ރާއްޖެ އަަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ މާލެ އަަށް ވައިގަދަވެ މާލޭގެ ގެއަކަށް ގެއްލުން ތަކެއް ވެއްޖެއެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހަދަމުން ދިޔަ މ.ލައިޓް ވިއު ގެއިން ގެއެއްގެ ފުރާޅުމައްޗަށް ލަކުޑިގަނޑުތަކާއި ފިލާތަކެއް ވެއްޓި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.

ގެލުންވީ ފަޒުލްގެ ގެއަށް ތޯ ޔަގީން ކުރަން ފަޒުލް އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ ޔަގީން ނުވެފައެވެ.

"ހަދަމުން ދިޔަ ގޭގެ ވެރި ފަރާތް އަރާމުގައި ނިދާފައި, ސިޓީ ކައުންސިލް ބޭފުޅުން އަންނަން އެއްގަޑި އިރު ބަލާފަ ދިޔައީ އަދި އޭގެ ދެ ގަޑިއިރު ފަހުން އައިސް ތަކެތި ނަގާޝޭ ކިޔާ ބަލާފަ ދިޔައީ, ފުލުހުން ވެސް އައިސް ފޮޓޯ ނަގާލާފަ ދިޔައީ, ޒިންމާ ވާނީ ކާކު" ފަޒުލް ވިދާޅުވިއެވެ.

ގަދަ ވަޔާ ވިއްސާރާގައި ލަކުޑި ބުރިއަކުން ޖެހި އަވައްޓެރި ގެއެއްގެ ބިއްލޫރި ގަނޑުވެސް ތަޅައިގެން ދިޔަ ކަމަށާއި ވައި ގަދަވެއްޖެ ނަމަ ވިއްސައިގެން ދާނެ ތަކެތި ސައިޓުގައި އަދިވެސް އިންތިހާއަަށް އެބަހުރި ކަމަށް ފަޒުލް ފާހަގަ ކުރެވިއެވެ.

ފަޒުލް ވަނީ ހިރިޔާ, އައިޖީއެމްއެޗް އަށް ދާ ބޭފުޅުން މި ސައިޓަށް ސަމާލުވުމަށާއި ރައްކާތެރިކަމެއް ނެތް ސައިޓްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ.