ޖަލުގައި މިރޭ ހިނގި ހަމަނުޖެހުންތަކުގައި ޤައިދީންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.
މާފުށީ ޖަލުގައި މިރޭ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ވަރަށް ގިނަ އަދަދަކަށް ބައެއް ބްލޮކްތަކަށް ކަރުނަގޭސްވަނީ ޖަހާފައެވެ. މާފުށީ ޖަލުގެ ހާލަތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޔުނިޓް-2 އަދި ޔުނިޓް-9 ގައި ތިބި ގައިދީން ކޮރިޑޯ ތެރޭގައި ތިއްބާ އެމީހުން ގޮޅިއަށް ވައްދަން ރަޔަޓް ގިއަރުގައި ބަޔަކު ވަދެ ކަރުނަގޭސް ޖަހާ، މުގުރުބުރިން ތަޅައިގެންފައިވާ ކަމަށެވެ.
ޖަލުގައި ޔުނިޓް ތަކުގައި 200 އެއްހާ ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާތާ މިހާރު 34 ގަޑިއިރެއްހާއިރުވަނީ ވެފައެވެ.
ނަމަވެސް ޤައިދީން ހަޅުތާލު ކުރަމުންދާ ކަމެއް ކަރެކްޝަންސް އިން ޔަޤީންކޮށެއް ނުދެއެވެ. އަދި އެކަންތަކާއި ގުޅިގެން ކަރެކްޝަންސް އިން މީޑިޔާތަކަށް އެއްވެސް މަޢުލޫމާތެއް ނުދެއެވެ.
ތީގަ ނެތް އަނިޔާ ކުރިކަމުގެ ނިސާނެއް.
ގައިދީންނަށް އެކަނިތޯ އަނިޔާވަނީ؟ ކޮބާތޯ އޮފިސަރުންނަށްވީ އަނިޔާ؟ ކުއްވެރިން ހިމާޔަތް ކުރަން މަސައްކަތް ކުރަން އުޅޭހާ ހިންދަކު ޖަލުގެ ކަންތައް ހަމައަކަށް ނޭޅޭނެ. ގައިދީން ޖަލުގެ އޮފިސަރުންނަށް ދޭހަމަލާއަށް އަދަބު ނުދެވޭހާ ހިނދަކު ޖަލުކަންތައް ރަނގަޅެއް ނުވާނެ. ގައިދީން އޮފިސަރުންނަށް އަނިޔާ ކޮށްފަ ހަމަ ހެވިފަ، މީ ކޮންގައުމެއްގަ އޮންނަ ގޮތެއްތޯ؟
ޢަމިއްލަ އަށް ގައިގަ ވަކި އަޅާފަ ތިހިރީ. ..
ޖަލު ބަލަހައްޓާ މީހުންނަށް ކުރާ އަނިޔާ ކޮބާ
ބަސް އެހޭލެއް ބޮޑުކަމުން ތިހެން ތިވަނީ! ތަޅާ ހަބޭސް އަރުވާލާ ކިޔަމަންތެރި ކުރުވައިގެން ވަރަށް އަދަބު އަދާކުރާ ބައެއްގެ ގޮތުގައި އެވެރިން ގެންގުޅެން ޖެހޭނީ! އެކަން ކުރަންވާނީ އެތަނުންނިކުމެވެސް އަދަބުވެރިކޮށް އުޅޭނެ މިންވަރަށް! ނޫނީ މި ޤައުމު ވާނީ ހަލާކު!
ތިއީ ބިންމަތީގައި ނިދާތީވެ އަރާފަ ހުރި ޕްރިންޓެއް. ތިކަހަލަ ފޮޓޯ އަހަރެންވެސް ނަގާފާނަން
ތީކީ އަދި އަނިޔާއެއް ނޫނެންނުން. ގައިދީން ޕްރިޒަންސް އޮފިސަރުންނަށް ކުރި އަނިޔާ ފެންނަ ފޮޓޯތައް ފެނުނީމަ އަދި އަނިޔާ އަކީ ކޮބާކަން އެނގޭނީ. ގައިދީ އެއްގެ ބުމައިން އިސްތައްޓެއް އުފުރުނަސް އެވީ އިންސާނީ ހައްގަކަށް. ބޯހަލާކު
ޖޯލިފަތީގައި އޮށޯތަަސް ތިހެން ރަތްވެފަ ހުންނާނެ.
ތަޅާ މަރާ. އޭރުންވެސް ކުއްކުރާ މީހުން މަދުވާނެ ތަންކޮޅެއް. އެމީހުން ޖަލަށް ލާފައި އެތިބީ އެއްވެސް ކުށެއް ނުކޮށް ގޭގައި ރީތިކޮށް ތިއްބާތޯ އަހަލަބަލަ؟
ތިޔަ ފޮޓޯތައް ނުލިނަމަ އަޅޭ. ހުޅުމާލެއިން މާލެ އަންނައިރުވެސް މަގޭ އަތްތިލަ ވެސް ތިޔައްވުރެ ރަތްވާނެ..
