އަދުލުވެރި ވެރިކަމެއް ކޮށްދިނުމުގެ ނަމުގައި ވެރިކަމަށް އައި ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު ކުރަން ފަށައިފިއެވެ. ވެރިކަމަށް އައުމުގެ ކުރިން ދެއްކިހާ ވާހަކަތައް ފަރިއްސަވެ ނިމިއްޖެއެވެ.
ވެރިކަމަށް އައުމުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވިދާޅުވެފައިވަނީ މި ޤައުމުގައި އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. މަތިބަރު މި ސަރުކާރުން ކަންކަން ކުރަމުންދަނީ އާއިލީ މަސްލަހަތާ އަމިއްލަ މަންފާ އިސްކޮށްގެން ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރުމުގައި ސަބަބުތަކެއް އެބަހުއްޓެވެ.
19 ދިވެހި ދަރިންނާއި އެ އަބްތާލުންގެ އާއިލާތައް ބިކަ ކޮށްލައި ދިވެހި ޤައުމު ބޮޑު ނާމާން ކަމެއްގެ ތެރެއަށް ވައްޓާލި ލާއިންސާނީ އަނިޔާވެރި އަމަލުގެ އިސް މޭސްތެރިޔާ ބާޣީ ލުތުފީ ރައްޖެ ގެނައުމުގައި ސަރުކާރުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަން މިއަދު ދިވެހިންނަށް ހާމަ ވެއްޖެއެވެ. 2010 ވަނަ އަހަރުން ފެށިގެން ލަންކާގައި ފިލައިގެން އުޅޭ ބާޣީއަކަށް ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް މަތީ ފެންވަރުގެ ޚިދުމަތް ދެނީއެވެ. ރައްޔިތުންނަށް ސިއްރުން މިކަން ކުރަމުންދަނިކޮށް ފަޅާ އެރުމުން ސަރުކާރުގެ އެކި މުވައްސާތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި "ކޮސް" ގޮވަން ފެށިއެވެ. ސަރުކާރުގެ އެއް އިދާރާއަކުން ދައްކާ ވާހަކަ އަނެއް އިދާރާއަކުން ދައްކާ ވާހަކައާ ދިމައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރާ ގޮތުގައި ބާޣީ ލުތުފީގެ މައްސަލައިގައި ރައީސް ޞާލިހު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތަށްވުރެ އާއިލީ މަސްލަހަތެވެ.
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ބައެއް ވައުދުތަކަށް ނަޒަރު ހިންގަލަމާ ހިނގާށެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ކަރަންޓު އަގުހެޔޮކޮށް ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ކަރަންޓުގެ އަގު މިއިން ޒަމާނަކު ބޮޑު ނުވާވަރަށް މިހާރު ވަނީ ބޮޑުވެފައެވެ.
އެއްގަމު އުޅުނދު ޕާކު ކުރާނެތަނެއް ނުދައިކައި ސްޓިކާ ނުޖަހާނެ ކަމަށް ހަރު އަޑުން ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއްކަމަށް އެއްގަމު އުޅުނދުގައި ސްޓިކާ ޖެހުން ވެއްޖެއެވެ. ފުލުހުން ހާމަ ކުރައްވާ ތަފާސް ހިސާބު ތަކުން މިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް ހާމަ ވެއެވެ. ސްޓިކާ ޖެހުމުގައި ފުލުހުންގެ ވަރަށްވެސް ކުޅަދާނައެވެ.
ނިކަމެތި ރައްޔިތުންނަށް އަތް ފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވީ ވައުދަކީ ރައްޔިތުން ވަރަށް ބޮޑަށް ފާރަލައިގެން ތިބި ވައުދެކެވެ. އެހެން ނަމަވެސް ދާދިފަހުން ސަރުކާރުން އިއުލާންކުރި އަގުތަކުން ރައްޔިތުން މުޅިން މާޔޫސް ވެއްޖެއެވެ.
