އެމްޑީޕީގެ ސަރުކާރު ވެރިކަމުން ވައްޓާލެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ (ވެރިކަން) ވައްޓާލެވިދާނެ. ނަމަވެސް އެނބުރި އައިސް ހަމަ މިވާހަކަ އަނެއްކާވެސް ދައްކާނަން." ކަމަށެވެ.
ވެރިކަން ވައްޓާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވީ ބެލެވޭ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިންނަށް އިޝާރާތް ކުރައްވައެވެ. ނަޝީދު ވިދާޅުވީ ރަސްމިއްޔާތުގެ ދައުވަތު އެމަނިކުފާނަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ކަމަށް ވާތީ ކަމަށާއި ނަމަވެސް ޖަލްސާ އަށް ވަޑައިގެން މިހުރީ "އެމްޑީޕީގެ ރައީސް" ކަމަށެވެ.
"ތަކުރާރުކޮށް ދައްކަން އޮތީވެސް ހަމަ އެއްވާހަަކައެއް. އެއީ ޖީބަށް ވަންނަން އެއްޗެއް އިތުރުވާން އެބަޖެހޭ ވާހަކަ، އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ދައްކާ ވާހަކައަކީ އެމަނިކުފާނު ނެތިވެސް ހިނގައިދާނެ ކަމަށާއި އެހެންނަމަވެސް، ދަރިންވެސް އަންނަން ތިބިކަމަށާއި ކުރިއަށް ޖީލުތަކެއްވެސް އަންނަން އެބަހުރި ކަަމަށެވެ.
"ދިވެހި ރައްޔިތުން އުއްމީދު ކުރާ ރާއްޖެއެެއް، ދިވެހިންނަށް ހޯދައިދޭނީ މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއިން އެޖެންޑާ 19 އެކުލަވާލައި، އަލުން ވެރިކަން ހޯދީ ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި ރައްޔިތު މީހާގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކޮށްދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރާއްޖެ އަކީ ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމަކަށް ވާއިރު މިގައުމު ތަރައްގީ ކުރަންޖެހޭނީ އެ އުސޫލުން ކަމަށެވެ. ރަށްތައް އެންމެ ފުރިހަމަ އަށް ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އެއީ، މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕން ރާއްޖޭގެ ރައްޔިތުންނަށް ހޯދައި ދޭން ބޭނުންވާ ހައްގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ރައީސްގެ ގޮނޑިއަށް އަރާ އެމްޑީޕީގެ ރައީސް އިންނަންވީ ސަބަބެއް ނެތޭ. ފޮނިކަމުން ގޮސް މޮޅެތި ވާހަކަ ދައްކަން ހަދައިގެން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ކަނޑުކޮހެއް.
ޔަގީން ކޮސްކަލޭގެއަށް ބިރުވެތިކަމުގެ ހުވަފެނެއް ފެނުނީކަމަށް ވާނީ، ވެރިކަން ވެއްޓިދާނެތީ ބިރުވެސް ގަނޭ، ފަނޑިޔާރުންނަށް ބަލާވެރިކަން ޖައްސަނީ އެހެންވެދޯ، މަކަރުވެރި ހިޔަޅެއް.
އެއްއަހަރާ އަށްމަސް ވަންދެން ތެޅިލާ! އޭގެފަހުން ވެއްޓޭނެ!
