ޑީއާރުޕީގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހޮވައިފިއެވެ.

ޑީއާރްޕީގެ ތަރުޖަމާނު ވިދާޅުވީ، މިއަދުން ފެށިގެން އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ޖާބިރު ހޮވާ ފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެން ކަމަށެވެ.

ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ހޮވައިފިއެވެ.

ޖާބިރު ޑީއާރުޕީއަށް ސޮއި ކުރެއްވީ މިރޭގެ ވަގުތެއްގައި ވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ލީޑަރު ކާނަލް ކުރިން ވިދާޅުވެފައި ވަނީ ޖާބިރު އާއި އެކު އިތުރު މަޖިލިސް މެންބަރުން ތަކެއްވެސް ޑީއާރްޕީ އަށް ސޮއި ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ. ނަމަވެސް މިރޭ އިތުރު މަޖިލިސް މެންބަރު ޑީއާރުޕީއަށް ސޮއި ކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ އިތުރު މެންބަރަކު ޑީއާރްޕީ އަށް އަދި ސޮއި ނުކުރެއްވި ނަމަވެސް ހައެއްކަ މެމްބަރުންނާއި ޑީއާރްޕީ އިން މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެމެންބަރުން ވަރަށް އަވަހަށް ޑީއާރްޕީ އަށް ސޮއި ކުރުމަށް އެއްބަސްވުމަކަށް އަންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޑީއާރްޕީ އަކީ މިހާރު މިއޮތް ސިޔާސީ ޕާޓީގެ ނިޒާމްގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނަވައިގެން 2005 ވަނަ އަހަރު ޑީއާރްޕީ އުފައްދަވާ އެންމެ މެންބަރުން ގިނަ ޕާޓީއަށް އެޕާޓީ ހެއްދެވިއެވެ. ނަމަވެސް 2011 ވަނަ އަހަރު މައުމޫން ޑީއާރްޕީ ދޫކޮށްލެއްވުމާއި އެކު ޕާޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދުހަސީބު

    ބަލަނ ބޭނުން ވަނީ ކާނަލް ގެ އަތްމަތި މިހާރު ވަނީ ތަނަވަސްވެފައި ތޯ ނުވަތަ އެކައުންޓަށް ފައިސާއެއް ވަނީ ތޯ؟

    17
    3
  2. ހުސޭނުބޭ

    ދެން ޑީއާރުޕީއަށް ވަދެވޭނީވެސް ކޭބަލް ކާރުގައިދޯ!

  3. ނޫރު

    ޖާބެ މަރުހަބާ، ޖާބިރުއަށް ކެރޭނެ، މިވައްތަރު ޑިމޮކްރެސީގައި ފޯވާޑަށް ކުޅެވޭނީ މިފަދަ ހަރުކަށި ހަރުދަނާ ކުޅުން ކުޅޭ ފައިސާވެރިންނަށް، އެންމެންވެސް ހަދަނީ ޑީލް ވައިނޮޓް ހިމް. 2023 ރިޔާސީރޭހަށް ތައްޔާރުވުމަށް ރަގަޅު ސިޔާސީ މީހުން ހޯއްދަވާ، ދަހިވެތިވެ ތިބެގެން ސިޔާސީ ކަންކަމަށް އިންވެސްޓް ނުކުރެވޭނެ.

    • ސައިމާ

      ޖާއަށް ކަމެއްކުރެވުނު ކަމަށްވާނީ އެމްޑީޕީން 10 ވަރަކަށް މެމްބަރުން ގެންދެވުނިއްޔާ. އޭރުން އިދިކޮޅު ކޯލިޝަނެއް ފެނިގެންދާނީ. މަޖިލިސް ޖަވާބުދާރީ ކުރެވޭނީ އޭރުން.

      2
      1
  4. ކަރީމްހާން

    އައްސުލްޠާން ދެބަންދިހާރު ސިރީ ކަނޑަނާދީއްތަ ހޮނޑައިދޫ ވެލިކާ މަހާރަދުން. ތީ ޑީއާރުޕީ ކުދިންނަށްލިބުނު ރަންގަނޑަށް. ދުނިޔޭގެ ފަންވަރުގެ ލީޑަރެއް. އަންނަ ދައުރުގަ ޑީއާރުޕީ ކާނަލަށް ނައިބުރައީސްކަން ލިބޭނެ އެންމެ ބޮޑު ވަޞީލަތް. (އަޖައިބެއްފަހެ ނުވާނެތަ)

  5. މަލިކާ

    ތިޔަ ޑރޕ ފުންޑުނީ

  6. މަނިކ

    އަޑިންނާ މަތިންނާ ގުޅުނީ