މާބަނޑު އިރުސުރެ ތުއްތު ދަރުފުޅުގެ ސިއްހަތާއި ރައްކާތެރި ކަމަކީ މައިމީހާ ކަށަވަރު ކުރަން ޖެހޭ ކަމެއް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅުއްވައި، އެކަމުގެ ލިއުން ހަވާލު ކުރުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅުމަކީ ލިބުުުނު ބޮޑު ކާމިޔާބީއެއް ކަަމަަށާއި ސިއްހީ ދާއިރާގެ މުވަަައްޒަފުން ކުރަމުން ގެންދަނީ ބުރަ މަސައްކަަަަަތެެއް ކަަަަމަަަށެެވެެ.

އަމީން ވިދާޅުވީ ކޮންމެ މާބަނޑުވުމެއް ދަނީ ރިކޯޑް ކުރެވި މެއިންޓެއިން ކުރެވެމުން ކަމަށާއި ހަދަން ޖެހޭ ޓެސްޓުުުުުުުުުުުުުުުުތައްވެސް ހަދަމުންދާ ކަމްށެވެ.

އަމީން އިތުރަށް ވިދާޅުވީ މާބަނޑު އިރުސުރެން ވިހަން ދެން ތުއްތު ދަރުފުޅުގެ ސިއްހަތާއި ރައްކާތެރި ކަމަކީ މައިމީހާ ޔަގީން ކޮށް ކަށަވަރު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަމީން ވަނީ ސިއްހީ ދާއީރާއަށް ސަރުކާރުން ވި ވައުދު ތަަށް ކޮށްދޭން އިސްކަން ދެއްވާނެ ކަމަށާއި މިއަދު މި ހޯދި ކާމިޔާބީގައި ހިއްސާވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިއްހީ ދާއީރާއަށް ވަރަށް ގިނަ ވައުދުތަކެއް ވަމުންނެވެ.

އެގޮތުން ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.

އޮގުން ސިއްހީ ނިޒާމު ރަނގަަޅު ކުރަން ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތައް ހޮސްޓިޕަލް ތަކަކަށް ނުވަތަ ފެންވަރު މަތިކޮށް އަޕްގްރޭޑް ކުރުމާއި ނަރުހުން އިތުރަށް ތަމްރީން ކުރުމާއި ގައުމީ އެމްބިއުލާސްގެ ހިދުމަތް ތާއާރަފް ކުރުން ހިމެނެއެވެ.