ސިއްހީ ދާއިރާ ބޮއްސުންލާފައިވާ އިރު ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރައްވާ މަސައްކަތެއް ނޭނގޭކަމަށް ވިދާޅުވެ ކުރީގެ ފިޝަރީސް މިނިސްޓަރ އަދި އެމްޑީޕީގެ ހެލްތް ކޮމިޓީގެ ޗެއާމަން ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ހެލްތު މިނިސްޓްރީގެ ސިޔާސަތުތައް ކަނޑައަޅާ ލެވަލްގައި ނުވެސް ނެތް ކަމަށެވެ.

"ދެން ބައެއް ބޭފުޅުން ވިދާޅުވާނެ ކޮންމެވެސް މަސައްކަތެއް ބަޔަކާއި ހަވާލުކޮށްފި. ކޮންމެ ވެސް ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލު ކުރަން އެއްބަސްވެއްޖެ. މިއީ އެއް ނޫން ރައްޔިތުން އުއްމީދު ކުރާ ކަންކަމަކީ. އައިޖީއެމްއެޗްގެ އާއިމާރާތް ނުހުޅުވި ލަސްވާ މައްސަލައިގައި ހެލްތު މިނިސްޓަރާއި ސުވާލު ކުރުމުން މިވިދާޅުވަނީ ތިމަންނަ އާއި ބެހޭ ކަމެއް ނޫނޭ. ސިޔާސީ ގޮތުން ބަލާއިރު އެއީ އެމަނިކުފާނަށް ދެންނެވިދާނެ ޖަވާބެއް ނޫން." ޑީޑީ ވިދާޅުވިއެވެ.

މިހާރު ވެސް މާލެ އާއި ހުޅުމާލޭގައި ރޯގާތައް ފެތުރެމުންދާ އިރު އެއްވެސް މަސައްކަތެއް ކުރެވޭތަނެއް ނުފެންނަ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތެއް ވެސް ނޭނގޭކަމަށް ވިދާޅުވެ ޑީޑީ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން މިފަހަރު ލޯން ހުޅުވާލާފައި އެންމެ ތިން ފުރުސަތުކަމަށެވެ.

"ޑޮކްޓަރުކަން ކިޔެވުމަށް އޮތީ އެންމެ ތިން ސްލޮޓް. އެތިން ސްލޮޓް ކަނޑައެޅީ ވެސް ބެލެނިވެރިން އެތައް ޝަކުވާއެއްކޮށް އެތައް މައްސަލައެއް ޖެއްސުމުން." ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ސަރުކާރުން ޑޮކްޓަރުކަން ކިޔެވުމަށް ތިން ލޯނެއްގެ ފުރުސަތު ދިނުމަށް އިއުލާން ކުރުން އެއީ ޖޯކެއް ކަމަށެވެ.

"ސިއްހީ ދާއިރާ މިހައި ދަށުދަރަޖަށް ވެއްޓިގެން ދާއިރު ހެލްތު މިނިސްޓަރ ކުރައްވާ ކަމެއް ނޭނގޭ. ނަރުހުންގެ މުސާރައިގެ އޮނިގަނޑު އިސްލާހު ކުރަން ކުރައްވާ މަސައްކަތެއް ނޭނގޭ." ޑީޑީ ވިދާޅުވިއެވެ.

ޑީޑީ މިރޭ އަމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު މިއީ އެމްޑީޕީގެ ސީނިއާ މެންބަރަކު މިހައި ފާޅުކަން ބޮޑުގޮތެއްގައި މިސަރުކާރުގެ ވަޒީރަކަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

އަމީން އަކީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާތީ އޭނާ އަށް މިނިސްޓަރުކަން ދިނުމުން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ގުއިދުއްކާޅު

    ޥަގަށް ފަޅުރަށްރަށް ކުއްޔައްދީގެނ ކުލިނެގިކއނ ދެނަހުރީމުތޯ؟؟؟؟

    17
  2. ޚާލި

    އެނގޭ ކަމެއްނެތް ނޭގޭ ކަމެއްވެސް ނެތް..ލޮލް

    21
  3. ނޫސްކިޔާ

    ދެން އަތްޖަހަމާ ބާރަށް !

