އިދިކޮޅު ފަރާތްތަކުން ކުރާ މައްސައްކަތުގެ ކުރީ ސަފަށް ޒުވާނުން އަރަންޖެހޭ ކަމަށް ވިދާޅުވެ ޒުވާނުންގެ އެހީތެރިކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) މިރޭ އެދިވަޑައިގެންފިއެވެ.

ދިގު މެދުކެޑުމަކަށް ފަހު މިރޭ ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބާއްވަމުންދާ ޖަލްސާ ގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެބޭފުޅުން ކުރާ މަސައްކަތުގެ ކުރީ ސަފަށް ޒުވާނުން އަރަންޖެހޭ ކަމަށާއި މި މަސައްކަތް ނިންމަން ޖެހޭ ކަމުގެ އިތުރު އުންމީދު ތަކެއް ލިބިއްޖެކަމަށެވެ.

"އަޅުގަނޑުމެން މިއަދުވެސް ކުރަންވީ ކަމަކީ އަދި މާދަމާ ވެސް ކުރަންވީ ކަމަކީ އިއްޔެވެސް އަޅުގަނޑުމެން ކުރި ކަންތައް ރައީސް ޔާމީން ވެރިކަމުން ބާލަންވީ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައާއި ވައްކަމުގެ ވާހަކަ ދައްކާއިރުގައި އައިޖީއެމްއެޗްގެ އިމާރާތުގެ ވާހަކަ އަދިވެސް ދައްކާނެ ކަމަށެވެ.

"52 މިލިއަން ޑޮލަރުން ހެދޭތަނެއް 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ އިމާރާތް ކުރީމަ އެވާހަކަ ރައްޔިތުން ދައްކަން ޖެހޭނެ" އިބޫ ވިދާޅުވިއެވެ.

މިއަދު ޒުވާނުން ކުރިއަށް ނިކުންނަން އެބަ ޖެހޭ ކަމަށާއި ޒުވާނުން ހިއްވަރު ލިބި ގަންނަން ޖެހޭނީ މެންބަރު މަހުލޫފު ފަދަ ބޭފުޅުންގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޖަލުން މި ނުކުތީ 12 ދުވަސް ޖަލުގައި ހޭދަ ކުރުމަށް ފަހު އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރި އަޅުގަނޑުގެ ވަކީލުންނަށް ޝުކުރު އަދާ ކުރަން އަދި އަޅުގަނޑުމެން ހިއްވަރު ލިބިގަންނަން ޖެހޭނީ ރައީސް މައުމޫން ޝެއިހް އިމްރާން ކުރީގެ ރައީސް ނަޝީދު އަދި ގާސިމް ފަދަ ބޭޅުންގެ ފަރާތުން" އިބޫ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި "ހުއްޓުވާ" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އިބޫ ބަންދުން ދޫކޮށްލީ އިއްޔެއެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސީލާސީލާ

    ތަމެން ދެން އިހްސާސް ތަކޭ ކިޔާ ރަނޑު ވާހަކަ ދެއްކުމުން ރަނޑުން ތަކެއް ތަމެންގެ ވާހަކަ ގަބޫލުކުރާނީ ބަލަގަ ޖަލަކީ ޖަލޭ ތަމެންނަށް އެކަނި ތޭ ހިތްވަރު ކުރަން އޮންނަނީ މަމެންނަށް ވެސް ހިތްވަރު ކުރެވޭނެއޭ އެއީ ދެފަރާތަށް ވެސް އޮންނަ ކަމެކޭ ތަމެންނަށް ހީވަނީ ތަމެން ރޯ ބުހުތާނު ދޮގު ހަދައިގެން ޕްރޮޕެގެންޑާ ފެތުރުމުން ތަމެން ނަށް ކަމަށް މޮޅު ވެވޭނީ ހަމަ ހިލާ އެހެން ނުވާނެއޭ ތަމެންނަށް ރައްޔިތުންނަށް ޖަލުގެ ވާހަކަ އޮޅުވާލައިގެން ދައްކައިގެން ޕްރޮޕެގެންޑާ ފެތުރޭނީ އެއީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. މަމެންގެ ވެރިކަމުގައި ހަމަ ހިލާ ކުރިއެރުމެއް ނުލިބޭނެއެވެ. ތަމެން ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ތަމެން ފަތުރާ ޕްރޮޕެގެންޑާ އަޑު އަހާނެ ބަޔަކު މިހާރު ނެތް ކަން ތަމެންނަށް އިނގޭނެ އެއް ނޫންތޭ. ދެން ރަންރީނދޫ ޓްވިޓަރޭ މެން ސީލަ ބަލަ. ސީލާ ސީލާ ސީލާ ދެން.

