ރަސްރަނި ބަގީޗާގެ ނަން، އަނެއްކާވެސް ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށްފައެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ސަލްޓަން ޕާކް ނަމަކީ ތާރީޚީ ގޮތުން އެތަނާއި ގުޅުމެއް ހުރި ނަމެއް ނޫންކަން ހާމަކުރައްވާ، އެޕާކްގެ ތާރީޚް ވެސް ހާމަ ކުރައްވާފައެވެ.

މުއިއްޒު ހާމަކުރެއްވި މައުލޫމާތުތައް ބުނާ ގޮތުން އެސަރަހައްދުގައި ހުރި ގަނޑުވަރުގެ މަތިގެ ރޫޅާލުމުގެ މަސައްކަތް ފެށީ 1969 ވަނަ އަހަރުގެ މާޗް 16 ވަނަ ދުވަހު އެވެ. ސަލްޓަން ޕާކްގެ ނަމުގައި އެ ޕާކް ހުޅުވީ 1972 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރި ޕާކްތަކަށް ނަން ކިއުމުގައި ސަރުކާރުން ބެލީ ވީހާ ވެސް ދިވެހިވަންތަ ތާރީޚް އާލާވާ ނަންތައް ކިޔަން ކަމަށެވެ. އޭގެތެރޭގައި ރާވެރިބޭ މައިޒާނާއި ހިއްތަން މައިޒާނާއި ރެހެންދި މައިޒާނާއި އިސްކަނދަރު މައިޒާންގެ އިތުރުން ރަސްފަންނު މައިޒާން ހިމެނޭ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކުރީ ކޮން ތާރީޚެއް އާލާކުރަންތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.

"ނަމާ އެއްކޮށް، އެ ނަން ކީ އިރު އެތަން އޮތް ގޮތަށް ތަން ވެސް ބަދަލު ކުރަންވީ ނޫންތޯ؟ ދިވެހި ބަހާ ތަނުގެ ތާރީޚް ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނޫން ނަމަކުންތޯ؟" މުއިއްޒު ވިދާޅުވި އެވެ.

ރަސްރަނި ބަގީޗާގެ ނަމުގައި ޔާމީންގެ ވެރިކަމުގައި އެ ބަގީޗާ ހުޅުވިއިރު ވަނީ އިންގިލާބީ ބަދަލުތަކެއް އެތަނަށް ގެނެސްފައެވެ. އެ ބަގީޗާ އަކީ މިހާރު މާލޭގައި އޮތް އެންމެ ރީތި، އަދި އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ބަގީޗާ އެވެ.

ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކްގެ ނަމަށް ބަދަލު ކުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖުމާލް

    ނަން ބަދަލު ކުރީމަ ތަން ބަދަލުވޭތަ އަޅެ މޮޔަވެފައިތަ މިތިބީ ކިތަންމެ ވަރަކަށް ތަންތަނުގެ ނަން ބަދަލު ކަރަމުން ދުވިއަސް ޔާމީން ވެރިކަމުގައި ހެދި ތަނަކަށް ނޫނީ ނުވާނެ މުޅި ޤައުމު އިނދަޖައްސައިފި... ވާކަމެއް ހަރާމް ވާނެކަމެއްވެސްނެތް . ކުރެވޭނެ ކަމެއްވެސްނެތް

    68
    6
  2. އާދަނު

    މިމީހުން ނުކުރާނެ ބޯހަމަޖެހޭ މީހުންކުރާބާވަރުގެ އެއްވެސް ކަމެއް. ސިފާ އުޅެނީ ހިތްފުރޭވަރަށް ބަދަލު ނުހިފިގެން އުތަ!

    61
    5
  3. މަރީ

    މިސަރުކާރުން ހާވާހަޑިއަކީ ކުރީސަރުކާރުން ކޮށްފަހުރި މަސައްކައް ނައްތާލެވޭތޯ ބެލުން.

    62
    6
  4. ޒަބީބު

    ފަހަތުން އެފެންނަނީ ސުލްތާން އުޅުއްވި މަތިގެ. އެއީ ދިވެހި ތާރީޚްގެ ރަސްކަންތަކާއި ގުޅޭ ތަރިކަތަކުގެ ތެރެއިން އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދެވޭ އެންމެ މުހިއްމު އެއް ބިނާ. ރާއްޖޭގައި މިހާރު އޮތް ދޮށީ އުމުރުގެ ޖީލާއި، މެދުއުމުރުގެ ޖީލާއި ކީއްކުރަން އެކިޔާ މިލެނިއަލް ޖީލްވެސް ސުލްތާން ޕާކް ނުވަތަ ސަލްޓަން ޕާކް ދަންނަނީ އެނަމުގައި. ރާއްޖޭގެ އާސާރީ ތަރިކައިގެ އެންމެ ބޮޑު އެއްބަޔަކީ ރާއްޖޭގައި ހިނގާ ގޮސްފައިވާ ވިރާސީ ވެރިކަންތައް. އެފަދަ ރަސްކަމެއް ޤާއިމުކުރުމުގެ ވިސްނުމުގައި އެތާރީޚް އޮޅުވާލައި ނެތިކޮށްލައި ތިމާގެ ވެރިކަމުގެ ތާރީޚް އެކަނި ދައްކުވައިދޭތަނަކަށް އެތަން ބަދަލުކުރުމުގެ ވިސްނުމުގައި އެތަނުގެ ނަން ބަދަލުކުރުން ދިވެހި ރައްޔިތުން ޤަބޫލެއް ނުކުރާނެ. އެތަނަށް ކިޔަންޖެހޭ ނަމަށް މިހާރު އެބަދަލުކުރީ.