ނަޝީދު ތިޔަ އުޅުއްވަނީ އޮޅިވަޑައިގެން. ވެރިކަން ގެނައީ އޭޖެންޑާ 19 އެއް އޮވެގެނެއް ނޫން. އޭޖެންޑާ 19 އަކީ އިއްތިހާދުގެ މެނިފެސްޓޯ ފުނޑާލަން ނަޝީދު ނެރުނު ހީލަތްތެރި ފަލްސަފާކަން ނޭގޭ ދިވެއްސެއް ބޭރުމީހެއް ބޮޑުމީހެއް އަދި ކުޑަކުއްޖެއް ވެސް ނެތް. ނަޝީދުއަށް ހީވަނީތޯ މިހާރު މިހިންގަނީ ނަޝީދު މަޖިލިސް ރައީސްކަމުގައި އިނދެގެން ހިންގަން ހިތުގައަޅައިގެން ތިޔައުޅޭ ގަޑުބަޑު ބަރުލަމަނީ ބޭގަރާރު ވެރިކަމެކޭ. ނޫން! މިހިނގަނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން އިންތިޚާބް ކުރި ރައީސް އިބްރާހިމް މުހައްމަދް ސޯލިހުގެ އިއްތިހާދުގެ ފުރިހަމަ ރިޔާސީ ވެރިކަމެއް. މިވެރިކަން ވައްޓާކަށް ދިވެހިން ނޫޅޭ. މަނިކުފާނުގެ ދަރީންނާއި އޭޖެންޑާ 19ގެ އައުވާނުން އެމބުރި އަނާނެވާހަކަ ދައްކާނެ ޖާގައެއްވެސް މިހާރަކު ނެތް. ދިވެހިން މަނިކުފާނަށް ނޫނެކޭ ބުނެ ސަލާމް ބުނިތާ އެތައް އަހަރެއް ވެއްޖެ. ދިވެހިންގެ މިވެރިކަން ދަމަހައްޓާނީ ދިވެހިން. ދިވެހިންގެ އިއްތިހާދުި މިވެރިކަމާ ތޮޅެން ތިޔައުޅުއްވަނީ މަނިކުފާނު. ދިވެހިންގެ މި އަޒުމެއް ނުގުޑާނެ. ދިވެހިން މިތިބީ ނަޝީދައްވުރެ އިސްކޮޅުން ދިގުވާން އަތުކުރި އޮޅާލައިގެން ރައީސް ސޯލިހު ގެ ފަހަތްޕުޅުގައި ސާބިތުކަންމަތީގައި.
މަހުޖަނުންނާއި ބަޤާވާތުގެ ބައިވެރިންނާއި ވަގުންގެ ސިކުޑީގައި އަނެއްކާވެސް ބަޤާވާތް ކުރުމުގެ ފިކުރާއި ދިގު ދެމިގެންދާ ހުވަފެން ދެކެމުން ދިއުމަކީ މީހުން ދައްކާ ވާހަކަ ފަހުމުނުވާ ކަމެއްކަމަށް ވީހިނދު ވަށައިގެންތިބެ އަތްޖަހަން ޖެހޭ ކަމެއްނޫން!
ނަޝީދުގެ ވާހަކައިގެ ތެރެއިން "އަޅުގަނޑުމެންގެ (ވެރިކަން) ވައްޓާލެވިދާނެ. ނަމަވެސް އެނބުރި އައިސް ހަމަ މިވާހަކަ އަނެއްކާވެސް ދައްކާނަން." ބުނެފާ އެވަނީ މަޤާވާތް ކޮށްގެން ވެރިކަން ވައްޓާލީމާ ރައްޔިތުންގެ ތާއީދާއެކު ރައީސްކަމާއި މަޖުލިހުގެ ގޮޑިތައް ސާފު އަޣުލަބިއްޔަތުން ނަޝީދުމެންގެ ޕާޓީއަށް ލިބުނު ވާހަކަ! ދެންވެސް ގަހެއްގެ ބުޑަށްވަދެ ފިނިކޮށްލައިގެން ހަމަ ވިސްނުން ވިސްނޭތޯ ބަލަމުން އަތްޖަހާ!
އެއީ ރަގަޅުވާހަކައެއް ކުރިންވެސް ވައްޓާލި މިހާރު އެތިބީ އަރާ ؟
ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކީ ފަތުރުވެރިކަން ބޮއިކޮޓް ގޮވާލާފައި ހުރި މީހެއް ދޯ!