  2. ދަރިފުޅު

    އިބޫ ކީއްކުރަން ޒުވާނުން ނުކުއްނަންވީ. ޖަލައްދާންތަ އަހަރެމެން ނުދާނަން ނުވެސް ނުކުއްނާނަން. ވަރައްސަލާމް.

  3. ސީލާސީލާ

    އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ އެހީއަށް އެދިއްޖެ ނަމަ އޭގެއިން އެގިގެން ދާ އެއްޗަކީ އެއީ އެމްޑީޕީން ހަދާ ރޯ ބުހުތާނު ދޮގު މަމެން ޕިންކީންގެ ކޯރޑިނޭޓަރުން ކުރާ ބުރަ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް އޮޅުން ފިލާ އަދި އެމެންނަށް އިނގޭ ކެނެރީގެ ނަޝީދު ރާއްޖޭގެ ވެރިކަމަށް 2008 ވަނަ އަހަރު ފާވީ އެއީ ސާބެ ލައްވާ ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ކަން. އަދި އެމެން ފެބް އެކެއްގައި އުޅުނީ ބަގާވާތަކުން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ވައްޓާލަން ކަމަށް. ރަންރީނދޫ ޓްވިޓަރޭ މެން ހެއަރ ޓްރިމް ކޮށްގެން ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ކާޅު ފިރިހެން ހެދުން ލައިގެން އުނގު ވިއްކަން ނިކުތަސް އެއިން ކެއްކުނު ޑޮންޑޮނެއް ނެތެއް ނޫންދޯ. ތަމެން ދެން ސީލަ ބަލަ ރަންރީނދޫ ޓްވިޓަރޭ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  4. ޙަބޭޝް

    ގުޅިފަޅު ހިއްކި ގޮތުގެ ވާހަކަ ނުދައްކަންވީތަ އެވާހަކަވެސަ ދައްކާނު

  5. ކިނބޫ

    އަހަރެމެން މުޒާހަރާކޮށް ޖަލައް ދިޔައީމަ އެންމެ ފަހުވަގުތު ހުރިހާ މޮޅެއް މިމީހުނަށް... އެހެން ވީމަ ޖަލުގަވެސް ކަލޯމެން އޮންނަން ވާނީ...