ތެޅިޔަކަސް މައްސަލައަކަށް މަށަކަށްނުވޭ، ހަގީގަތަކީ ގައިދީންގެ ކުއްތައް ފޮރުވަން ބަޔަކުއުޅޭކަން. ކަރެކްޝަންގެ މުވައްޒަފުންނައް ބިރުދައްކާ ހަމަލާދެވޭ ބަޔަކަށް ގައިދީންވެގެން ނުވާނެ.
ތީ ބޮޑު ޖޯކެއްނު؟
މީބޮނޑު ހޮލީވުޑް ފިލްމަކާތަފާތެއްނެތް މިހާރުކުރަންއެއުުޅެނީ ހޯމްމިނިސްޓަރ އިމްރާން ބޭރުކުރުމުގެ ރޭވުމެއް ޢޭރުންތާދެން ޑިސްކޯގައުމްގައި ބޭއްވޭނީ
ސަމާލުކަން ހޯދަށް ކުރާ މަސައްކަތް ތިއީ. އެމީހުންނަށް ޖަލު ކަމަކު ނުދޭ، އެކަމު ދޫކޮށްލާފަ 2ދުވަސް ނުވާނެ އެހެންކުށަކަށް އަރައި ގަނެގެން އަނެއްކާވެސް ގޮސް އޮންނަން ވަނީ ޖަލުގައި. ޖަލުން ކާން ލިބޭ. މަލޭގަ އުޅޭއިރު ލާރި ހޯދައިގެން ކާންވީމަ ބޮޑުކަމަކަށް ވެގެން ޖަލަށް ދަނީ
އެހެންވިއްޔާ މާ ގިނައިރެއް ނުވެ ހޯމްމިނިސްޓަރު ވަޑައިގަންނަވާނެ! އަދި ގުދަށް އޮންނަވާގެން ވިއަސް ތި ޒަހަމްތައް ބައްލަވާނެ! އަދި ވަރަށް ބާރު އަޑަކުން ތިކަން ކުށްވެރިކުރައްވާނެ! އެނބުރި ވަޑައިގަންނަވަމުން އޮފިސަރުން ކަންފަތްދަށުގައި ވިދާޅުވާނެ....... ހަމަ ރޯނާގަންނަވާށޭ! މިގޮތަށް މިކަން ތަކުރާރުވަމުންގޮސް 5 އަހަރުން ޖަލުގެ ހާލަތު ރަގަޅުވާނެ!
ތީގަ ބަލަންވީ އެމީހުން ތި ފޮޓޯނެގީ ކިހިނެއްތޯ އަދި ތި ބޭރުވީ ކިހިނެއްތޯ
ތިއީ ޖަލު ފޮޓޯތަކެއް ނޫން. މޮޔަ ނުވޭ. ތިއީ އޮންލައިންކޮށް އިންޑީއާ ސައިޓަކުން ނަގާފަ ހުރި ފޮޓޯތަކެއް
ތިތަނަށް އަނިޔާ ހޯދަން. އެހެން ނޫންނަމަ ތިބޭނީ ގޭގައި.އަދި ތިވަރުވެސް ކުޑަ. މި އެއްޗެހިތައް ނައްތާލަން ވީ.މިއީ ބޭކާރު އެއްޗެހި.
ފިތުނަ އަށް މަގުފަހި ނުކުރަމާ....
ޖަލުގައި އަނިޔާދޭއިރު ގިނަފަހަރަށް ދޭނީ ބޭރުފުށުން ކުރިއަނިޔާ ނޭނގޭގޮތަށް. އެކަން އެނގޭނީ ޖަލަށް ވަދެ އެކަން އަޖުމަބެލީމާ. ޖަލުގައި ތިބި އެތައްބަޔަކަށް ވަރަށް އަނިޔާކުރޭ އެމީހުންނަށް ކުރާއަނިޔާގައި އެބަތިބި ނުކުޅެދޭމީހުންނަށް ފަހުންވެފައިވެސް. މީ ހަގީގަތް. މިކަން ފޮރުވަން ނޫޅޭ.
ޖަލު އޮފިސަރުން ގައިދީންނަށް އަނިޔާ ކުރާކަމުގެ އެއްވެސް ހެއްކެއް ދައްކަބަ. މުވައްޒަފަކަށް އަނިޔާ ކުރީމަ އެކަހަލަ ކަމެއްވެދާނެ. ޖަލުގަ އަނިޔާ ލިބުނަސް ލިބޭނީ ގައިދީން ގައިދީންނަށް. އެކި ގޭންގް ތަކުގެ މީހުން އެތާގަ ތިބެނީ، އެމީހުން އެމީހުނަށް ހާޑް ވާނީ. އޮފިސަރުން ތިބެނީ ސައިޒްގައި. ގައިދީން ބޭނުން ކަމެއް ކުރަނީ.