    19
  4. ޒުވާނާ

    މިނިސްޓަރުކަމަށް އަންނަން ފައިނެގީ ދެއްތޯ... ތިޖަހާ ސަކަރާތް ވަރަށް ރަގަޅަށް އިނގޭ...

    24
    2
  5. އަބްދުއްލާ

    ހެލްތް މިނިސްޓަރު ކުރައްވާ މަސައްކަތްފުޅަކީ ކޮބައިކަމެއް ނޭނގޭ - ޑރ.ޑީޑީ

    5 ސިކުންތު ކުރިން ( ޖުލައި 22, 2019 )
    |ޑރ.ޑީޑީ
    *މާބަނޑު އިރުއްސުރެން ދަރިފުޅުގެ ސިއްހަތު މައިމީހާ ކަށަވަރު ކުރަން ޖެހޭ - އަމީން

    1 ހަފްތާ ކުރިން ( ޖުލައި 15, 2019 )
    * ފަސް ރަށެއްގެ ސިއްޚީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަން ސޮއިކޮށްފި
    3 ހަފްތާ ކުރިން ( ޖޫން 26, 2019 )

    * މަހުލޫފު ޕޯޗުގަލްއަށް ވަޑައިގެންނެވުމުން ޔޫތު މިނިސްޓްރީގެ ހިންގުން އަމީނަށް
    1 މަސް ކުރިން ( ޖޫން 21, 2019 )
    ކަލޯ ޑީޑީ މިވަރު ދެރަތަ ؟ މިޔަވުރެ ރަނގަޅައް ހިންގާތީ އެމީހުން ބޭރުކުރީ. މިގޮތަށް

    ވަޅުޖަހަން ބަރުހެލިވާން ބޭނުންވެގެެން މިކަލޯ ބޮޑުކުރީ . ވެރިކަން ބޭނުންވެގެން އުޅުނުއިރު

    މިކަލޯ ރަނގަޅު. މިހާރު ކަމެއް ކުރަން ނުދަންނަ މަރުމޯލެއް. އަދި އޮޑިޓްރިޕޯޓުގައި މަނިފާނު

    ހިންގެވި މިސްޓްރީގެ ވާހކަވެސް އެބައޮތް. މާބޮޑަށް ކަރުތެރެއަށް އަތްލާން ފަރިތަ ބޭފުޅަކަށް

    ވެލަށްވަން ނޫޅުއްވާ.

    21
    3
  6. ބ

    ޓިވާހަކަ ދައްކާ މީހާ ޜަށްރަށް ވގށ ކުއްޔައްދީގެނ ލރ ނެގިއިރޯ

    18
    1
  7. Juhaa

    މި ބީތާ ހެލްތު މިނިސްޓަރުކަން ބޭނުންވީދޯ؟

    21
    2
  8. ޢިޔާބު

    ބޭރުކޮށްލާ

    15
    3
  9. ހުސައިން

    މިހާރު އެބަރަގަލުވޭ ޑީޑީ މެން ބުނާނީ ވަރައްވަރުވީމާ އަމިން ގެ މަސައްކަތަކީ ކުރީސަރުކާރުގެވާހަކަދެއްކުން އަދި އޮޅުވާލައިގެންއެމްބިއުލާސް ގެންނަ ފައިސާ އަމިއްލަކުންފުނި އައްދިނުން ސުކުރިއްޔާ ޑީޑީ

    19
    4
  10. ިއެޗް އާރު އެމް

    ޑީޑީއައްހަމަސާބަސް ތިޔަހެން ހޤީޤަތައްވާހަކަދައްކަންކެރެންޖެހޭނެ ކަނޑައެޅިގެންފެންނަންހުންނަހޤީޤަތައްފަސްއަޅާފޮރުވަންމަސައްކަތްކޮއްގެންނުވާނެ ސުކުރިއްޔާ ޑީޑީ

