ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބޭއްވުމަށް ޖަމްޢިއްޔަތުއް ސަލަފުން ނިންމައިފިއެވެ.
"ޕެރިލްސް އޮފް ޓެރަރިޒަމް" ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މަޤުޞަދަކީ ޓެރަރިޒަމްގެ ނުރައްކާތެރިކަން ޢާންމުންނަށް ހާމަކޮށްދިނުމާއި، މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ މި މައުޟޫޢާ ގުޅުންހުރި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދިނުން ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.
އަދި އިސްލާމްދީނުގެ ނަމުގައި އެކިއެކި ޖަމާޢަތްތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ އިސްލާމް ދީނުގައި އެކަމަށް އެއްވެސް ޙުއްޖަތެއް އޮވެގެން ހިންގާ ޢަމަލުތަކެއް ނޫންކަން މީސްތަކުންނަށް ހާމަކޮށްދިނުމަކީ ވެސް ފޯރަމް ބޭއްވުމުގެ މަޤުޞަދެއް ކަމަށް ފޯރަމް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.
މި ފޯރަމް އާއި ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިވަނީ ވީޑިޔޯ މެސެއްޖްތަކެއް ލޯންޗް ކޮށްފައި، މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކާއި ތާރީޚު، ކައިރި މުސްތަޤުބަލެއްގައި ހާމަކުރާނަން އިންޝާﷲ. އަދި "ސަލަފް އެންޓި ޓެރަރިޒަމް ކެންޕެއިން" ގެ މެސެޖްތައް ޖަމްޢިއްޔާގެ މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ގެނެސްދޭނަން އިންޝާﷲ." އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.
ފޯރަމަށް ތައްޔާރުވުމުގެ ގޮތުން ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ވީޑިއޯ ކްލިޕްތަކެއް މިހާރުދަނީ ނެރެމުންނެވެ. ތަފާތު ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ މި ވީޑިއޯ ކްލިޕްތައް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް އަދި ޖަމްޢިއްޔަތުއްސަލަފުގެ ޕަބްލިކް ވައިބާގްރޫޕުންދަނީ ރިލީޒް ކުރަމުންނެވެ. މީގެކުރިންވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސަލަފް ފޯރަމްގެ ޒަރީއާއިން މުހިންމު އެތައް މަޢުލޫމާތުތަކެއްވަނީ ގެނެސްދީފައެވެ.
PERILS OF TERRORISM - Sheikh Nimal Muhammadhhttps://t.co/XpgU9iaDYq pic.twitter.com/D723WbWheN
— 𝐉𝐀𝐌𝐈𝐘𝐘𝐀𝐓𝐇 𝐒𝐀𝐋𝐀𝐅 (@JAMIYYATHSALAF) July 24, 2019
މިފަހަރުގެ ފޯރަމްގައިވެސް ދީނީ ޢިލްމުވެރިންގެ އަގުހުރި މަޢުލޫމާތުތަކެއް ގެނެސްދޭނެއެވެ.
މިޖެހުނީ ބޮތުތާ ކީއްކުރާނީ لَكُمْ دِينُكُمْ وَلِيَ دِينِ
ކަލޭމެން ދެން ކޮން ޓެރެރިޒަމެކޭ ކިޔާކައް. ފަހެ، ކަލޭމެނީ ދިވެހިންގެ ތެރޭ އަގުވެއްޓި، ދިވެހި އަހުންނާއި އުހުތުން އެންމެގިނައިން ސީރިޔާއައް ހަނގުރާމަކުރަން ފޮނުވާ އެންމެ ބޮޑު ދިވެހި ނިރުބަވެރި ޖަމާއަތް. ދެން ކޮންމެހެން މަތި އޮމާންކުރަން ސަލާންޖަހާނެ ކަމެއް ނެތް.
