ކުރީގެ ސަރުކާރު ބަދަލު ކުރުމަށް މިހާރުގެ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފެތުރި ޚަބަރުތަކުގެ ހަޤީޤަތް ހާމަވަމުންދާ ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން ޝާޢިއުކޮށްފައިވާ ޚަބަރެއް އާންމުކުރައްވާ ނިހާން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވެފައި ވަނީ، އެމްޑީޕީން އޭރު ފެތުރީ ދޮގު ހަބަރުތަކެއްކަން މިއަދު ހާމަވަމުންދާ ކަމަށެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާ ޗީފް އޮފް ޑިފެންސް ފޯސް އެގައުމުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާގެ އަސްކަރިއްޔާ ރާއްޖޭގައި ނެތް ކަމަށެވެ. އޭނާ މިގޮތަށް ވިދާޅުވެފައި ވާއިރު، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ކުރިން ވަނީ، ޗައިނާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަމުންދާ ކަމަށާއި، އެޤައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ރާއްޖޭގެ މިނިވަންކަން ގެއްލި ގޮސްފައިވާ ކަމަށް ބުނެ އަޑު ފަތުރާފައެވެ.

އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވަރަށް ގާތް ގުޅުމެއް ވަނީ ބިނާވެގެން ގޮސްފައެވެ. އެގުޅުމުގެ ތެރެއިން ރާއްޖޭގައި ޗައިނާގެ އެހީތެރިކަމާއެކު ތަރައްޤީގެ ގިނަ އަދި ބިޔަ މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ޕާޓީގެ އިސް ވެރިންނާއި އެނޫންވެސް ފަރާތްތަކުން ވަނީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ހީނަރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހަނީ

    ޕީޕީއެމް ސަރުކާރު ހުއްޓުނީ ގުންޑާ ޔާމީނަށާއި އޭނާގެ ފަހަތުގައި ތިބި ގަމާރުންނަށް ޕާޓީ ހިންގަން ނޭގުމުގެ ސަބަބުން. ދެން ކޮން ވާހަކައެއް ދައްކާކަތައް ތިތިބީ ހަމަ ރަނގަޅަށްވެސް އެއްކޮށް ފެއިލްވެފަ. މިހާރު އަޅުގަނޑުމެން މިގައުމުން ތި ޕާޓީ ފޮހެލައިފިން. ނިހާން ބުނަންތަ ވާހަކައެއް. ދެން ރަނގަޅު ވާނީ ކަލޭވެސް ތި ބޭކާރު ވާހަކަ ނުދައްކާ އަނގަ ލައްޕާލައިގެން ހުރިއްޔާ.އަދި ބުނަންތަ މިއީ އަހަރެމެންގެ ފަހަރު. ރީނދޫ ފަހަރު. ކިތަންމެ ވަރަކަށް ފެލުނަސް މިވެރިކަން ބަދަލެއް ނުކުރެވޭނެ. ދެން މިގޮތަށް ރޯލާ??????????????

    9
    52
    • މޫން

      ދިރާސާތަކުން ދައްކާ ގޮތުން ކަލޭމެން ރީނދޫ ކުދިންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބޭ ބައެއް. ކަލޭމެންނަކީ ކަމެއް ހާސިލު ކުރަން ބޭނުން ވެއްޖެއްޔާ، އެތަނެއްގަ ހެދިފައިއޮންނަ ގާނޫނަކަށް ގަވާއިދަކަށް އުސޫލަކަށް ބެލުމެއްނެތި ޖަންގަލީ ވަލުޖަނަވާރުންގެ ދަރަޖައަށް ވެއްޓޭ ބައެއް.

      40
      2
    • ބޮނީ

      އޯހަނީ ސޯސްވީޓް... އެކަމަކުބުނަން ތިޔަހުރީ ވެރިކަންދެއްވަނީ އަދިއެކަންއަނބުރާގެންދަވަނީ ކޮންފަރާތަކުންކަން ހަނދުމަނެތިފަ. މާފުއްޕާފަ ބޮޑާވެގަތުމީއެންމެފައްސޭހައިން ފުރާޅުމަތިން މަގުމައްޗަށްވެސްފަހަރުގަ ވެރިކަންވެއްޓި އަތްފައި ބިނދިދާނެކަމެއް. އެހެންވީމަ ނުފުއްޕާ ރީތިނަލަދުވެލީގަ ގައުމުނުހިގާފިނަމަ ވައްޓާލަންދާންވާނެ އޯކޭ ކެކެކް

      7
      3
  2. ނަސީބު

    އެމްޑީޕީގެ މުނާފިގުކަން އެނގުނު ދުވަހުން ފެށިގެން އެމްޑީޕީއަށް ތާއީދު ކުރުން ހުއްޓާލައިފިން. އެހާ ފަސޭހައިން އެކަން ކުރެވުނު ސަބަބަކީ ޒަމާނުއްސުރެ އެމްޑީޕީން ރައްޔިތުންނަށް ކާންދެމުން ގެންދާ ސިހުރު ބޮނޑިބަތް ނުކައި ހުރެވުމުގެ ސަބަބުން. އަދި ހިތުގެ އެދުންތަކާ ދެކޮޅަށް ބުއްދި އިސްކޮށް އަމިއްލައަށް ކަމުގެ ހަގީގަތް އޮޅުން ފިލުވުމުގެ ސަބަބުން.