    13
    4
  11. ސަމީ

    ތިޔަވަރު މިނިސްޓްރީއެއްނޫން މިނިސްޓްރީއެއް އެބހުރިތަ ޑީޑީ ؟ ހައްތަހާވެސް ތިޔަކަހަލަ ތަންތަން ދޯހަޅި ސަރުކާރުގަ ލަދެއްނުގަނޭ ވެރިކަމަށް އަންނަށް އުޅެން . ތިޔަ ބައިގަޑަށް އިނގޭނީ މުޒާހަރާ ކޮށް ރަންތަނުގަ ހުޅުޖަހަން

    22
    1
  12. ރިހާކުރި

    އޭނާ ކުރާ މަސައްކަތަކީ ގޭގަ ހުރެ ކުއްޅަވަކުން ސޭމްޕޫ ހެދުމާއި ފާރޮށީގެން ބާގަރ ހަދާފަ އެމެރިކާއައް އެކުސްޕޯޓު ކުރުމެވެ.

    14
    1
  13. ޕައްޕޫ ޕޭޖަރް

    ދުވެހީންގެ އަނގައިން އުފުރާ ދަތުން ސައިބޯނި ހަދާފަ އެކުސްޕޯޓު ނުކުރެވެންވީ ކީއްވެ. ރުކުގެ ފަނުން ބެންޑޭޖު ހަދާފަ އިންޑިޔާގެ ހޮސްޕިޓަލުތަކައް ވިއްކޭނެ. ރާއްޖޭގެ އޮޑިފަހަރުތަކުގެ ބޭރުގައި ޖަހާ ފެހިކަހާފަ އޭގެން ސޫޕް ހަދާ ޗައިނާއައް އެކުސްޕޯޓު ނުކުރެވެންވީ ކީއްވެ.

    9
    1
  14. ހަދީލް

    ޖުމުހޫރީ މައިދާނުގަ ތިބޭ ކޮތަރު ތަކުގެ ގުއި ނަގައިގެން މާޖިރީން ހަދާފަ ރާއްޖެ އަންނަ އެޔާލައިންތަކައް ކޭޓަރިން ކޮއްނުދެވޭންވީ އެއްވެސް ސަބަބެއް އެބައޮތް ތޯ.. ރާއްޖޭގެ ސައިހޮޓާ ތަކުގެ ދުންހޮޅިން އަރާދުމުން ގިތެޔޮހަދާފަ އިންޑިޔާއައް އެކުސްޕޯޓު ނުކުރެވެންވީ ކީއްވެތޯ..

    10
    1
  15. ކާފަބޭ2019

    ހުރިހާކަމެއް ރާވާހިންގަނީރައީސްއޮފީހުންކަން ޑީޑީ އަށްއެގިިވަޑައިނުގަންނަވާނަމަ އެއީމައްސަލައެކެވެ. އަމީނަކީކުރިންވެސްފޭލުވެފަހުރިހިންގުންތެރިކަންނެތް ބޭފުޅަކަށްވާއިރު ފޮޓޯގަޑަކަށްބަހައްޓައިގެން ތިޔަގަންނަގަޑު ލޮލުރޯގާޖެހިފަނެއްމީހުނަށް ވަރަށްސާފުކޮށްފެނެއެވެ. ޑީޑީއެވެ މަގުމަތިހަލަބޮލި ކުރެވޭތޯނޫޅުއްވާށެވެ.

