މާލޭގައި ގެއެއްގެ ބެލްކަނި ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ. އަނިޔާވި މީހުންނަށް މިހާރު އޭޑީކޭގަައި ދަނީ ފަރުވާދެމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި، ވެއްޓިފައި ވަނީ ހެންވޭރު ރުށްދޮށުގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏެވެ. މި ހާދިސާގައި ހަތަރު މީހަކާއި ކުޑަކުއްޖަަކަށް އަނިޔާވިއެވެ.

މަންޒަރު ދުށް މީހަކި ބުނީ، އެ ބެލްކަނި ވެއްޓި ދަށުވީ އެ ވަގުތު މަގުމަތީ ސައިކަލެއްގައި މަތީގައި ތިބި ދެ މީހަކަށް ކަމަށެވެ.

އަދި މި ހާދިސާގައި މަގުމަތީގައި ހުރި ސައިކަލުތަކަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ހ. ރުށްދޮށުގެ ދެވަނަ ފަންގިފިލާއިން ބައެއް މަގުމައްޗަށް ވެއްޓި ހަތަރު މީހަކާއި، 16 އަހަރުގެ ކުއްޖަކަށް އަނިޔާވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:20 ހާއިރު ކަމަށެވެ. އަދި މިހާރު އެ މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އައްފާލް "ވަގުތު"އަށް ވިދާޅުވީ، ބެލްކަނީ ވެއްޓުނު ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލްގައި ހަތަރު މީހަކަށް ފަރުވާދެމުން އަންނަ ކަމަށެެވެ.

"އަދި އަޅުގަނޑަކަށް މީހެއްގެ ހާލު ސީރިއަސްކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް. އަޅުގަނޑަކަށް އަދި ޑޮކްޓަރުގެ ރިޕޯޓެއް ނުލިބޭ. އެހެންވީމަ އެ ދަންނަވާލަކަށް އަދި ނޭގޭ". އައްފާލް ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގެ އުސް އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހިސާބުމީހެއް

    ހެންވޭރު ގަލަދުން ގޯޅި. 3 ޒުވާނުން ގަޔަށްވެއްޓުނީ 2 ޒުވާނުން ކްރިޓިކްލް. މި ގޯޅީގައި ހުސް އެކަހަލަ ތަންތަން.

    34
    1
  2. Anonymous

    މާތްﷲ މީސްތަކުންނަށް މުޞީބާތް ޖައްސުވަނީ އެކި ގޮތްގޮތަށް، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން.

    68
    1
    • މޯލްޑިވިޔަން

      އަހަރެމެން ގޯސް ވީމަ ތަ.ހޫމް އެގިއްޖެ ޔާނު ވެރިކަމުން ބޭލުވީމަ ދޯ

      1
      20
      • ޢަލީ

        ކަލޭ ބޭލީކީ ނޫން. ޥެރިކަމަކީ މާތްﷲ ދެއްވާއެއްޗެއް. އެކަލާންގެ ކޯފާގެ ގޮތުގަ ނުބައިވެރިންވެސް ލައްވަފާނެ.

        24
      • Anonymous

        ލޫޠުގެފާނުގެ ގައުމު ޢަރަގުވެގެން ދިޔައިރު އޭގެތެރޭ ރަގަނޅު މީހުންވެސް ތިބި.

        8
        1
  3. މޯދީ

    މާލޭ ބޭފުޅުންގެ ކަމަކީ ކޮންމެ އަހަރަކުން އަހަރަކުން އެގްރިމަންޓް އައުކޮށް ކުލި ބޮޑުކޮށް މީހުން ފެލުން. ތަން ބޮލަށް ވެއްޓުނަސް ވަރިހަމަތާ

    48
    5
  4. ސާނީއަމާ

    ގަދަ ދުމެއް ދޮންދުމެއް ކިޔާނެ ކަމެއްނެއް ހުރިހާތަނެއް ތަޅާ ތިރިކުރަންވީ ކިތައްމީހުންގެ ފުރާނަ ދިޔާމަތޯ ހޭއަރާނީ... މިކަމާ ޒިންމާ ނަގާނެ ފަރާތެއް ނެއް

