ސަންގު ޓީވީ އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން، ސަންގު ޓީވީ ޖޫރިމަނާ ކޮށްފައިވާކަން އެ ޓީވީ ސްޓޭޝަނަށް އަންގާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ ކޮމިޝަނުން ސަންގު ޓީވީ ޖޫރިމަނާކުރީ، އެ ސްޓޭޝަންގެ މައްސަލައެއް ބެލުމަށްފަހުއެވެ.
ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ، އެ ސްޓޭޝަން ޖޫރިމަނާކޮށްފައި ވަނީ، "ތިމަނަފުށީގެ ދާއިރާގެ މެންބަރު ގުޅިފައިވާ ޖަލްސާ އެއްގައި ވިދާޅުވި "ވައްކަން ނޫން ކަމެއް މިސަރުކާރުން ތައާރަފް ކޮށްދިފައިއެއް ނުވޭ" އެ ބައި ސަންގު ޓީވީން ގެނެސްދިނުމާ ގުޅިގެން ކަމަށެވެ.
އަދި ބްރޯޑްކޮމް އިން އެ ސްޓޭޝަނަށް އަންގާފައި ވަނީ، އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ކުރިން ރޭގަނޑު 8:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި ސަންގު ޓީވީގެ އޮންއެއާގައި މައާފަށް އެދި ބަޔާނެއް ގެނައުމަށް އަންގާފައިވާކަަމަށްވެސް އަސްވާޑް ވިދާޅުވިއެވެ.
ސަންގު ޓީވީއަށް އަންގާފައި ވަނީ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެއް މިލިއަނުން ކުރަންވީ
އެއް ބިލިއަނުން ކުރަންވީ.
މަދީ ކުރިވަރު. 1 މިލިއަނުން ފެށިގެން މަތިން ޖޫރިމަނާ ކުރަން ފެނޭ
ޢަލްހަމްދުﷲ ދޭތެރެޖައްސާފިތުނަފަސާދަ އުފައްދާ މީހުނަށް ވާނެގޮްތިވީ
ތިޔައީ މަކަރާ ޙީލަތުން ، އަދީބު އުފެއްދި ، ކާލިގަނޑުޓީވީގެ ބަޔެކެވެ. ބޭރުފުށް އޮމާންކޮށް އަދީބު ސަރުކާރާދެކޮޅަށް ތިޔަ ޓީވީ ހަދައިގެން ، އޭރު ކާލިގަނޑުޓީވީން ސަރުކާރާ ދެކޮޅަށް ލައިވްކުރާ ހުރިހާ އެއްޗެއް ސަންގުޓީވީގެ އެއްކަނަކުން ދެއްކިއެވެ. އަދި ކާލިގަނޑުޓީވީގެ ޕްރެޒެންޓަރުން ސަންގްޓީވީގައި ޕްރެޒެންޓްކުރަމުންވެސް ދިޔައެވެ. އޭރު ސަރުކަރާދެކޮޅަށް އަދީބު ކަންތައްގަނޑެއް އެބަ ހިންގާކަން ސަރުކާރަށް ރޭކާވެސް ނުލައެވެ. އަހުރެމެން މާ މޮޅުނޫނަސް އޭރުވެސް އެގުނެވެ. ދުވަސްތަކެއް ނުގޮސް އަދީބުގެ މަކަރު ބޭޒާރުވެ އޭނަ ޖަލަށްލެވުނެވެ.
ބްރޮޑްކާސްޓިން ކޮމިސަން ، ހާދަ މުއްސަނދި ވާނެޔޭ މިހާރު
ވަރަށް ބޭއަދަބީ ބަޔެއް، އެއްލައްކަވެސް ކުޑައީ، ޖުރުމާނާ ކުރަންވިތާ ކިތަންމެ ދުވަހެއް، ތި ޗެނަލް ބަންދުވެސް ކުރަންޖެހޭ
ވ ބަރާބަރު
ރަގަޅު ތިހެންވާންޖެހޭނެ
އަލްޙަމްދު ލިﷲ.
ފންޑުފޮއްޓެއް އަވަހްއް ހުޅުވާ
ތިހެދީރަނގަޅުގޮތެއް މިހާރުވިސްނޭނެ މަވަރުބަޔަކުނެތިގެން އުޅޭބަޔަކައް ވާނީތިހެން