  6. ބޮލިހިލާ

    ޒުވާނުން ނުޖެހޭ އިދިކޮޅު ފަރާތް ތަކުގައި ތިބި ހިންނަވަރު ފަދަ ކުޑަ މަސްކައްކާ ތެލި ދޮންނަ އާބާދީ އެއް އޮންނަ ރަށެއްގެ ބަޔަކު މާލެ އަށް އަރާ މަސްކައްކަން ތެލި ދޮންނަން އެމެން އަތިރި މަތީ އުޅެފައި މާލެ އައިމާ އެމެންނަށް އެމެން އޮޅޭ އުސޫލުން އެމެން މަމެން ގްރޭންޑް މާލޭގެ މީހުން ގާތު އެމެން ބުނެގެން މަގުމައްޗަށް ނިކުންނަން އެމެން އެންގި ނަމަވެސް މަމެން ދަ ގްރޭންޑް މާލޭ މީހުން ނުޖެހޭނެއޭ ނިކުންނާން ބިކޮޒް އެމެން އެއީ ލޯލެވެލޭ މެން އަދި އެއީ ދަ ބަނޑުއަކިރިން. އެމެން ޖެހޭނީ ނިކުންނަނަ ނިކުންނަން އަދި ޖަލަށް ވެސް ދާން މަމެން ނުޖެހޭނެއޭ ނިކުންނާން ވެސް އަދި ޖަލަށް ވެސް ދާން. މަމެން ގަބޫލު ނުކުރާނަމޭ ކުދި އާބާދީ ަތަކުން އަންނަ ގަމާރު އާލާތުން ދައްކާ ވާހަކަ އެއް ނުކުރާނަމޭ ނުކުރާނަމޭ ތަމެން ކިޔެވި ނަމަވެސް ތަމެންގެ ސިކުނޑި ތަރައްގީ ނުވާނެއޭ ހަމަ އެއް ހިއްސު މަދުވާނެއޭ އިބޫ ތަމެންގެ ތަމެން ތިޔުާ ކަން ހުއްޓާލާ ރަންރީނދޫ ޓްވިޓަރޭ ގޮވައިގެން ކުރު ސޯޓް ބުރި ލައިގެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން. ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިިހިލާ ދޯ.

  7. ޑޯންވޮނާ

    އިދިކޮޅު ފަރާތްތަކުން ޒުވާނުންގެ އެހީއަށް އެދިއްޖެ ނަމަވެސް ނުޖެހޭނެއޭ އިދިކޮޅު ގައިތިބި ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ވަން ސެންސް މިސިންގް އާލާތުން ބުނާ ބަސް އަހައިގެން މަމެން އެމެންނަށް ވުރެން މަތީ ލެވެލްގައި ތިބި ބަޔަކު އެމެން ބުނެގެން މާލޭގެ މަގުމައްޗަށް ނިކުމެ މަމެންގެ އިމޭޖް ގެއްލުވާލާ މަމެންގެ ވިޔަފާރި އަށް އޭގެ ސަބަބުން ބުރޫ އަރާ ގޮތަށް މަމެން އެކަން ކުރަން ނުޖެހޭނެއޭ ކުރަން. އެއްވެސް ޒުވާނަކު މުޒާހަރާ ކޮށްގެން އޭނާގެ އިމޭޖް ގެއްލުވާނުލާތި އިނގޭތޭ ރާއްޖޭގެ ބިޒްނެސް ކޮމިއުނިޓީ ގަބޫލުކުރާ ގޮތުގައި މުޒާހަރާ އަށް އެދަނީ އެއީ ތަނެއްގައި ވަޒީފާ އެއް ގައި ހަރު ނުލާ މީހުންނާއި އަދި މީހުންނާއި އިނދެ އިނދެ ހަރުނުލާ ތިންފަށް ވެފައިވާ ގިނަ އަންހެން ވެރިންނޭ އެމެންނާއި އެކު ހިނގައްޖެނަމަ ބުރަ މަސައްކަތުން ހޯދާފައިވާ ބިޓް ވެސް ރުޅިވެ މުޅި ދިރިއުޅުން ފުނޑިގެން ހިނގައިދާނެއޭ. އެކަން ކުރަން ޖެހޭނީ ހަމަ އެމްޑީޕީން އެކަން ކުރަން ނިކުމެ އުޅޭ ބައިގަނޑޭ އެއީ މަމެންނާއި އަދި ރާއްޖޭގެ ޒުވާނުންނާއި ބެހޭ ކަމެއް ނޫނޭ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ޔޫއާރ ބްރީދިންގް. އައި ކުޑް ސްޕެންޓް މައި ލައިފް އިން މައި ސްވީޓް ހޯމް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް އައި ޑޯން ވޮނާ ޑެމޭޖް މައި އިމޭޖް. އައި ޑޯން ވޮނާ ލޫޒް މައި އިމޭޖް އޮން ދިސްވޭ އައި ޑޯން ވޮނާ ލޫޒް މައި އިމޭޖް އޮން ދިސްވޭ.