    13
    51
  5. ޗުންޗުން.

    މިއަށް ވުރެން ޙަސަދަވެރިން ތިބި ސަރުކާރެއް އަދި މިދިވެހި ވުޖޫދެއް އުފަންނުވޭ. ހީވަނީ ތިމާމެންގެ މައިން ބަފައިންގެ ތަރިކަ މުދާބަޔަކު ނަގައިގެން އުޅެނީހެން.. ބަލަ މިދިވެހި ބިމަށް އުފަން ކޮންމެ މީހަކީ ދިވެހި ލޭހިނގާނެ. ރައްޔިތެއް. މިހާރު މިދިވެހިރާއްޖޭގައި ވެރިކަން ކުރަމުން މިދާ ޢާއިލާ މީހުންނޫނީ މިދިވެހިރާއްޖެ އަށް ޢައްދާރުވި އެއްވެސް ބަޔަކު މިދިވެހި ތާރީޚް ނުދެކޭ. މިދިވެހިރާއްޖޭގައި މީގެ ކުރީން ވެރިކަން ކޮށްފައި ތިބި މީހުން ދިވެހި ޤައުމަށް ޤައްދާރުވެ ދިވެހި ތާރީޚާ ދިވެހި ޘަޤާފަތް އުވާލަން މަސައްކަތް ކޮށްފައެއްނޯންނާނެ.މި ރާއްޖެ މިގޮތުގައި ބާއްވަން ކުރީގަ ހުރިހާ ވެރިކަމެއްގައި މަސައްކަތް ކުރި. އެމީހުން މަސައްކަތް ކުރީ އެކަން ދަމަހައްޓަން. ދިވެހި ރައްޔިތުންގެ ދީނާ އި ޘަޤާފަތާއި އެމީހުން އާދަ ކާދަ ދަމަހައްޓަން މަސައްކަތް ކުރި.އަދި އެކަން އަތްދަށުން ބީވެގެން ގޮސްދާނެތީވެ އެމީހުން ޕޯޗުގީޒުންނާއި ހަނގުރާމަ ކޮށް ބަލިކުރީވެސް.މަލާބާރީންނާއި ހަނަގުރާމަ ކޮށް ބަލިި ކުރީވެސް.ތަމަޅަ ޓައިގަރުންނާއި ހަނގުރާމަ ކޮށް ބަލިކުރީވެސް. 1 ފެބްރުއަރީ އެއް ގެންނަން މަސައްކަތް ކުރުމުންވެސް އެކަން ކާމިޔާބުނުވީވެސް އެއިރެއްގަ ވެރިކަމެއްގައި ހުންނަވާ ވެރިޔަކު ދިވެހިފަސްގަނަޑަށް ލޯބިވާތީ.މިހާރު ވެރިކަމުގައި ތިބި މީހުންނަކީ ކޮންބައެއްކަން ނުދަންނާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ. ވީމާ ކޮން ފޮންޏެއްކަނޑަން މިސަރުކާރުން މިއުޅެނީ.ތަންތަނުގެ ނަންބޯޑްު ބަދަލުކޮށްލީމަ އެއީ ދިވެހިޤައުމަށް ހެވެއް ވެވުނީކީނޫން. ކުރީގެ ސަރުކާރުތަކުން މިހާހިސާބަށް މިރާއްޖެ ސަލާމަތްތެރިކަމާއި އެކު ގެނެސް ދެއްވީވެސް.

    40
    4
  6. އ. ޖ. އ

    ހަގީގަތާ ކީ ސަލްޓަން މިބަސް އުފެދިފައިވަނީ ސުލްތާން މި ބަހުން.. ނަމަވެސް ރަސްރަނި އެއީ ރަނިން ނުވަތަ ރީތި އަންހެނުންނަށް ކިޔާ ނަމެއް.. ވީއިރު ސަލްޓަން މާ ގުޅޭ

    2
    4
  7. ޅަބެ

    ރަންގަނޑެއްގެ ބޭރުވަށައިގެން ކަތުރަން ހޭކިއެއްކަމަކު އެވާނެތަ ބުރީ ދުރަނަށް؟ އެވާނީ ހަމަ ރަނައް ކުދިންނޭ.