މުހައްމަދު ހަސަނުގެ ބައިގަނޑަށް ހަޖަމެއްނުވި ދޯ. އިށްމީ އަށް ވަރަށް ސަލާން
ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާ ސަލަފުން ގެ މަތިވެރި މަސައްކަތުގައި ބަރަކާތް ލައްވާށި
ދީނީ އިލްމް ވެރިންގެ އަގު ވައްޓާލަން ކޮމެންޓް ނުކުރައްވާ އެޖަމުއްޔާގެ އިސްމީހުން އަބަދުވެސް ބުނަމުން ދަނީ ހަރުކަށި އަމަލުތަކާ ދެކޮޅުކަމުގައި އަނެއްކާ ސާބިތު ނުހުފޭ ގޮތަށް ބަޔެއްގެ ބޮލުގައިތިވަރު އިލްޒާމް ނާޅުވާ
ތިޔަކަމަށް އެންމެ އެކަށީގެންވާނީ ކަލޭމެން. އެމެރިކާގެ ޓުވިން ޓަވަރުން ފެށިގެން ކޮލޮމްބޯ ގޮއްވާލުމުގައި ހަރަކާތްތެރިވެފައި ތިބި މީހުންނަށް ޓެރަރިޒަމް އަކީ ކޮބައިކަން ބޮޑަށް އެނގޭނީ. މަރުހަބާ. މާޝާﷲ
ތި ސަލަފިއްޔާ ޖަމާއަތަކީ ފިކުރީ ހަނގުރާމައަށް ވ.މޮޅުބައެއް! އެމީހުންނަށް މިހާރު ޔަޤީންވެއްޖެ އެމްޑީޕީއޭ ކިޔުނު ޖަމާޢަތް ފަހަރަކު ކިއްލާއެއް ފަތަހަކުރަމުންގޮސް މުޅި ޖަޒީރާއެއްކޮށް އެމީހުންގެ މުށުގެ ތެރެއަށް ލައިފިކަން. އަދި މިހާރު ލަޝްކަރު ވަށާލައިގެން ތިބީ އަދުލުއިންސާފުގެކިއްލާގެ ކައިރީގަކަން. އަދި އެތަންވެސްވަނީ އެމީހުންގެ ބާރުގެދަށަށްގެނެސްފަކަން. އަނެއްކޮޅުން އާލުސުޢޫދުންގެވެސް މިހާރުގެންގުޅޭ އުކުޅުތައްބަދަލު ކުރަންފަށައިފިކަން. އެހެންކަމުން މިހާރު މިޤަޢުމުގަ ފައިތިލަ ސާބިތުކުރެވޭނެ ހަމައެކަނިގޮތަކީ މިބުނާއެމްޑީޕީއޭ ކިޔުނު ޖަމާއަތާއެއްކޮށް ކޮންމެވެސް ފާޑެއްގެ ސުލްހަނާމާއަކަށް އެއްބަސްވެވިގެންކަން. ސަލަފުން މިފަހަރު ފަހަތައް ފިޔަވަޅެއް އެޅިޔަސް ރޯޅިދަމާލާގަޑީގަ ތިމީހުންގެ މުލައްދަނޑިތަކުގަހުރިވަރު އަދިދައްކާލާނެ!
ﷲއަކްބަރު ޖަމްޢިއްޔަތުއްސަލަފްގެ ޝިޢާރު ފުރަތަމަ އަޑު އަހާ އެއައްފަހު ވާހަކަ ދައްކަަވާ ސަލަފުގެ ޝިޢާރަކީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅު
ތިޔަ ސެލެޑު ސޭކުން ފުރަތަމަ ތޯޤޫތަށް ކާފަރުވެ ބަލަ.ކޮން ޓެރަރިޒަމެކޭ ކިޔާކައް
ސަލަފުންނަކީ މަގުފުރެދިފަ ތިބި ބައެއް. ރަސޫލާ އަވަހާރަވި ފަހުން ޖަމަލު ހަނގުރާމަ އަދި ސިއްފީން ހަނގުރާމަ ހިނގީ މުސްލިމުންނާ މުސްލިމުންނާ ދެމެދު . މި ހާޖާނު ގަނޑުގެ ތެރޭން އިސްލާމްދީން ނަގައިގެން އުޅޭ ބައެއް ސަލަފުންނަކީ އަބަދުވެސް މިވެރިން މުސްލިމުންގެ ތެރެއިން ބަޔަކު ކާފަރުކޮށް ކޮށް ތިބޭނީ .