    4
    3
  16. މާވަޑި

    ބައްލަވާ ޑީޑީ! އެމަނިކުފާނު އަގައިން ހާދަކަމެއް އެބަ ކުރެއެވެ. މުޅިރާއްޖެ ތެލަމެޑިސިން ނެޓްވާކަކުން އަގައިން ގުޅާލަފިއެވެ. 9 ޞިއްޙީމަރުކަޒް ހޮސްޕިޓަލްފެންވަރަށް އަގައިން ބަދަލުކޮށްފިއެވެ. ދުވަހަކު ރީތި ޢިމާރާތަކަށްނުވަދެހުރެފަ މިނިސްޓަރުކަން ލިބުނީމާ ހޮސްޕިޓަލްތަކުގެ ރީތި ޢިމަރަތްތަކަށްވަދެ އެތަންތަނުގެ ޑިޒައިން ހަޑިކަމުން އަގައިން މޮޅަށް ޑިޒައިންކޮށްފިއެވެ. އެސްޓީއޯ ބޭސްފިހާރަތަކަށް އަގައިން ބޭސްގެނަސް ތިޔާގިކޮށްފިއެވެ. އަގައިން ޑޮކްޓަރުން ހަމަކޮށްފިއެވެ. ދެން މިހެން ކިޔާނޭކަމެއްނެތެވެ. އެމަނިކުފަނަކީ މިނިސްޓަރުކަން ދަމަހައްޓަން އަގައިން މޮޅު ބޭކަލެކެވެ.

    12
    1
  17. ގުއިދައިތަ

    އަމީނަކީ ބޮލެއް. ހިންގުމުގެ ދާއިރާގަ ސުމެއް. ސިއްހީ ދާއިރާ އިތުރަށް ބޮއްސުން ލައިގެން ގޮސް ރައްޔިތުން ކެކި ނާރަނީސް މީނާ ބަދަލުކުރުމަށް ރައީސަށް އިލްތިމާސްކުރަން. އޮފީހެއްގެ ކާތިބެއްގެ ތަޖުރިބާ ވެސް މީނާގެ ނުހުންނާނެ.

    12
    1
  18. ދަނޑިމަހުސުރޫރު

    ޑރ.ޑީޑީ ނަރުހުންގެ އޮނިގަނޑުގެ ވާހަކަފުޅުދެއްކެވިއިރު މިހާރުވެސް ޑިގްރީ ޓީޗަރަކަށް ލިބޭ އާމްދަނީގެ ދެގުނަ ޑިޕްލޮމާ ނަރުހަކަށް ލިބޭ. ޕްރިންސިޕަލުންގެ އޮނިގަނޑު ހެދިތާ 5އަހަރު ވީއިރުވެސް ޢަމަލުކުރާކަށް ނުފަށާ. މިވާހަކަފުޅުތައްވެސް ދެއްކެވިނަމަ.

    12
    2
  19. ނަރުސް

    ތެދުފުޅެއް

  20. ހޭކުޑާ

    ދަތްގޯނި މިނިސްޓަރަކަށްހުރިއިރު ވަކި ކޯއްޗެއްތަޅެ ހެދީ

    11
    1
  21. ss

    kale kuri kame buneba

  22. އަލީ

    މިދަނީ ވެއްޓެން.

    11
    1
  23. އަފިރިންގެ ޚިޔާލް

    އަމީނަކީ ވަޒީރުކަން ކުރެވޭފަދަ ޤާބިލް ބޭފުޅެއްނޫން، މިފަހުގެ ތާރީޚުގައި އެންމެ ޕަރފޮމަންސް ރޭޓްދަށް ވަޒީރރު. މިޒާޖުގައި ތަކައްބުރަކަމާއި މަޝްވަރާނުކުރުން ހިމެނޭ، އަސްލުގަ ވަރަށް ކަޑަ ކެބިނެޓެއް، އެއްވެސް ހިންގުމުގެ ތަޖުރިބާނެތް ބޯތަކެއް، ދީދީ ހާދަ ކަޑަ ސަރުކާރެއްދޯ

    16
    1
  24. އަހްމަދު

    ރޯގާތަކާ ބަލިތަކާ ރާއްޖޭގައި ފެތުރެމުންދާއިރު ރައީސްސޯލިހު އުޅުއްވަނީ ކުޅިވަރު ކުރިއަރުވަން ރާއްޖޭންބޭރުގާ. އޭރުންނޫންތޯ ކުދިންގެ ސިއްހަތު ރަނގަޅުވާނީ.