  8. ޜަސީދު

    ނުދާނަން

  9. ދޮންބެ

    ޒުވާނުން ނަސާ މުސްކުޅިން ނައްވެސް ތިޖަހާ ހުރިހާ ސަކަރާތެއެއް މިހާރު އިގޭ ވެރިކަން ހޯދަން ކޮމެ ފަދަ ވާހަކައެއް ވެސް ކޮންމުފަދަ ކަމެއްވެސް ކޮއްފާނެ

  10. ރޮކްސްޓަރ

    އެއި އެއި އެއި އިދިކޮޅު ފަރާތް ތަކުން ޒުވާނުންގެ އެހީއަށް އެ އެދުނީ އެއީ ދެން އެމެން ގެ ކޮޅު އެއްކޮށް ބަލިވީމަ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ. ޔަގީން ކަމެކޭ ޔަގީން ކަމެކޭ. އެއި އެއި އެއި އެއި. ހަހަހާހާހާ ހަހަހާހާހާ އައި އޭމް ލުކިން އެޓް ދެެއަރ ލޫޒިންގް އެންޑް އައި އޭމް ފީލިންގް ލައިކް އަ ޕޮޕް ސްޓާރ އެއި އެއި އެއި. އެމެން ރަންރީނދުލޭ މެން ސިޔާސީ ކޮކެއިން އޮން ދަ ޓޭބަލް މަތީގައި ބަހައްޓައިގެން ޒުވާނުންނަށް ސިޔާސީ ކޮކެއިން ބޯން ދީގެން ޒުވާނުން ލައްވާ މީސް މީހުންގެ މުދަލުގައި ރޯކޮށްލައިގެން އަދި ކަސްބީ އަންހެނުންނާއި ފަތް ކަނޑަން ޖެހިފައިވާ އަންހެން ވެރިން މަގުމައްޗަށް ނެރެގެން އެމެން ބެލީ އަބޫޖަހުލު ތިއަރީކުރިއަށް ނެރެގެން މިގައުމުގެ ރައްޔިތުން ގެ %85 އިން ހޮވާފައިވާ ވެރިކަން ވައްޓާލެވޭނެ ކަމަށޭ. އައި ހޭވް ބީން ސީންގް އޯލް ދީސް ސީންސް އޮން ދީސް ޑޭޒް އެން ފީލިންގް ލައިކް އަ ޕޮޕް ސްޓަރ. ދޭ ގޮޓް އޮންދަ ރޯޑް ވިދް ނޯ ބްރާ ސްޓްރައިކިންގް އޮން ދަ ރޯޑް އައި ހޭވް ވިޓްނެސްޑް އިޓް. އައި އޭމް ސްޓޭއިންގް އެޓް ހޯމް އެން ފީލިންގް ލައިކް އަ ރޮކް ސްޓާރ ރޮކް ސްޓާރ ރޮކް ސްޓަރ ރޮކް ސްޓަރ. އައި ހޭވް ބީން ހިއަރ ފީލިންގް ލައިކް އަ ރޮކް ސްޓަރ. އައި ހޭވް ބީން ހިއަރ ފީލިންގް ލައިކް އަ ރޮކް ސްޓަރ ފީލިންގް ލައިކް އަ ރޮކް ސްޓަރ..

  11. އަބްދުއްލާ

    ބޫބޫ މެން ކުރަން އުޅޭ އެއްވެސް ކަމެއް ނުކުރެވޭނެ . ސަލާން . އެގޭތަ ؟ޕެޕަޔާ ކަރުނަގޭހާ ބަޑި ހުންނަނީ އޭގެ ރީތި ހުތުރު ބަލާކަށެއްނޫން. ހަމަ ހިސާބަށް އައުމން ހަދާނެގޮތް އެގޭނީ . ގައުމާ ގައުމުގެ ވެރިކަން ދިފާއުކުރަން ހުންނަ ހަތިޔާރު ބޭނުން ކުރުމަކީ އިސްލާމްދީނުގާ ހުއްދަކަންކަން.

