މަރުގެ ހުކުމާއި މެދު ސަރުކާތުގެ ސިޔާސަތު ސާފު ކުރަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރައްވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލިސް އަށް ހުށައަޅައިފިއެވެ.

މަރުގެ ހުކުމާއި މެދު ސަރުކާތުގެ ސިޔާސަތު ސާފު ކުރަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރައްވަން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލިސް އަށް ހުށައެޅިއިރު ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ އިން ވަނީ ބުނެފައެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރަށް ކެރޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރުވެސް މި ކަން ތަންފީޒެއް ނުކުރެއެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ މައްސަލައިގަ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލާއި އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.