ކުރީގެ ރައީސް މުހައްމަދު ނަޝީދު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނުން ބަލަމުންދާކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް ދެއްކެވި ވާހަކަފުޅު ބްރޮޑްކާސްޓިން ކޮމިޝަނުން ދޮގުކޮށްފިއެވެ.
ބްރޮޑްކާސްޓިން ކޮމިޝަންގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބަލާކަމަށް ބުނެ ފަތުރަނީ "ފޭކް ނިއުސް" އެކެވެ.
ބްރޯޑްކޮމް އިން ވިދާޅުވީ އެފަދަ ދޮގު ޚަބަރުތައް ފަތުރަނީ ބްރޯޑްކޮމްގެ އަގު ވައްޓާލައި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ކަމަށް ބެލެވޭ ކަމަށެވެ.
މީޑިއާގައި "ފޭކް ނިއުސް" ނުފެތުރުމަށާއި ޚަބަރު ފަތުރުއްވާއިރު ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ވެސް ބަސް ހިމަނުއްވައިގެން ޒިންމާދާރުކަމާއި އެކު ޚަބަރު ހެއްދެވުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ފިޔާޒް އިއްޔެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްޓޭޝަނާ ގުޅޭ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ބަލަމުން އަންނަނީ، ރާއްޖެ ޓީވީއާ މެދު އިތުރު ފިޔަވަޅެއް އަޅަން ކަމަށެވެ. އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ހަމަހަމަކަމާއި އިންސާފުވެރިކަމާ ދޭތެރޭ ސުވާލު އުފެދެނީ އެފަދަ އަމަލުތަކުން ކަމަށް ފިޔާޒް ވިދާޅުވި އެވެ.
"ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ލޮލަކަށް ހަމަޔާއި އިންސާފެއް ނުފެނޭ. ރާއްޖެ ޓީވީގެ މައްސަލަތައް މެމްބަރުން އަމިއްލަ އަށް ހުށަހަޅުއްވައިގެން ވެސް ބަލަމުން މި އަންނަނީ،" މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފިޔާޒް ވިދާޅުވި އެވެ.
މިހާރު ނޫހާއި ރ ޓީވީ އަކައް މިގައުމައް ގެންނަ ތަރައްގީ ހަޖަމު ނުކުރެވޭތީ ފާޑުފާޑުގެ ފޭކު ހަބަރުތައް ގެނެސްދޭނެ
ކާލިގަނޑުޓީވީ ، މިހާރުނޫސް މިއީ ފިތުނަފަސާދަ އުފެއްދުމުގަޔާ ދޮގު ފެތުރުމަށް އަރާހުރި ދެ މީޑިޔާ!
މިހާރު ނޫހާ ކާލިގަނޑު ޓީވީ އަކީ ލާދީނީ ނަޝީދު އަށް ތާއީދު ހޯދަދޭން މަސައްކަތްކުރާ ދެ ޕްރޮޕެގެންޑާ މެޝިން. އެހެންވީމާ ރީނދޫ ސިޙުރު ނުޖެހޭ އެންމެންވެސް މިކަމަށް ސަމާލުވާންޖެހޭނެ. މިދެމެޝިނުން ކޮންމެފަދަ ފިތުނަފަސާދަ ވާހަކަ އެއް ވެސް ފަތުރަފާނެ.
ފިތުނަ ފަސާދަ ފަތުރަން ދޮގު ޚަބަރު ފަތުރައިފިއްޔާ އަނެއްކާވެސް ޖޫރިމަނާ އަރުވާލާ. ކޮންނުފޮރުއްޕާނެއްތަ؟
ދޮގުހެދުމައް ރާޓީވީވަރެއްނެތް