ރައީސް ނަޝީދު ގެ އެބަހުރި ރައްޔިތުން މޮޔަހެއްދުމުގެ ހިތްވަރު، ރައީސް މައުމޫން ގެ އެބަހުރި ރައްޔިތުންނަށް 30 އަހަރު އޮޅުވާލުގެ ހިތްވަރު، އަދި ރައީސް ޔާމިން އެބަހުރި ބިނާ ކުރަނިވި ތަރައްޤީގެ ހިތްވަރު
ކަލޭ ހިއްސާވާ ހުރިހާ އެއްޗެއް އަމިއްލައަށް ވެއްޠޭނެ.. އެއީ ކަލޭ ތިއީ ސުންޕާ މީހެއް ކަމުން
ރައީސް ނަޝީދުގެ އެބަހުރި ރައްޔިތުން މޮޔަހެއްދުމުގެ ހިތްވަރު، ރައީސް މައުމޫން އެބަހުރި 30 އަހަރު އޮޅުވާލުގެ ހިތްވަރު، ރައީސް ޔާމިން އެބަހުރި ބިނާ ކުރަނިވި ތަރައްޤީގެ ހިތްވަރު
މިހާރު ތިތިބީ މުގޫ އަތުން ދޫވެފައި އިރާދަކުރެއްވިއްޔާ ދެން ފެންނާނީ ތިވެރިކަން ވެއްޓިފައި ވަނިކޮށް
އަލީވަަަަަަހީދު ރަސްމީކޮށް ލެޕްޓޮޕް ތިޔޮތީ ހަވާކުކޮށްފައި ޤާސިމް ހެކިކޮށް މިފެށޭ ހާމަފްތާގައި ފަޅުރަށެއް ހަވާލުކުރާނެ ދެން ޤައުމުހިންގަދީ މީނަ މައުމޫން ވެރިކަމުން ބާލަވެގެން ހެދި ދޮގު ހިތާމަކީ ނުބާކަންތަކައް ހިއްވަރު ދީ އިންޑިޔާއަަށް ޤައުމު ވިކިކަމުގައިވިޔަސް ވެރިކަމާއި ބާރައްޓަކައި ކުރާނެ ނުކުރާނެ ކަމެއްނޭގެނެއެވެ ގޮވާއިރުވެސް ނިކަމެތިއަޅުގަޑުމެންހަދާންނެތޭތީ
ޤާނޫނީ ހަމައިންބަލާމިންކޮށްފިނަމަ ނަޝީދަކީ ކުއްވެރިއެއްކަމަށް އަމިއްލައަށް އެއިޢުތިރާފްވީ މަޖިލިހުގެތެރއިންވެސް އަދި އެހެންމުއައްސަސާތަކުންވިއަސް މިކަންބަލާ މިހާރުންމިހާރަށް ފިޔަވަޅުއަޅަންޖެހޭނެ ފަތުރުވެރިކަމުގެ ދުވަސްފާހަގަކުރަން ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ބޭއްވި ޖަލްސާއަކަށް އޮޅުވާލައިގެންގޮސް އެޖަލްސާ ޝަރަފްވެރިކޮށްދިނުމަކީ ނަޝީދު ކުރިކުށެއްއެހެންވީމަ ދަޢުލަތުގެއެފަދަ މަޤާމެއްގައިހުރި މީހަކު އަދި އެއަށްވުރެބޮޑެތި އޮޅުވާލުންތައްވެސް އޮޅުވާލަފާނެކަމަށްޤަބޫލުކުރެވޭތީ މީނާއާއިމެދު ފިޔަވަޅުއެޅުމަށްގޮވާލަން އަދި މީނާގެ މައްޗަށް އިތުބަރުނެތްކަމުގެ ވޯޓެއްނަގާ މަޖިލިހުގެރައިސްކަމުން ދުރުކުރުމަށް ގޮވާލަން މިކަމުގެ ޤަރާރެއް ހުސައަޅަންކެރޭނެ ހަމައެކަނި ބޭފުޅަކީ ކާށިދޫ ދާއިރާގެ ހީވާގި މެމްބަރ ޢަބުދުﷲ ޖާބިރުނޫން ބޭފުޅަކު ތިމަޖިލިހުގައި ނުވެސް ނެތްމިކަން ކުރުމަށް އަޅުގަނޑު ޖާބިރުގެ ކިބައިން އެދެން
ޖީބަށްވެސް އެއްޗެއްނޭޅޭނެ، ރޭގަ ތިކުރިކަމަކީ މީނާގެ ކެމްޕޭން ލޯންޗްކުރުން. 2023 އަށް ތައްޔާރުވާންވެގެން ކުރިކަމެއް
އަލީ ވަހީދޫ. ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވާލި މީހަކު ގެނެސް ޝަރަފުވެރި މެހުމާނަކަށް ތިޔަ ހެދީ ޤައުމަށް ކުރި މަލާމާތެއްގެ ގޮތުގައިބާ. ނޫނީ ތަސައްރަފު ނުފުދޭތީބާ. ނޫނީ ކޮށްފަ ނުކުރާނެކަމެއް ނެނގޭތީބާ. ހީވަނީ އަންނިދެކެ ބިރުންކުރި ކަމެއްހެން.
