ސަރުކާރު ޒިންމާދާރު ކުރުވަން މިހާރު އިދިކޮޅުގައި އޮތް ހަމަ އެކަނި ދެ ޕާޓީ ކަމަށްވާ ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ޕީޕަލް ނޭޝަނަލް ކޮންގްރެސް ނުކުންނަނީ ކަމަށް ބުނެ މީސް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވާން ފަށައިފިއެވެ.

މީސް މީޑިއާ ޕްލެޓްފޯމްތަށް ކަމަށްވާ ވައިބާ, ފޭސްބުކް, ޓުވިޓާ ގައި ދައުރުވަމުންދާ މި ފޯސްޓްތައް ޕީޕީއެމް އާއި ޕީއެންސީގެ އިސްފަރާތްތަކުންނާއި ގިނަ އާންމު މެންބަރުންތަކެއް ދަނީ ކުރުމުންނެވެ.

ވާން އުޅޭ ގޮތެއް އަދި ސާފުވެފައި ނުވާއިރު ބޭރުގެ ކުލީ ސިފައިން ގެނެސް ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ފޮރުވައިގެން ސަރުކާރުން ގެންގުޅުނު ކަމަށް ބުނާ މައްސަލައާއި މާފުށީ ޖަލުގައި ގައިދީން ތަކަކަށް ޖަލުގެ އޮފިސަރުން ދިން ލާއިންސާނީ އަނިޔާގެ މައްސަލައިގެ އިތުރުން ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގެ ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ސަރުކާރަށް ރައްދު ކުރަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ނުކުންނަނީ ކަމަށް ބުނެ މީސް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވާން ފަށާފައި މިވަނީ ރައީސް ޔާމީނުގެ މައްސަލަތައް މަޑުޖެހި އެތަށް ދުވަހެއް ވަމުން ދާތީ ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފައިވާ ދަޑުވަޅެއްގައި ކަން ވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަތްދޫނި

    ޕެޕަރ ސްޕްރޭގެ ހުރި ވަރު ފެންނާނެ. ކެރެންޏާމު ނުކުމެބަލަ! ކުޑަކުދިން މަގުތަކަށް ނެރެ ތަމެން ޤައުމު ހަލަބޮލި ކުރާކަށް މަމެން ރައްޔިތުން ޖާގައެއް ނުދޭނަން. ކުރީގައި ގަތް ސަކަރާތެއް މިހާރަކު ނުޖެހޭނެ. ވ ސާފުކޮއް ރައްޔިތުން ތިބީ ތަމެން ކުރާ ކަންކަން ބަލަން.

    17
    52
    • ތަމެންގެތަލަ

      ތަމެން ތަލަބޮގަރު ނުކިޔަ ތިބޭ...

      1
      3
  2. މަސްވެރިޔާ

    ޑިމޮކްރެސީ އަކީ ނުކުތުން، ރައްޔިތުންގެ ހައްގުގައި ވަކާލާތްކުރުން.... ޕެޕަރ ސްޕރޭއަކީ ޑީއާރޕީގެ ދުވަސްވަރު ވެސް ރ.ނަޝީދުގެ ސަރުކާރު ބުރުއްސި އެއްޗެއް، ނަތީޖާއަކީ ދެކަކޫ މަށްޗަށް ސަރުކާރުތިރިވެ ސޯޓް ވެއްޓުން... ވީމާ މިދެޕާޓީގެ މެންބަރުން ފަރިތަވާނެ، ޖަލު ހައުސް ފުލްކުރިއަސް އޯކޭ، ނުކުންނާނެ، ނުކުމެގެންވާން އޮތީ.... މިފަރުވާނެ އަގަވަތަށް ވައްޓާލާ، ކުޅެކުޅޭ ފަސްގަޑަށް ހާޒިރުކުރަން.

    43
    11
  3. ނަސރު

    އެކަކު ނިކުތިއްޔާ މަނިކުންނާނަން. ހެޔޮ އުލުބޭނދިޔަސް. ކާޅަށްކޮށާ މަސްކާންދިނަސް. މިހާރު ކެތަވާވަރެއްނުވޭ.
    ކަރންޓްބިލްއެހާބޮޑު.
    ކާބޮތަކެތީގެއަގު އިންތިހާޔަށް ދަނީބޮޑުވަމުން.
    ރާއްޛެގައި މިއޮތް އިސްލާމްދީން ދަނީ ފޮހެވެމުން.
    މިކަނތައްތަކާ ވާހަކަދައްކާ ހަދާނެ ބަޔަކުނެތް. ކޮންމެލީޑަރަކުވެސް އުޅެނީ ތިމާޔާ ތިމާޔާ.

    25
    8
  4. ޢަބްދުﷲ

    ރައްޔިތުންގެ އަޑުއިއްވާނެ

    14
    1
  5. ދިވެހިދަރިން

    އަސްލުވެސް މަމީ ޕީޕީއެމް މީހެއްނޫން އެކަމަކު މަށަށްވީހާ ބަޔަކު ގޮވައިގެން ނިކުންނާނަން އިރާދަކުރެއްވިއްޔާ... ބޭނުމީ ފަށައިދޭނެ މީހެއް.... މަށައްވަންޏާ މިފަހަރުވެސް ހަމަ ވައްޓާލާނީ މަގުމަތިން

    18
    5
  6. ލަދުކުޑަ

    ކޮބާ އިލްޔާސްމެން

    11
    2