    43
    3
    • ލަލަލާ

      ދޮންކޭލުގެ އަގު ވަރަށް ދަށްވެއްޖެ......

      2
      16
  3. އަލްޖިބްރާ

    މިހާރު ކަލޭ އަދި އުމަރު ނަސީރު ކަހަލަ ބޯގޮވާފަ ތިބޭ މީހުން ދައްކާ ވާހަކަ ޤަބޫލު ކުރާނެ ބަޔަކުނެތް ! ތިތިބީ ބާކީކޮށްފަ !

    8
    42
    • ދޮންބެ

      އުމަރު ނަސީރަށްވުރެ ހޭޖެހޭ ވާހަކަ ދައްކާ ސިޔާސީ މީހަކު މިހާރު މިގައުމަކުނެތް. ނިކަން އަލްޖިބްރާ ބޭނުންކޮށްގެން ހިސާބެއް ހަދާލަބަލަ މިބުނީ ދޮގު ވާހަކައެއްތޯ ބަލާލަން؟

      36
      3
    • އަލްކޯބުރާ

      މެޖޯރިޓީ މީހުންގެ ބޮލުގައި ސިކުނޑި ނެތުމަކީ އެކަމުގައި އުމަރު ނަސީރު ކުށްވެރިވާނެ ކަމެއް ނޫނެވެ.

  4. އަލްޖިބްރާ

    އާއްމުންނަށް އޮޅުވާލަން ދަރުމަވަންތަ ހޮސްޕިޓަލް ހަދަން ކަލޭމެން ނިންމި އަގުވެސް ފަޅާ އަރުވާލީ ހަމަ އެމް.ޑީ.ޕީ އިން !

    8
    36
    • ދޮންބެ

      ޗައިނާ ސަފީރު ޓުވިޓާ މެދުވެރިކޮށް މަޖިލީހުގެ ރައީސަށް ކޮން ރައްދެކޯ މިދެނީ؟ އޭގެ ހަގީގަތެއް ބަލާލަދީބަލަ އަލްޖިބްރާ ބޭނުންކޮށްގެން.

      21
      9
  5. އަލްޖިބްރާ

    މާލެ ، އެއަރޕޯޓް ، ހުޅުމާލެ ގުޅުވަން ހެދި ބްރިޖް ގެ ކުރެހުމާއި އެއްގޮތަށް އެކަން ނުކޮށް ބްރިޖް ހަނިކޮށްފަ އެ ހަނިކުރިބަޔަށް ޖެހޭ ފައިސާ ކާލީވެސް ކަލޭމެން ނޭ ބުނާކަށް ނުކެރުނު ދޯ ! އެފައިސާތައް ތަޅާބޭޅީ ކަލޭމެން ވެރިކަމުގައި ތިބެން ކެމްޕޭނުކުރުމަށް ކަމަށްވެސް މިހާރު އެގޭ ! އަދިވެސް ނިހާނުމެން އަގަތަޅާތި !

    7
    30
  6. އަލްޖިބްރާ

    ނިހާނަށް ތިއުޅޭނީ ތަންދޮރު އޮޅިގެން ! ޔާމީނުގެ ވެރިކަން ބަދަލު ކުރީ އެމް.ޑީ.ޕީ އިންނެއް ނޫން ! ވެރިކަން ބަދަލު ކުރީ ދިވެހިރައްޔިތުން ! ޔާމީނުގެ ވެރިކަމުގައި މި ދިވެހި ރާއްޖޭގެ އިސްލާމީ ޝަރީއަތުގެ ތެރެއަށް އަތްބާނާ މުޅި ޝަރުޢީ ނިޒާމް ޔާމީނުގެ ބާރުގެދަށަށް ގެނެސް އޭނާ ބޭނުންވާހާ ގޮތަކަށް ކަންތަށް ކުރަމުން ދިއުމުން ރާއްޖޭގައި އިންސާފު ގެއްލި ހުރިހާކަމެއް ނުހައްޤުން ކުރާތަން ބަލާކަށް ދިވެހިން ނުތިބޭނަކަން އެވަނީ އަންގާފަ ! ކަލޭމެން ދޮގު ޚަބަރުތަށް ފަތުރަނީ އެއީ ކޮންކަމެއް ގެ ބޭނުމުގައި ކަން މިހާރު އެންމެންވެސް ދަނޭ !