  12. އިބޫ

    މޮޔަނުގޮވާ ތީޒުވާނުންގެ ހަލާކު ކިނބޫ

  13. ދިހައެއް..

    140 ކީއްކުރަން 500 މ އައްވެސް އެހެން ބަޔަކައް ނުވީމަދެއްތޯ މިޒުވާނާ މިއަދު ފަޚުރުވެރުވަނީ ސާބަހޭ ޔާމީން އޭބުނަން.. ސޮރީ އިބޫ.. ތިޔަކީ ޅެން ފަރިއްސައްވެ ނިމިއްޖެ..ކޮރަޕްޝަންގެ ވާހަދެއްކޭވަރު އެއްވެސް "އެއްވެސް" ސިޔާސީ މީހަކު މިޤައުމަކުނެތް.. ހުރިހާ އެންމެންވެސް ތިޔަކަރައްބާރު ލަނީ އެކަމަކާ ހުރި ފޯރިއެއްގެ ބޮޑުކަމުން.. ހެޔޮނުވާނެ.. މަމެން މިތާ ހަމަޖެހިގެން އުޅުނަދީ.. މަމެންނާ ނުބައްސާ ތިޔަޖަހާ ސަކަރާތެއް ޖަހާ..

  14. ހަމީދު

    ތިމާ ޖަލަށްލީމާ ޒުވާނުންކޮޅުވެސް ޖަލަށްލާނެ ގޮތެއްހޯދަނީ.

  15. ފައިޒް

    ބީތާޔާ 52 މިލިއަން ޚަރަދުކޮށްގެން ހަދާ ތަނަކާއި 140 މިލިއަން ޚަރަދު ކޮށްގެން ހަދާ ތަނެއްގެ ފެންވަރު މަތިވާނެކަން ރައްޔިތުން ޤަބޫލް ކުރޭ..

  16. އަމްނާ ޢަޒީޒް / މާލެ

    ކީއްކުރަން ޒުވާނުން ކުރީ ސަފަށް ނެރެންވީ! ކަލޭމެން ބާޣީންގެ ލަޤަބު އެރުވި މީހުން އިސްސަފަށްލައިގެން އެމީހުންގެ ދުވަސް ތިޔަ ދުއްވާލަނީނު؟ ކަލޭމެންގެ ރޭވުން ކާމިޔާބު ވަނީނު ؟

  17. ނުވާނެއޭ

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަށް ހައްގު ވާނަމަ މާރިޔާ އަށް ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްގު އަދި ލަތީ އަށް ވެސް އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްގު އަދި އަސްލަންޓޭ އަށް ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްގު އަދި އީވާ އަށް ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައްގު މިގޮތަށް ހައްގު ލިސްޓް ކިޔާލެވިދާނެއެވެ. ހައްގު ވެގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދޭން ނުޖެހޭނެއެވެ. ރިޔާސީ ކެންޑިޑެސީ އަކީ އެމީހަކު އަމިއްލަ އަށް ހޯދަން ޖެހޭނެ އެއްޗެއް ޕާރޓީ މެދުގައި ޕްރައިމަރީ އެއް ބާއްވާ އެޕްރައިމަރީގައި ވޯޓްލާ ރައްޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ހޯދައިގެން. މީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އަދި ސިޔާސީ ޕާރޓީ ގެ އެތެރޭގައި ބާއްވާ ޕްރައިމަރީސް ތަކުގެ ވޯޓް ތަކަކީ އެއީ އިލެކްޝަންސް ކަމިޝަންގެ ބެލުމުގެ ދަށުން އެކަމިޝަންގެ އޮބްޒާވަރުން ތިބެގެން ކުރަން ޖެހޭނެ ކަމެކޭ. ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީގައި ވޯޓްލާ ވޯޓް ގުނަން ޖެހޭނީ އިލެކްޝަންސް ކަމިޝަނުންނޭ އެއީ ޕާރޓީން ކުރަން ޖެހޭނެ ކަމެއްނޫން