    32
    • އަހަރެން

      މާލޭބޭފުޅުންގެ ކުލި މާލޭބޭފުޅުންގެ ކުލި. ފަސް ރުފިޔާއަށް ދޭ ދޮންކެޔޮވައް ރޯދަމަސް އައީމަ ދިހަ ރުފިޔާއަށް ވަކެއް. ޓެކްސީ ދަތުރުތަކުގެ ކުލި އާސްމާންގަ. ގޯތިގެދޮރު ހެދުމަށް ބޭނުންވާ ސާމާނުތައް ވިއްކާ ހުރިހާ ފިހާރަތަކަކީ ވެސް މާލޭ މީހުންގެ ތަންތަންބާ؟

      20
      2
  5. ހިތާމަހުރި

    ތިއީ މާލޭގަ އިމާރާތްތަކުގެ ފެންވަރު ދައްކަމުން ދިމާވާ ހިތާމަވެރި ކަންކަން. ޢިމާރާތްތަކުގެ ފެންވަރުބަލާ މުނީޓަކުރާނެ ބަޔަކުނެތް. ސިންގަޕޫރަށް ވާން ބޭނުންވަނީ އެކަމު މިވީ އިންޑިޔާގެ އަވަށަކަށް

    28
  6. ދުންމާރި

    ކޮބާތަ ފާޓުފުލާ ސިތީކައުންސިލްގެ މެމްބަރުން ކައުންސިލްގެ ކުޅަދާނަ މޭޔަރާ ޑެޕިއުޓީ މޭޔަރުކޮބާތަ؟ ބަރާ އާރާ ނުފޫރު ލިބުނީމަ ކުރާހާޥެސް ކަމަކީ ރައްޔިތުންގެ އަތުން ފައިސާ ނެގޭނެ ގޮތެއް ހޯދަނީ މާލޭގައި ހުރި އިމާރާތްތަކުގެ ހާލަތު ބަލާކަށް އިޖުތިމާއީކަންކަން ބަލައި އިސްލާހުކުރާކަށް ނޫޅޭ މަގުމަތިން ހިނގޭވަރުނުވޭ އުސް އިމާރާތްތަކުން އެއާރކޯނުފެނާ ފާޚާނާ ހޮޅިތަކުންގެ ފެނާ ދިޔަ ދޮވިޔަކުގެ ފެން ބޮލަށް ފައިބާވަރުން ވާރޭ ކޮޅެއް ވެހެންޏާ ވާރޭއަށްވުރެ ބާރަށް އުސް އިމާރާތްތަކާ ދިދިޔަ ދޮވިތަކުން ފެންފައިބާ ކުޑައެއ ހިފައިގެންވެސް މަގުމަތީ ހިނގޭ ވަރުނުވޭ ޢިމާރާޓްތައް ބާވެ ހިނގާބިގާވެ އުޅޭ މީހުނާ ދުއްވާ ތަކެއްޗަށް ނުރައްކާ މާލޭގެ މަގުތަކަކީ ނުރައްކާ ތަމަކަށްވެފައިވަނީ މަގުމަތީ ޢިމާރާތްކުރާ ތަކެތި ފުނިޖަހާފަހުންނަނީ ކުނި ފުނިތައް ހުންނަނީ މިއިން ކަމެއް ބަލާ ފިޔަވަޅުއަޅާނެ ފަރާތެއްނެތް އަވަށު އޮފީސްތައް ހުރި އިރު މިހުރިހާކަމެއް ބަލާ ފިޔަވަޅުއަޅާކަން އެނގޭ ނަމަވެސް ހައިބަތުބޮޑު ސިޓީ ކައުންސިލުން ކުރާކަމެއްނޯވޭ މުސާރަ ބޮޑުކޮށް މުސާރަ ނަންގަވައިގެން ފިނި ކޮޓަރީގަ ގޮނޑި އަނބުރާފަ މީޑިޔާއަށް އަރާ ބޮޑުބަސްބުނުން ނޫންކަމެއްކުރާތަނެއް ނުފެނޭ