    7
    29
    • ދޮންބެ

      އަލްޖިބްރާއަށްވެސް ތިއުޅެނީ އޮޅިގެން، 7ފެބް 2012ގައި ބަޣާވާތަކުން ވެރިކަން ވައްޓާލީކީނޫން، އަންނި ނަސީދު ވެރިކަމުން އިސްތިއުފާދިނީ، އަދި ރައްޔިތުންގެ ލާރިގަނޑު ދަވާލީ ޔާމީނެއްވެސް ނޫން. އަންނި ނަސީދު އެޅުވި ކަތުރު ފަންޏެއް އެލާރިގަނޑު ކާލީ. އެހެންވީމާ ފަނި އެޅުވިމީހާ ޒިންމާ ނަގަން ޖެހޭނެ.

      24
      2
  7. ރައްޔިތު ކޯޓު

    ކޮންމެ ތަނެއްގެ މީހަކަސް މުސްލިމެއްވިއްޔާ އަނިޔާކުރަމުން އެދަނީ... ރާއްޖޭގަ ކުށަކާނުލައި ހައްޔަރު ކޮއްފަ އެހެރަ ޔަމަނުގެ މުދައްރިސް ޔާސިރު ހައްޔަރު ކުރީ ދުނިޔެ ފަސާދަކުރަމުން ދުވާ ސައުދީގެ ދަރި މުޙައްމަދު ބިން ސަލުމާނުގެ ހިތްރުއްސުމަށެވެ.

    12
    1
  8. އިބުރާހީމޫ

    ނިހާނޫ،، ޖަސްޓް ފޮގެޓްއިޓް...ޔާނު ޤައުމެށްނުހިންގާ.. އޭރުބައިތުލްމާލު ބޭރަށްހިންގީ....ޤައުމުހިންގީކީނޫން...ޤައުމުދަރަނިކުރުވީ، ދިވެހިން އެއަށްވުރެރޯފިލާތީއިލެކްޝަނުގަ ޔާނުބޮޑުތަނުންބަލިކޮށް ބޭރުކޯށްލީ.....ޔާނުކުރިކަމަކީ ލޯނުތައްނަގާ އޭގެންބޮޑުބައިޖީބަށްލާ ފޭރި ބައިތުލްމާލު ލޫޓުއަރުވާލީ...ހިފާހައްޔަރުކުރޭ

    4
    24
  9. ނައިބުތުއްތު

    ރައްޔިތުން ރޯފިލާތިބިނަމަ މިކަން މިމަގުން ހިގާކަށް ފުރުޞަތެއް ނުލިބުނީސް.

    18
    1
  10. އިހުސާނާ

    ބަލަނގަ ނިހާނޫ ރާއްޖޭގެ ވެރިކަން އެހެން ބަޔަކާ ދިވެހިން ބޮނޑު ތަނުން ހަވާލުކުރީ، ބަޔަކު ރާއްޖޭގެ އިސްތިޤްލާލު ދުއްވާލާ، ރާންޖޭގައި ޗައިނާގެ އަސްކަރިއްޔާ އެއް އަޅަނއިގެންތަ؟ ކިހިނެއް ވެފައިތަ ނިނހާނު އެނހެރަ ފެންނަނީކީ؟

    3
    18
  11. ދެރަކަލޯ

    އެމްޑީޕީ ސަރުކާރު ބަދަލުކުރަން ނިހާނުމެން ހޭވިހަޑި ކޮބާ ސަރުކާރަށް އައިސް ހިންގި މުޑްދާރު
    ކަންކަމުގެވާހަކަ ދައްކަން ވެތްޖިއްޔާ ބަޔަކު ހަލާކު ވާނެ މިސާލަކަށް މެޑަމުގެ ހިތާނުކުރުން

    1
    4
  12. ދެރަކަލޯ

    ރައްޔިތުން ތިބީ ރޯފިލާފަ 96000 މީހުން ތިބީ ގަބުއަރާފަ ކޮސްހާވާފަ

  13. ޢަފްލާ

    ތެދެއް ކެނެރީ ގުންޑާ ވެސް ގައުމު ހިންގަން ނޭނގުމުން އިސްތިއުފާ ދިނީ ނުން މިމީހުން ހީކުރާނީ ހަމަ އެހެން ކަމައް އެކަމް ވޯޓުން ވައްކަން ކުރިކަން ެއެނގޭ ދޯ ރިންގް ޝަރީފް ވޯޓް އޮޅުވާލި ކަން މައްސަލަ ބެލިނަމަ ތާ އެއްޗެއް އެނގި ސާބިތު ވާނީ

    3
    2
  14. އަލްޖިބްރާ

    ނިހާނޫ ! މިހާރު ވެރިކަމަށް ވޯޓެއް ނެގިއަސް ޔާމީނު ދާނީ ހަމަ ފުލުން ! މީ ޔަޤީން ކަމެއް !