  18. ނުވާނެއޭ

    އެމްޑީޕީ އަށް މިހާރު އެމެންގެ ސްޓޭންޑް އޮތް ގޮތުން އެމެންނަށް ރިޔާސީ ކެންޑިޑޭޓެއް ނުނެރެވޭނެއެވެ. ޝާހިދު އަކީ އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެލިޖިބުލް މީހެއް ނޫނޭ ބިކޮޒް އޭނާ ގެ ގެދޮރު ވެސް ހެދީ ޕަބްލިކް ވާރކްސްގެ ލޮރީސް ތައް ގެންގޮސްގެން ހިލޭ ސާބަހަށޭ އެއީ ރަތްލާ ޖެހި ކޮރަޕްޝަނޭ އެވަރުގެ މީހަކަށް ނުވާނެއޭ ރާއްޖޭގެ ވެރިކަން ހަވާލު ކުރަން. ދެން އިބޫ އަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދޭން ބަލާއިރު އިބޫ އަކީ އެއީ ހިންނަވަރު މީހެކޭ އިބޫ މެން އަތޮޅު އާބާދީ 7 ހާހަށް ނާރާއިރު އެހާ ކުޑަ އާބާދީ އަކުން އަންނަ މީހަކު މާލޭގައި ކުރާ ވެރިކަމަކަށް ސޯޝަލީ އެލިޖިބުލް ނުވާނެއޭ. ރާއްޖޭގެ ވެރިކަން ކުރާ މީހަކީ އެއީ ސޯޝަލީ ވެސް އެލިޖިބްލް މީހަކަށް ވާން ޖެހޭނެއޭ އެގޮތުން އެމީހެއްގެ ސޯޝަލް ޝަރުތު ތަކުގެ ތެރޭގައި ބޮޑެތި އާބާދީ އަކުން އެފަދަ މީހަކު އަންނަން ޖެހޭނެއޭ އަދި އެފަދަ މީހަކީ ފިސާރި ޖެންޓުލްމެން ސްޓައިލްގެ މީހަކަށް ވާން ޖެހޭނެއޭ އިބޫ އަކީ ޖެންޓުލްމެން ސްޓައިލްގެ މީހެއް ނޫނޭ އިބޫ ނޮންއެލިޖިބުލް.

  19. ނުޖެހޭނެއޭ

    ކެނެރީގެ ނަޝީދު ބޭނުންވަނީ އޭނާގެ އާއިލާ މީހަކަށް ރިޔާސީ ކެންޑިޑޭޓް ދީގެން އެފަދަ މީހަކު ވެރިކަމަށް ގެނެސް ގެން އޭނާ އަށް މާފުދީގެން އަދި ސްޕްރީމް ކޯޓް ގަނެލައިގެން ގާނޫނު އަސާސީ ސްޕްރީމް ކޯޓް މެދުވެރިކޮށް ބަދަލު ކޮށް ގެން އޭނާ އަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކަށް 2020 ވަނަ އަހަރު ވާނެ ގޮތް ހަދާ އެއަށް ފަހުގައި އެއިރު އޮތީ އެއީ އެެމްޑީޕީގެ ވެރިކަމެއް އިބޫގެ ރައީސް ކަމުގެ ދަށުގައި ނަމަ އިބޫ އާއި އިބޫގެ ނައިބް ރައީސް އިސްތިއުފާ ދިނުމަށް ފަހު އަވަސް އިންތިޚާބެއް ނަމުގައި ބާއްވާ ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ކެނެރީގެ ނަޝީދު ހޮވުނީ ކަމަށްބަލާ އޭނާ ރާއްޖޭގެ ވެރިކަަމަށް ފާވާން ވެގެން އޭނާ ރާވާފައިވާ މަކަރުވެރި ރޭވުމެކޭ މީ މިޅީގައި އެމްޑީޕީގެ މެމްބަރުން ޖެހިގެން ނުވާނެއޭ އިބޫ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަދަން ކިއެއްކުރަންތޭ އެމްޑީޕީގައި ތިބި އައްޑޫ ފުވައްމުލައް އަދި ހުވަދޫ މީހުން ވޯޓް ދޭންވީ. ދޭން ނުޖެހޭނެއޭ އެއީ ހިންނަވަރު މީހެކޭ. ކޮބާތޭ ޕްރޯ އުގައިލު އޭނާ ނެރެންވީ ނޫންތޭ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި. އައްޑޫ ފުވައްމުލައް އަދި ހުވަދޫ މީހުން ނުޖެހޭނެއޭ ހިންނަވަރު ފަދަ ކުޑަ އާބާދީ އަކުން އަންނަ ލޯ ޕްރޮފައިލްޑް މީހަކަށް ރާއްޖޭގެ ރައީސް ކަން ދޭން ވޯޓް ދޭން ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ.

