ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓު ނައްތާލައިފިއެވެ.

ކަސްޓަމަސް އިން މިތަކެތި ނައްތާލާފައިވަނީ 10 ޖުލައި 2019 ވަނަ ދުވަހު ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

އެ އިދާރާއިން އިއްޔެ ނައްތާލި ތަކެތީތެ ތެރޭގައި 30 ކިލޯގެ އޫރުމަސް، 465 ލީޓަރު ބަނގުރާ، 8000 ސިގިރެޓް ހިމެނެއެވެ.

މީގެ އިތުރުން ޖުލައި ހަތަރު ވަނަ ދުވަހުގައިވެސް ގިނަ އަދަދެއްގެ ބަނގުރަލާއި ސިނގިރޭޓު ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ވަނީ ނައްތާލެވިފައެވެ.

އެ ދުވަހު ނައްތާލާފައިވަނީ، 20871 ފުޅީގެ ބަނގުރަލާއި، 27 ޕެކެޓްގެ ރާގެ އިތުރުން، 4279 ދަޅުގެ ބަނގުރާއެވެ. އަދި 764.53 ބަރުދަނުގައި ހުރި ފުންފަތާއި، 2865 ސިގިރެޓް ފޮއްޓާއި، 3241 ސިގިރޭޓް ކާޓޫނެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.