ދޮގާއި މަކަރު ހެދުން ނޫންކަމެއް މިސަރުކާރަށް ކުރެވިފައި ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ޕީއެންސީ އިން ބާއްވަމުންދާ އެއްވުމެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިސަރުކާރަށް ކިހައި ވަރަކަށް ކަންކަން ކުރެވުނުތޯ ބަލަލާއިރު 250 ދުވަސް ވެގެން ދިޔައިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ގައި "ނަނާ ހުވަފެނެއްހެން ދެއްކި 300 ވަރަކަށް ކަންތައް ލިސްޓްކޮށްގެން" ބެއްލެވިއިރު އެއިން އެއްވެސް ކަމެއް މިސަރުކާރަށް ކުރެވިފައި ނެތް ކަމަށެވެ.
"މިސަރުކާރުން ކޮށްދިން އެއްވެސް ކަމެއް އެލިސްޓްގައި ނެތް. މުޅި ރާއްޖެ ޖަޒީރާވެއްޖެ. ހުރިހާ ކަމަކަށް މިއޮންނަނީ އެޖެންޑާ 19. އެޖެންޑާ 19 ގައި އޮތީ ދޮގާއި މަކަރާއި ބުއްދި ގަބޫލުނުކުރެވޭ ވަރުގެ ވާހަކަތައް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިސަރުކާރަށް އަހަރެއް ވާން ކައިރިވާއިރު އަދި އެއްވެސް ޕްލޭނެއް ނެތް ކަމަށައި ފަސް އަހަރު ތެރޭގައި ވެސް ޕްލޭނެއް ނުފެންނާނެ ކަމަށެވެ.
"ފަސް އަހަރު ތެރޭގައި ވެސް ޕްލޭނެއް ނުފެންނާނެ. ތަރައްޤީގެ މަޝްރޫޢެއް ނުވެސް ރޭވުނު." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެންމެ ބޮޑު ހާއިނު ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ދެ މަސް ދުވަސްވަންދެން ލަންކާގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅުމަކީ ސަރުކާރަކުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށާއި އެކަމަށްޓަކައި އެކަނި ވެސް މި ސަރުކާރުގެ ވެރިން ސަރުކާރު ދޫކޮށްލަން ޖެހޭ ކަމަށެވެ.
"ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު ޖަރީމާއެއް ހިންގާފައި އެ ސަރުކާރު ނުވެއްޓޭނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެ، ޑިމޮކްރެޓިކް އުސޫލުތައް ގަބޫލު ކުރާ ކަމަށް ވަނީނަމަ މި ސަރުކާރުން އެބަޖެހޭ މި ހިނދުން ހިނދަށް ސަރުކާރު ދޫކޮށްލަން، މިފަދަ ބޮޑު ޖަރީމާއެއް ހިންގައިފިއްޔާ ރައްޔިތުން އެ ސަރުކާރަށް ބަލައެއް ނުގަންނާނެ،" ޔާމީން ވިދާޅުވި އެވެ.
މިކަލޭގެ ހިފާ ހައްޔަރުކޮށް ޖަލަށް ލާ.
ކޮންކަމަކާތަ ތި ހާސްވަނީ. ތީ މިސަރުކާރުގެ ހަމައެކަަނި ވައުދު. ތިވައުދު ފުއްދޭތޯ ވަރަށް ބަލާނެ މިސަރުކާރުން.
ތިކަން ކޮށްދިނީމަ ކަރަންޓް ބޮލް ކުޑަވާނެ، ނަރުދަމާ ހެދޭނެ. މިސަރުކާރަކީ، ދޮގާ މަކަރާ ހޯލަތުގެ ސަރުކާރު.
ގުނބޯ ހެދިފަހުންނެވި ބޭފުޅެއް. ޅޮސްއުނދޯލީގަ ޖަޒީރާވަންތަކަމާއެކު ވީދިފަ ހުރި މުންޑުގަނޑެއް ތުރުކުރައްވައިގެން ރަށުބިޑި ހިއްޕަވަން އޮންނަވާ.
ދޮގު ވާހަކަ އެއް ނޫން އެ ބުނީ. ޖަލަށް ލާން ޖެހޭ. ދައުލަތުން އެތައް ފައިސާއެއް ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ޔާމީން.