އެމްޑީޕީ ގެ ރައީސަކަށް މިވެރިކަމެއް ވައްޓައެއް ނުލެވޭނެ. މިއީ އެމްޑީޕީ އަކަށް ރައްޔިތުން ދިންވެރިކަމެއްނޫން. ގުޅިފައި އޮތް ކޯލިޝަނަކަށް ރައްޔިތުން ދިން ވޯޓެއް. އެކޯލިޝަނުން ހޮވީ އިބްރާހީމް މުޙައްމަދު ޞާލިޙު(އިބޫ).ނަޝީދު ތިހިރީ މޮޔަފުޅުވެފައި.ރައްޔިތުންގެ މަޖްލީސްގެ މެޖޯރިޓީ އޮތީތީވެ ވެރިކަން ވެއްޓިދާނެ. އެކމަކު މިއީ ނަޝީދަކަށް ރައްޔިތުން ދިންވެރިކަމެއްނޫން. ނަޝީދު އާ ދެކޮޅު މީހުންވެސް މިވެރިކަމަށް ވޯޓް ދިން.
އެއީ ކޮންގޮތަކުންބާ އެމްޑީޕީގެ ރައީސައްވީ ކޮންގްރެސް ބާއްވައިގެން އަސާސީ ޤަވާޢިދައްބަދަލުގެނައީތަ އޮޅުވާލަންނޫޅޭ އަދިމިވަޤުތަކު އެހައިސިއްޔަތެއްލިބޭކައްނެތް ދިވެހިރާއްޖޭގެ ރައީސަކީވެސް އެމްޑީޕީގެރައީސަކީވެސް ރައީސް އިބުރާހިމް މުޙައްމަދު ސޯލިޙް އެއީޕާޓީ ވެރިކަކަމުގައޮތީމަ އަދިވެސް އެހެންމީހުންނައް ތެދައްވާހަކަ ދައްކަންއަންގާތި
އޭމހިރަބުރާންޗާ ކަލެއަކައްރައްޔަތުގެ
ޖީބެއް ފުރައެއްނުދެވޭނެ ކަލޭމެންގެޖީބު
އެކަނިބޮނޑު ވާނީ ލަދެއްނުގަނެއެއްނު
ހާދަ ހާހަ ޔާތްކުނޑަވާހަކަ ދައްކާގޮލައެ
ކޭމީ ތިވެރިކަންވައްޓާ ލާނީތިސަރުކާރުގެތެރެއިން
އެކަންކަލޯއައް އެކަންއަދިފެންނާނެ ހަދާންއެބަހު
ރިތޯ؟ ދެންވެއްޓިއްޖިއްޔާ މިގައުމައްދެމްނޭރޭނެ
ކަންހިތްތައަރުވާލާ؟ ސޭޓައްއެއްލިގަލެއް
ސޭޓު ކީތްކުރާނީ މިއަދު ސޭޓުއަންހެނުން
ސޭޓައްވުރެންޅަ ކުއްޖަކުފެނިފަހޭބަލިވެފާ؟؟؟
Bala MDP ge raees Meehaa
akee MDP ge faraathun hovifa hunna gaumuge raees noon tho
"އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން." ނަޝީދު ވިދާޅުވިއެވެ."މިއިންވެސް އެނގެނީ ބޮޑާކަމާއި ކިބުރުވެރިކަން.ތިމާ ދަންނަންޖެހެއެވެ.ހިތަށް އެރިހާގޮތަކަށް ހިތަށް އެރިހާ ގޮތެއް ނެހެދޭއެވެ.