ޞައްޙަ ނޫން ކޭޝް ކާޑު ތައްޔާރު ކުރުމުގައި އެހީތެރިވި ދިވެއްސަކު މަކަރާއި ޙީލަތް ހެދުމުގައި ބައިވެރިވިކަން ސާބިތުވެ، ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް މއ.ކަނޑޫގޭ، ޢަލީ ޢަބްދުﷲ އަކްރަމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، މއ.ކަނޑޫގޭ، ޢަލީ އަޙްމަދުގެ ޞައްޙަ ނޫން ކޭޝް ކާޑު ހެދުމަށް ބޭނުންކުރާ ކާޑު ކާފާ މެޝިނަކާއި، ދޮޅު ފޫޓު ހުންނަ ވަރުގެ ކަރުދާހު ފޮށިގަނޑެއް ފޮރުވުމަށްޓަކައި މއ.އަނުމާގެއަށް ޢަބްދުﷲ އަކްރަމް ގެސްގޮސްދީފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވެފައިވާތީއެވެ.
މއ.ކަނޑޫގޭ، ޢަލީ ޢަބްދުﷲ އަކްރަމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގައި ބައިވެރިވިކަން ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، މި މައްސަލައިގައި ސާމިލުވާ އެހެން ފަރާތްތަކުގެ ޝަރީއަތްތައް އަދި ނިމިފައެއް ނުވެއެވެ. އެގޮތުން ޞައްޙަ ނޫން ކޭޝް ކާޑު ތައްޔާރު ކުރުމުގެ ޖަރީމާގައި ސާމިލުވާ ފަރާތްތަކުގެ ތެރެއިން މއ.ކަނޑޫގޭ ޢަލީ އަޙްމަދާއި، މއ.ނާރެސް ޠާރިޤު ޖަމީލު އަދި ސ.މަރަދޫ ނަރުގިސްމާގެ ޢަބްދުލްޣަނީ ޢަބްދުލްމަޖީދުގެ އިތުރުން މ.ޓްރެންކްލިލީ ނަދީމް މަސްއޫދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
މަކަރާއި ޙީލަތް ހެދުމުގައި ޚީލަތްތެރިން އަބަދުވެސް އައު ގޮތަތަކާއި، އައު އީޖާދުތައް ތައްޔާރު ކުރާނެކަން ދަނެހުރެ، ވިޔަފާރިވެރިންނާއި ޢާންމު ފަރުދުން އަބަދުވެސް މިފަދަ ކަންކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އަދި ޝައްކު އުފެދޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ލަސް ނުކުރައްވާ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެފަދަ ކަންކަމުގެ މައުލޫމާތު ހިއްޞާ ކުރުމަކީ އެފަދަ ކަންކަން ހުއްޓުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވާނެކަން ޤައިމެވެ.
މިސަރުކާރުގައި " މީހުން " ހާދަ ބޮޑަކަށް ކުރިއަށް ޖެހިލައިފިއެވެ.
ކޭސް ކާޑު ހަދައިގެން ނެގީ ކިހާ ފައިސާ އެއްތަ؟
އެއްކަލަ މާލެ މީހުން ގިނަ އީ
މިއީ މީގެ އަހަރުތަކެއް ކުރީގަ ހިނގާދިޔަ ކަމެއް. ހުރިހާކަމެއް ސިޔާސީ ކުރަން އުޅޭތި (ތިމަންނަ)