މާދަމާ އޮންނަ ބާ ކައުންސިލްގެ އިންތިޚާބުގައި އެކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު ގެންނަން އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ތާއިދުކޮށްފިއެވެ.
އަދުރޭ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް އެންމެ ގާބިލް ބޭފުޅަކީ އުސްތާޛް މައުމޫން ހަމީދު ކަމަށެވެ.
Bar Council ge Raees kamah enme gaabil beyfulhakee Uz. Maumoon Hameed. pic.twitter.com/NWtw3icdXV
— Abdul Raheem Abdulla (@Banafsaa) July 12, 2019
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މައުމޫން ހަމީދު ވާދަކުރެއްވިއެވެ. ނަމަވެސް ޔާމީންގެ ތާއީދު ފަހުވަގުތު ނުލިބުމުން އޭނާގެ ނަން އެފަހަރު މަޖިލީހުން ފާހެއް ނުވިއެވެ. އޭގެފަހުން މައުމޫން ހަމީދު ފާހަގަކުރެވުނީ އޭނާގެ ބޮޑުބޭބެ، ޔާމީންގެ ސިޔާސަތުތަކާއި ދެކޮޅަށް ވަރަށް ފާޅުގައި އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގައެވެ.
މައުމޫން ހަމީދުގެ އިތުރުން ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެވެ.
ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ބިލްގެ ދަށުން އެކުލަވާލާ ކައުންސިލެކެވެ. ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުން ތިބޭނެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލް އެކުލަވާލުމުން ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަކީ ބާ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޤާނޫނީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ޤާނޫނީ ޚިދުމަތްތަކަށް ފާރަވެރިވެ، މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުމަކީ ވެސް އެކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
ތިދެން ނުހޮވުނީ.!
ތީ ދެން ގެރެންޓީވީ ތީ 100000 ވޯޓް
ޔާމީންގެ ކަރުގައި ހިފައިފަ ހުރި މީހަކަސް ހެޔޮތަ އަދުރޭ؟
އަދުރޭ އަކީ ގާނޫނީވަކީލެއްތޯ؟ އަދުރޭގެ ތާއީދު އޮތްތޯ ނެތްތޯ މިކަމުގައި ނުވެސް ބަލާނެ. ނޫސްތަކުގެ ސުރުޚީން ނުފެންނާތީ ސުރުޚީއެއް އަޅާލީދޯ؟ މުސްކުޅިން ބުނޭ ތިމާއާ ނުބެހޭކަމެއްގައި ކާޅު ކެއަސް ސޮއްނުގޮވާށޭ.
ބާކައުންސިލްގެ ރާއީސްކަން، އުއްތަމަ ފަނޑިޔާރުކަން، އޭސީސީގެ ރައީސްކަން، ކަރުތާފަތުގެ މައްސަލަބަލާ ކޮމިޝަންގެ ރައީސްކަން ހުސްނުއްސޫދަށް ހަމަޖައްސާށެވެ. އޭރުން ހުރިހާ ކަމެއް އިސްލާޙުވީއެވެ.
ރަހީމުބޭ ކަލޭތީ ކާކުތަ ؟