ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ޖެހިޖެހިގެން ދެމަހު ރާއްޖޭގެ އިމްޕޯޓްދަށްވެ، އިޤުތިޞާދީ ދުވެލި މަޑުޖެހިފައިވާތީ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
"ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދުވަހެއް ދުވަހަކަށް ދަށަށް. ރާއްޖޭގައި މިވަގުތު އުފެދިފައިވާ ވިޔަފާރީގެ ނިޒާމަކީ ވަރަށް ހަނި އަދި ޖުމްލަ ގޮތެއްގައި ކުޑަ ވިޔަފާރި ވެއްޓެއް. މިފަދަ އިޤުތިޞާދެއް ފުޅާވާނެ ފުރުސަތު އުފަން ކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކަންމިގެން އޮވެ ހަމައެކަނި ފަތުރުވެރިކަމަށް މުޅި ގައުމު ބަރޯސާ ވުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.
"2013-2018 އަށް "އިކޮނަމިކް ޓްރާންސްޕޮމޭޝަން އިނީޝިއޭޓިވް" ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވީ މިބިރުވެރިކަން ނިމުމަކަށް ގެނެސް ރާއްޖެ ތަރައްޤީ ކުރަން." ސައީދު ވިދާޅުވިއެވެ.
ކަސްޓަމްސް އިން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ މުދަލާއި، ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް ވަނީ މަދުވެފައެވެ.
ކަސްޓަމްސް އިން ވިދާޅުވީ ފާއިތުވި ޖޫން މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
އާސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު އަދި އެއްވެސް ބޮޑު މަޝްރޫޢެއްގެ މަސައްކަތެއް ނުފަށައެވެ. ސަރުކާރުގެ ސްޕީޑް މާލަސްކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހިގުން ދަށައްދާނީ ޔާމީން އެކައުންޓަށް ފައިސާ ވަންނަންޔާދޯ !
ކަލޭމެން ޔާމީނު ގިރައިގެން ބޮއެލަންވީނުން، ޔާމީނުކަހެރުވަކޭ ކިޔާނެކަމެއްނެތް، މިހާރު މިއޮތީ ކަލޭމެންގެ ވެރިކަން، އިތުރުބަހަނާ ނުދައްކާ ކަލޭމެންޖެހޭނީ ކަންކަންކުރަން، ޔާމީނު ވެރިކަމަށް އައިއިރު ގައުމު އޮތީ އެތައްބިލިއަން ރުފިޔާއަށް ދަރުވާލާފަ، އެމަނިކުފާނުގެ ޙިކުމަތު ޢަމަލުގެ ސަބަބުން ފަސްއަހަރުތެރޭ ގައުމު އާރާސްތުކުރެއްވި، މިކަމުގެ ހަސަދަ ތިފިލުވަނީ، ކަލޭމެންނަށް އެމަނިކުފާނާ ޗެލެންޖް ނުކުރެވޭނެ. މިފަސްއަހަރު ނިމޭނީ ކައިގެންނޭ ފުރާނީ، ނުކައި ނުފުރާނަމޭ، މިހެންކިޔަކިޔާ ތިއްބާ.
ހިސާބަށްތުރެ ހަޔާތްކުޑަވީމާ ވަަނެގޮތަކީ ފައިދާއެއްވިޔަސް ގެއްލުމެއްވިޔަސް ތަލާނީހުސްއަނގަ. އަދިވަކިވަރަކަށްތުރެ ޖާހިލުވީމަ ވާނީއަމިއްލައެދުންބޮޑު. ޜ ޔާމީން އޭކިޔާފަ އަނގަތަޅަނީއެހެންވެ. ތިޔަބުނާހެންމިރީންދޫބައިގަނޑުމިއުޅެނީ ރ ޔާމީންރޮލާކާލަންނުލިބިގެން. ބޭނުމަކީ ރައްޔިތުންނައްކަމެއްކޮށް ނުދެވުނުތާ އެކަންކަން ފޫބައްދާ ރައްޔިތުންނާ ބޮލުންކުޅުން.
