު މިފެންނަމުންދަނީ ތަފާތު
    ކަބުރުގެ ދޮށުގައި އުޅެވިފަވާކަން ތިޔަސާބިތުކޮށްދިނާ