1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދައި ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބާއްވަން އުޅޭ އެއްވުން ކާނިވާ ސަރަހައްދުގައި ބާއްވަން ޕްލޭނިންގް މިނިސްޓްރީން މިއަދު ހުއްދަ ދީފިއެވެ.

މި އެއްވުން ކުރިން ބާއްވަން ނިންމީ ހުކުރު ދުވަހުގެ ރޭގައެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރު ކުރިއަށްދާތީ މާދަމާ ރޭ އެ ސަރަހައްދު ދެވެން ނެތް ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ އަންގާފައެވެ.

ޕްލޭނިންގް މިނިސްޓްރީން މިއަދު އުމަރަށް ފޮނުވި ސިޓީގައި ވަނީ އެއްވުން ބާއްވާ ސަރަހައްދުގައި ހިންގާ ހަމަނުޖެހުމެެއްގެ ފުރިހަމަ ޒިންމާ ނަގާ ގޮތަށް އެތަން އަންނަ ބުރާސްފަތި ދުވަހު ދޫކުރާނެ ކަމަށެވެ.

އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއްވުން މިމަހު 18 ވަނަ ދުވަހު ބޭއްވުމަށް މައްސަކަތް ކުރަމުންދާކަމަށެވެ.

ލުތުފީ މިހާރު މާލެ ގެނެސްފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ލުތުފީ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިހާރު ގުނަމުންދާ ކަމަށެވެ.

ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ.

ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.

ސަރުކާރުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ނޫރު

  ޑިމޮކްރެސީގަ ވަކި ޚިޔާލް ފާޅުކޮށް އެއްވާން ހުއްދައެއް ނަގަންޖެހޭތޯ، މިސަރުކާރުގެ ރަސްގެފާނު ވިދާޅުވި، އަހަރަމެންގެ ވެރިކަމުގަ ކުރީގަ އުސޫލު އުވާލާ ނަމޭ، ބަޓް ވީ ޚޮދު މުޚުތާރު، ޒުވާނުންނޭވެ... ޑިމޮކްރެސީ ހަރުދަނާ ކުރެވޭނީ ޑިކްޓޭޓަރުންނަށް ދޫނުދިނުން... މިހާރު މިއޮތް އާއިލީ ޖައްބާރުވެރިކަން ނެތިކުރަންޖެހޭ....

  12
  2
  • ދީމުކުރާތީ

   ހެހެހެހެ.. އަމިއްލަޔަށް ބޮނޑިބޮއެގެންތިތިބީ! ސަޅިއެއްވެ އުޅުމުގެ ޤާނޫނެއްދޯ!!!! ޕަކާކާކާސްސްސް

 2. ފަހަރެ

  ސަަަބަހެުުުުުުުުުުުުުަުަުމަރަ

  5
  1
 3. މުހައްމަދު

  މި އެއްވުން ބޭއްވުމުގެ ކުރިން މި އުމަރު އެބަޖެހޭ ހައްޔަރު ކުރަން ، މީ މުޖުތަމައަށް ނުރައްކާތެރި މީހެއް

  6
  15
 4. އީސީ ސަރީފޫ

  މިހާރު މިޤަޢުމުގަ ވޯޓެއްނެގިޔަސް އުމަރަށްވުރެ ގިނައިން ލުތުފީއަށް ވޯޓުލިބޭނެކަމީ މުޖައްރިބުކަމެއް

  5
  9
 5. ދޮންހުސޭން

  ތަނުގަހިނގާ ހުރިިހާކަމެއްގެ ޒިންމާނަގަންވާނެއޭކިޔާފަ ތިޔައުޅެނީ ނުބައެއްހަދަންތަ ކުރިއައްވުރެން މިފަހަރު އިރާދަކުރެއްވިއްޔާ އަވަސްވާނެކަންހަނދާންކުރާތި

  7
  1
 6. ކަނހަނބު

  އެއީކޮންލުތުފީއަކައްބާ އެއީ ޢައްދާރު ޚާއިނު 19ޝަހީދުންގެޤާތިލް ބާޢީލުތުފީއައްބާ

  3
  1
  • ވެލާ

   ރަނގަޅުވާހަކައެއް، ބާޢީލުތުފީއަށް ގިނަވޯޓުލިބޭނެޔޭ ބާޢީ އުމަރަށްވުރެ

   2
   1
 7. ސަޓޯ

  ހުއްދަނުދީ ކޮންތާކައްދާނީ.. ނުދިންނަމަ އަންނި ތަޅާ ތިރިގަންނަވާލާނަން ވިއްޔަ.. ބިރުން އެދިނީ...

 8. ސޮއްބެ މާލެ

  ޕްލޭނިންގް މިނިސްޓްރީން މިއަދު އުމަރަށް ފޮނުވި ސިޓީގައި ވަނީ އެއްވުން ބާއްވާ ސަރަހައްދުގައި ހިންގާ ހަމަނުޖެހުމެެއްގެ ފުރިހަމަ ޒިންމާ ނަގާ ގޮތަށް ޔޯލަޔޯ.. ކަލޯމެން ބަލާތި ބާގީ އަންނި ގެންގުޅޭ ކުލީ ތަޅާކުދިން އެތަނައްގޮސް ފަނިހަދާނެ... ހަޖަމެއް ނުވާނެވިއްޔަ