ގައުމައް ލާރިގިނައިން ވައްދައިގެންނޫންތޯ ލާރިގަނޑެއް އެކައުންޓައް ކަހާލެވޭނީވެސް. މިސަރުކާރައް އެއްކަމެއްވެސް ނުކުރެވުނު.. ގައުމައް ލާރިއެއްވެސއ ވައްދާނުލެވުނު.. އެކައުންޓައް ލާރިވައްދައްދަނަ ނިދަނީ ވަގު ވަގައް ބޭރުގައުމުތަކުގެ މަހުޖަނުންގާތައް.. ގޮސްގެންވެސް ލިބެނީ ހަޔެއްކަ ރުފިޔާ އެވެސް ޖީބައްލައިގެން އެތެރެކޮއްލަނީ.
މިރާއްޖޭގެ މަޖްލީހުގެ މެމްބަރުން ނާއި ސްޕެޝަލީ ދަ ރާއްޖެތެރޭން ހޮވިފައިވާ އެމްޕީން ނާއި ދަ ރާއްޖެތެރޭ އެމެން ދާއިރާގެ ރައްޔިތުން މަޖްލީހުގެ މެމްބަރުން ބޭނުން ކުރާ ގޮތުން މަމެންނަށް ދޭހަވަނީ އެއީ ދެކަނުން މަގުމަތީގައި ހިނގާފައި ދަނީ އެކަކު އަތުގައި އަނެކަކު ހިފައިގެން މަގުމަތި ކޮނެފައި އޮތްވާ ދެން ދެކަނުން ވެސް ވަޅު ގަނޑަށް ވެއްްޓި ދެ މީހުން ވެސް ހަލާކޭ ވަނީ ވެން ދަ ބްލައިންޑް ލީޑްސް ދަ ބްލައިންޑް ބޯތް ޝެލް ފޯލް އިންޓް ދަ ޑިޗް....
ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވެވަޑައިގަންނަވާ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންނަށް ނުވިސްނުނޭ ތިޔާ ހޮޅު އަށި ތިނަދޫ ގައި ބާއްވަން ޖެހޭ ކަމެއް މަސްވެރިކަން އިންޑަސްޓްރިއަލް ލެވެލް ގައި ކުރަން ބޭނުން ނަމަ ސަރުކާރުން ފެލިވަރު ފިޝް ކޭނިންގް ފެކްޓަރީ ބަދަލު ކުރަންވީ މާލެ އަތޮޅު ގާފަރަށް އަދި ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެރަށުގެ އެންމެން ބާލަންވީ އޭ މާލެ ސަރަހައްދަށް ދެން އެހިއްކި ބިން ތައް މާލެއޭރިއާގެ ވިޔަފާރިވެރިންނަށް
ބޮޑެތި މަސްރޫއު ތައްހިންގައިގެން ދަރަނި ވެރިވުންތޯ ކުރިއެރުމަކީ، މަސްރޫއު ހިންގަން ނަގާލޯނުގެ އެއްބައިން ބައި އަޅާލާފަ، މިނޫންގޮތަކައް ޔާމީނު ވެސް އަދި މިހާރުވެސް ކަމެއް ހިންގިފަ އެބައޮތްތޯ؟
މި އަހަރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާއިރު 4 ލައްކަ މީހުން އެބަތިއްބޭ ވަޒީފާ ނެތިފައި އެކަމަކު ރިސޯރޓްސް ތަކުގައި މުޅިން ވެސް ބޭރު މީހުން މިކަމަށް ހައްލެއް ގެންނަން ސަރުކާރު ވަނީ ނުކުޅެދިފައޭ މިހާރުވެސް ރިސޯރޓްސް ތަކުން ގާނޫނާއި ޚިލާފަށް ރިސޯރޓްގެ ވަޒީފާ ތައް ބޭރު މީހުންނަށް ދެމުން ދާއިރު އެމެންނަށް ދާއިމީ ވާރކް ވިސާ ދެނީ އެއީ އިކޮނޮމިކް މިނިސްޓްރީން ނޫންތޭ މީ ކޮރަޕްޝަން ނޫން ދެންކޯއްޗެއްތޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ވަަރަށް ބޮޑަށް ނުރައްކަލޭ...
ބޮޑެތި މަޝްރޫޢު ތައް ހިންގުމަކީ ވައްކަން ކުރުމާއި ރާއްޖޭގެ ރައްތަށް ބޭރުމީހުނަށް ވިއްކުމާއި ރައްޔިތުންގެ ބައިތުލްމާލު ދަވާލުން ކަމުގައި ވަނީނަމަ ވާނީ ހަމަ ތިބުނި ގޮތަށް ! އެއީ ކަލޭމެންގެ ބާރު އޮތް އިރު ކަންކުރި ގޮތް !