ސަރުކާރުގެ ވަޒީފާއިން މީހުން ވަކިކުރުމާއި ސަރުކާރުގެ މުވައްސަސާތަކުން ވަޒީފާ ދިނުމުގައިވެސް އެމްޑީޕީގެ އެކްޓިވިސްޓުންނާއި ވެރިންގެ ރައްޓެހިންނަށް ދިނުން އާންމު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިޔަ މެޖޯރިޓީއާއެކު ރައީސް ޞާލިހު ސަރުކާރު ހިންގަން އަމާޒު ހިފާފައިވަނީ އާއިލީ މަސްލަހަތު ހިމާޔަތްކޮށް ސިއްކަގޭ އާއިލާގެ މުށުތެރެއަށް މުޅިދައުލަތް ލުމަށް ކަމަށް ރައްޔިތުން ތުހުމަތު ކުރަނީ ސަކުރާރުގެ އަމަލްތައް ހުރި ގޮތުންނެވެ.
ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ރައްޔިތުންނަށް މިދަނީ ހާމަވަމުންނެވެ.
ކޮބާ އިޚުލާސްތެރިކަން ކޮބާ ޒީރޯ ޓޮލަރެންސް ކިތައް މީހުން ވަޒީފާއިން ވަކިކޮށްފި ޕާޓީ އަށް އަޅުދާސް ނުވާ މީހުންނަށް ނުވާތީ ކިތައް ފަރެސްމާތޮޑާދާއިރާގައި އަޅަމުންދާ އެއަރޕޯޓު އަޅާ ރަށްތަކުގައި ހުރި ރުއްތައް ފަރެސްއަވަށު ތައުފީޤާ މިނިސްޓަރ އަސްލަމާއި ދެމީހުން ވެގެން ރުއްތައް ގެނެސް ރިސޯޓްތަކަށް ވިއްކާ ހުސްކޮށްފި ރުކެއް 2000 ރުފިޔާ އަށް 5000 ރުށް މީ ތަ ޒީރޯ ޓޮލަރެންސް އަކީ އެމް.ޑީ.ޕީ ކުރީ ސަރުކާރުގައިވެސް އަސްލަމް ހުރި އެވަރަށްކައިފައި ހެހެ ތިވަރަށް ތެދުވެރިވެވޭނީ އިޚްލާސްތެރިވެސް ވެވޭނީ..
ސުންބާމެންނަށް މިހާރު އަންގާފަ އޮތީ ސަރުކާރާއި ދެކޮޅަށް ވާހަދައްކާ ނޫސްތަކާއި މީހުންނާއި ދިމާކޮށް އެމީހުންނަށް ފާރަލާއި ހިފާ ހައްޔަރުކުރުމަށް! ގޭންގްސްޓަރ ހަމީދު އެހެރީ ފުލުހުންގެ ކޮމާންޑުގައި!
ސަރުކާރުގެ އިޚުލާޞްތެރިކަމުގެ ފައިދާ އެއްމެ ހެޔޮގޮތުގައި، ފެންނާނީ، މުވައްޒަފުންނާއި، ރައްޔިތުންވެސް އިޚުލާޞްތެރިވެގެން. ޢަދުލު އިންޞާފަށް އިޙުތިރާމް ކޮށްގެން. އެހެންނޫނީ އެކަމެއް ނުފެންނާނެ.
ފަޅާއިރިޔަސް ބިރެއްނެތެވެ. މަޖިލީހާއި ޖުޑީޝަރީއާއި ވެރިމީހާގެ އެހީއޮތިއްޔާ ވާނެކަމެއް ނޯންނާނެއެވެ.
މިއީ ތަންދޮރު ނުދަންނަ ސަރުކާރެއް ގައުމު އަޑިއަޅައިލައިފި ދެންދާނީ ދުވަހަކަށްވުރެ ދުވަހެއް އިހުލާސްތެރިވަމުން.
ތި އުޅެނީ އަޅެފަހެ އަހުރެމެން ލައްވާ އަުގުރާނަ ގޮށްވަންތަ ބޮޑު ކިނބުލާ