    31
    3
  7. ދޮންބުލާ

    ތިޔަ ހާދިސާ އާގުޅިގެން އެފަދަ ހާދިސާތައް ހިނގާ ސަބަބު ދެނެގަތުމަށް ބޭރުގެ ފަންނީ ބޭފުޅުންގެ ލަފަޔާ އިރުޝާދު ހޯދުން ރަނގަޅުވާނެކަމަށް ފެނޭ މި ސަރުކާރަކީ ކޮންމެ ކަމަކަށް ބޭރުގެ ފަންނީ އެހީ ހޯދާބައެއް

    23
  8. އިބްރާހިމް

    ކޮމެޓީއެއް އެކުލަވާލައި ބޭރުގެ ފަންނީ އެހީ ހޯދާނެކަމަށް ބެލެވޭ

    23
  9. ޒިޔާޕު

    މިކަން ހުއްޓުވޭނީ އަބަދުވެސް މިބުނާހެން މަގުމައްޗަށް އިމާރާތުން ބައެއް ނެރުން މަނާކޮށްގެން. މައުމޫނުގެ ޒަމާނުގަ ގޮތި ކުޑަވެގެން ދިން ހުއްދައަކުން ތިހެން ވެގެން ތިއުޅެނީ. ޜާއްޖެގަ އިމާރާތް ކުރުމުގެ ޤަވައިދަށް އިސްލާޚު ގެނެސް މަގުމައްޗަށް އިމާރާތުން ބައެއް ނެރުން މަނާކުރަންވެއްޖެ.

    9
    2
  10. ވ.އަވަސްކުރޭ

    ހ.ހާޖަަަަަރާގެ އަދިވެސްހުރީ މިހާލަތުގައި މިހާރުު 1ފަހަރު ބެލްކަނި ފުންމާ ލައިފި ދެންހުރިބައިތައް އަދިވެސްހުރީީ ހުރިގޮތައް އެކަމަކު ކާކު އަޑުއަހާނީ ހިތާމަ ހިތާމަ ހިތާމަ މަރު...

    12
  11. ޒަބާދުކުޑޭ

    ސިޓީކައުންސިލުން ކޮންމެދުވަހަކު މާލޭގެ ހުރިހާ އިމާރާތެއް ދަނީ ސުޕަވައިޒްކުރަމުން.

    7
    6
  12. އަހްމަދު

    ތިވީގޮތުން ތަނުގެ ކުލި ބޮޑުކޮށްލަންޖެހޭނެ.

    12
    1
  13. ފުކެއް

    ޜައްޔިތުން ތަމާން ވިޔަސް ހެޔޮ!ކޮންމެވެސް ކޮމިޓީއެއް ނުބޭއްވިގެން އަޗާ ނުތެޅިގެން އުޅޭތަން ފެންނަނީ! ޙެޔޮ ވެރިކަން ނުވެވިގެން !

    15
  14. ކޮތަރު

    މޯދީގެ ނަމުގަ ކޮމެންޓްކުރި ބުރާންޗާ. ކުލި ބޮޑުކުރަންޖެހޭ ސަބަބުވެސް ނޭނގޭދޯ. ޢިމާރާތް ކުރުމަށް ދާޚަރަދުގެ ދެގުނައިގެ ރިބާއާއި އެކު ލިބޭ ލޯނުން ގެ ނިންމާފަ ކޮންމެ މަހަކު އެތައް ލައްކައެއް ލޯނު އަދާކުރަން ބޭންކަށް ދައްކަންޖެހޭ. ނުދެއްކިއްޖެނަމަ ރިބާއަށް ދައްކަންޖެހޭ ބައި ޑަބަލްވެގެންދޭ. މިހެން ކަންހުރި އިރު ލޯނު ނަގައިގެން ގެހަދާފަ ރާއްޖެތެރޭގެ ޢިއްޒަތްތެރި ބޭފުޅުންނަށް ބައިރުފިޔާ އަކަށް ކުއްޔަށް ދެވޭތަ. ކަލޭމެން، މާލޭ މީހުންނާ ވަރަށް ޒާތީވާނެ.

    9
    8
  15. ައާންމުން

    ހެޔޮވެރިކަން ރައއޔިތުންނަށް މިވަނީ ބަލާވެރިކަމަކަށްވެ ަަަަަަަަަ