    14
    1
  25. އަހުމަދު

    މަނިކުފާނު ނޫންތޯ ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ކަން ކުރުމަކީ ފެންފުޅިއެއް ބޯލުން ކަހަލަ ކަމެކޭ.. ޕާޓީ ހިންގުމަކީ ދައްޕިލާ ނެގުން ކަހަލަ ކަމެކޭ... ދޮގު ހެދުން އެއީ ނޭވާލުން ކަހަލަ ކަމެކޭ... އޮޅުވާލުން އެއީ ކަރުކެހުން ކަހަަލަ ކަމެކޭ... މިމޭރުމުން ވާހަކަ ދައްކަވާފައި 3 އަހަރު ދުވަހު ދައުލަތުގެ އެންމެ ބޮޑު ވުޒާރާ ހިންގަން ލިބުމުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޚިޔާނަތް އޯޑިޓް ރިޕޯޓުން ފެންނަން އޮތް އިރު މަނިކުފާނުގެ މިނިސްޓަރ ކަމުގައި 400 ފަޅުރަށް އެމް ޑީ ޕީގެ އެކްޓިވިސްޓުންނަށް ހިބައިން ދެއްވީ ކުރެވުނު ކަމެއް ނެތް ދަނޑުވެރިން މަސްވެރިން ތިބީ .... ސަހަރޯ ގޮވަގޮވާ ހަނިވާދޫ އެގްރިކަލް ޗަރ ސެންޓަރ ވެސް ބަންދު ކުރަން އޭރު ޖެހުނީ ބޮޑު މޮހޮރާ މަނިޔަ ފުށި ދެން ކިޔާނެ ކަމެއް ނެތް މިއަދު ނުކުމެ އެހެން މީހުންނަށް މިނިސްޓަރ ކަމެއް ނުކުރެވެއޭ ... ތިމާގެ ބައްޕަ އަށް ހެދިގޮތްވެސް ބައްޕަގެ ދުލުން ދުނިޔޭގައި ހުރެ ކިޔައިދިނީ ނިޔާވީވެސް ކިހާ ހިތާމަ ހުރި ގޮތަކަށް ތޯ އެ މަރުވެސް ތަހުގީގް ކުރަން ޖެހޭ ...ގޭގެ ބެލްކެނިން ވެއްޓުނީ....

    17
    1
  26. ނިކަމެއްޗެއް

    ވަރަށްވެސް ބޮޑުތެދެއް ސިއްހީދާއިރާއިން އެއްވެސް އިލްމެއް ލިބިފައިނެތް، ނާޤާބިލް މީހަކަށް މިފަދަ މުޙިއްމު ދާއިރާއެއް ހަވާލުކުރުމުންވާނެ ގޮތް މިވަނީ.....މިދުވަސްވަރު މިރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއް މިވަނީފުރިފައި........ބަލިތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ އެއްވެސް ކަމެއް ނުފެނޭ...އަދި ކޮބާ ހޮސްޕިޓަލުންދޭ ޙިދުމަތްތައް އަވަސްކުރުމުގެ ގޮތުންވެސް އެއްވެސް ކަމެއްނުކުރޭ.......ޑޮކްޓަރަށް ދެއްކުމަށްޓަކައި ދެ ގަޑި ތިން ގަޑިއިރު ހޮސްޕިޓަލުގައި ތިބެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް..މިކަމުގެ ސަބަބުން ބަލިމީހާ އުފުލަންޖެހޭ ތަކުލީފް އިތުރަށްބޮޑުވޭ....

    15
  27. ކާފަ

    ޑީޑީ ދައްކަވާފައިހުރީ ހަގީގީ ވާހަކަ.

