އިތުރު 1500 އަށްވުރެ ގިނަ ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުންފުނިތައް އުވާލުމަށް މިހާރު ޢަމަލުކުރަމުންދާ ޤަވާއިދުގެ ތެރެއިން މިފަހަރު އިއުލާންކޮށްފައިވަނީ 2002 އިން 2006 ގެ ނިޔަލަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކެވެ.

އިކޮނޮ،މިކް މިނިސްޓްރީން ބުނީ އުވާލުމަށް ކަނޑައަޅާފައިވާ 1597 ކުންފުނި ގެޒެޓުގައި ޝާޢިރުކޮށްފައިވާނެ ކަމަށެވެ.

އުވާލަން ނިންމައި ނަން އާންމުކޮށްފައިވާ ކުންފުނިތައް އަލުން ހިންގަން އެދޭނަމަ އަންނަ އޮގަސްޓް މަހުގެ ހަތަރު ދުވަހުގެ ކުރީން، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް ކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ދުވަހުގެ ނިޔަލަށް، އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ މައްޗަށް ދަރަންޏެއް އޮތްނަމަ އެކަންވެސް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.