  20. ޙަފްޞާ / މާލެ

    މިމީހުން އަދިވެސް ލަދުނުގަނެޔޭދޯ؟ ވެރިކަން ކޮއްލަން ލިބުނު 3 އަހަރުތެރޭގައި 4 ފަހަރަށް ރުފިޔާ ޗާޕްކޮށްފައިވޭ! ޑޮލަރު ނުލިބި 20 ރުފިޔާއަށް ޑޮލަރެއް ގަންނަންވެސް ނުލިބޭ! ޑީސަލް ޕްޓިރޯލްގެ އަގު ލީޓަރެއް 21 ރުފިޔާއަށް އުފުލުނު! ފެންކުންފުނި ، ދިރާގު ، އެޔަޕޯޓް ވިއްކާލާ ޑޮލަރުތައް ކައިލި! ރަށްރަށުގައި ހުރި ރައްޔިތުންގެ އެކައުންޓްތައް އެއްކޮށް ދަވާލި! ސިވިލްސާވަންޓުންގެ މުސާރައިން 15 ޕަސެންޓް އަތުލާ ކައިލި! ސްޕްރީމްކޯޓުގައި ތަޅުއެޅުވި! ޤާޟިން ވަގަށްނެގި! ދައުލަތް 19 ބިލިޔަން ޑޮަލރުން ދަރުވައިލި! މުވައްޒަފުންގެ މުސާރަ އެތައްދުވަހަކަށް ލަސްވެގެންދިޔަ! ދިވެހިރާއްޖޭގައި ޣައިރު ދީންތައފަތުރަން މަސައްކަތްކުރި! އެންމެފަހުން ގޮތްހުސްވެ ދައުލަތް ހިންގެން ނެތި މުޅިއެތި އަތަށްގޮވުމުން އިސްތިޢުފާދިންއިރު ދައުލަތުގެ ރިމާވްގައި 100 މިލިޔަން ޑޮލަރުވެސް ނެތް! މިވަރު ބަޔަކަށް އަލުން ވެރިކަން ލިބިއްޖެނަމަ ދެން ވާނޭގޮތް ވިސްނާލުން ބުއްދިވެރި!

  21. ނުޞްރާ

    އައްޑޫގައި ހެދި ކޮންވެންސަންސެންޓަރު ހެދުމަށް ބަޖެޓްކުރީ 200 މިލޔަންރުފިޔާ! ބިލްތައް ނިމުނީ 800 މިލިޔަންރުފިޔާއިން! މިވީ ކިހިނެއްތޯ އިބޫ؟؟؟؟ 600 މިލިޔަން ވަނީ ފައިކުރިދަށުންތޯ؟ މިވާހަކަވެސް ދައްކާބަލަ !

  22. ނުރަބޯ

    ޒުވާނުން ނެއް ތި މީހުންނަކަށް އެހީ އެއް ނުދޭނެ.