    13
    2
  28. މިއަދު

    މިއީ ކޯލިޝަން ސަރުކާރެއް މިސަރުކާރުގައި ވަޒީރުކަން ބަހާދީފައިހުރީ މީހާގް ވަނަވަރަށްބަލަފައެއްނޫން މީހެއްވިއްޔަ ބޮލެއްހުންނާނެކަން އެގޭތީ އެލްތްމިނިސްޓަރކަމުގެ މަޤަމަށްވެސް އައްޔަންކުރެއްވީ ބޮލެއް ހައުސިންމިނިސްޓަރަކަށްވެސް އައްޔަންކުރެއްވީ ބޮލެއް ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުވެސް އެކަމަށް ރަގަޅެއްނޫން އިސްލާމިކު މިނިސްޓަރވެސް ދުވެލިމަޑު މިއަހަރުގެ ރަމަޟަންމަހަށް ހުޅުވޭނެކަމަށް ޢިއުލާނުކުރި އެތަށްމިސްކިތެއްގެމަސައްކަތް އަދިވެސް ނުނިމެ ހުޅުވޭނެދުވަހެއް އަދިވެސް ނުއެގެ ރަމަޟާންމަސް ނިމިދިޔަތާ އެތަށްދުވަހެއްވެއްޖެ ރައިސްޔާމީނުގެ ސަރުކާރުގައި މަދު މިނިސްޓަރީތަކަކުން ގިނަ ޚިދުމަތްތަކެއް ދިންނަމަވެސް މިސަރުކާރުން މިއުޅެނީ ގިނަމިނިސްޓަރީތަކުންވެސް ޜައީއްޔަތުންނަށް ބޭނުންވާޚިދުމަތް ނުދެވިގެން އެހެންވެ ހަމަބުނެލަން ޖެހެނީ "ކޮބާނުވިއެއްނު"

  29. ޒުލްކިފްލު އާދަމް

    މިއަދު ރައީސް ޔާމީންގެ ޒަޢާމަތެއް އޮވެ ޢަބްދުﷲ ނާޒިމު ނުވަތަ ދުންޔާ ހެލްތުމިނިސްޓަރަކަށް ހުންނެވިނަމަ ދުނިޔެ އަންތަރީސްކޮށްލާފަދަ ކުރިއރުންތައް ރާއްޖޭގެ ޞިއްޙީނިޒާމަށް އޮތީހީ އައިސްފައެވެ. ހިތުގެ ބޮޑަތި ސާޖަރީތަކާ އެތެރެހަށީގެ ގުނަވަންތައް ބަދަލުކުރުމުގެ އޮޕްޭޝަންތައް މިހާރު އޮތީހީ ފެށިފައެވެ. ހުރިހާ ހޮސްޕިޓަލްތަކުގައި އެމްއާރުއޭ ހަދާ ސީޑީސްކޭންތައް އޮތީހީ ފެށިފައެވެ. ރައީސް ޔާމީންގެ ފެނިދިޔަ ޒަޢާމަތަކީ އަޑުތައްނީއްވާ ކަންކޮށްނިންމާލި މޮޅު ޒަޢާމަތެކެވެ. ޑަބްލިއު އެޗް އޯވެސް ޙައިރާންކުރުވަނިގޮތުގައި ކުރިއަރަމުންއައި ދިވެހ ޤަވްމު އިނދަޖައްސައިލީ ދިވެހިންގެ އަތްތަކުންނެވެ. ދެން ދެއަތް ފަޅައިގެންދާވަރަށް ބާރަށް އަތްޖަހާށެވެ.

  30. ޗަންކީ

    ކަމެއް ކުރަން ނޭގުނަސް އެބަކުރެވޭންނު ދެން އޯކޭ

  31. މުހައްމަދް

    އަމީން ރަނގަޅުވާނީ މޮލު ވާހަކަދައްކަން ބަހައްޓަން. ކުފޫ ހަމަނުވޭ. އައި.ޖީ.އެމް ހޮސްޕިޓަލް ތިމަންމަނިކުފާނާ ބެހޭ ތަނެއް ނޫނޭ ދެން ކާކާ ބެހެނީ

  32. ޑީޑީ

    ޑރ ޑީޑީ އަށް ސްލޮޓެއް ނެތީދެއްތޯ؟