ދެންއެމީހުނެއް ނުހިފިނުން ދޭބަލަ ހިފާހައްޔަރުކޮއްގެން ގެންގޮސްޖަލައްލާން ކަލޭވެސްވާނެ ހަމައގޮޅީގަ އޮންނަން އޭރައްތާދޯ ކަލެއަށް ޔާމީނު ފިލިޔަސް އެގޭނީ ނެތަސް އޮތަސް އެނގޭނީ ހާދަލޯތްބެކޭ ތިވަނީދޯ ހަޖަމެއްނޫވާނެ ތިކަހަލަމީހުނަކަށް..އަހަރެމެން މިތިބެނީ މާސޯލިހުމީހެކޭ އައިންބުނީމަ ވޯޓުދީގެންބަލަން އަދިމިއުޅެނީ ބައްދަލުވެސް ނުވެގެން..އެކަމުބުނި އަހަރުންގެއައް އައިސް ތިމަންނަޔާ ބައްދަލުވާނެ ގުޅާލާއިރަށް ކޮންތާކުން ފޯނުވެސް ނުނަގަ..ކޮޅުބަދަލުކޮއްލީއެހެންވެ އަހަރުންގޭ އެއްމެން 14މީހުން އޯކޭއެއްނު ދެންވޯޓު ދިނުމެއްނެތް މޑޕ އަކަށް ވ ވެދުން
ނުވާނެ. ކިތަމެ ވަރަކަށްޔާމީން ފަހަތުން ދުވިޔަސް ޔާމީން އަތެއްނުވާނެ. އަފުރާޝިމުގެ ގާތިލުން އަމިއްލަށް ބޭޒާރުވުން ވަރަށް ގާތްވެއްޖެ. އަންނި ..........................
އެއްމެ ފުރަތަމަ ހިފާ ހައްޔަރު ކުރަންޖެހެނީ އައްނި. އޭގެ ފަހުން އިބުރާހިމު މުހައްމަދު ސޯލިހު. އޭގެފަހުން ނިޔާޒު.. ސޯލިހުގެ އެކައުންޓަ ދެފަހަރަށް ޑޮލަރާ ޔޫރޯ ވައްދައިފި. ނިޔާޒުގެ އެކައުންޓަ ޑޮލަރު ވައްދައިފި. މިއީ ބަލންޖެހޭކަމެ ގައުމު ވިއްކައިފި މިނިވަންކަން ވިއްކައިފި.. 32ބިލިޔަން ގެއްލިއްޖެ ބައިތުލްމާލުން. ހިފާ ހައްޔަރު ކުރަން ނުޖޭތަ؟ކަލޭވެސް މި މީހުންނާއެކު ގޮޅިޔަށް ލާންޖެހޭ ބެލެވެނީ 32ބިލިޔަނާ ގުޅުމެވާކަމަށް
އިންޑިޔާއިން ޖައްވުގަ ތަނެއް އެބަހަދާ ކަލޭމެން ގެންދަން
ނާގާބިލުސަރުކާރު،ސަތޭކަދުވަސްގުނަން
ނޭގުނުސަރުކާރު،ވައުދުފުއްދަންނޭގުނުސަރު
ކާރު
ބަޖެޓްގެ 30 މިލިއަން ދިރުވާލި ސަރުކާރު.
ބޭކާރު
ދޮގުހެދުމުގެ ސެޓްފިކެޓް 4 ހޯއްދަވާފައޮތް މީހެއް ވެރިކަމުގައިހުރީ. މިހާރު ބައްލަވަނީ އެންމެ މަޝްހޫރު ބޮޑެތި ދޮގުތައް ހަދާލުމަށް ޑިގްރީ ހެދޭނެ ގޮތެއް ފެނޭތޯ. ކޯޒްވޭ އެއީ ދޮގުގެ ސާމްޕަލް އެއް
ކޮބާ؟ ނުވިޔެންނު!!!
ދެން ނުވިކަމަށް ޔާމީނާ ސަރުކާރު ހަވާލުކޮއްފަ
އައިތާކައް ދޭ!!ފިނިހަކަ ދުވެލީގަ ގައުމު އިދަޖެހެން ކައިރިވީ!!!!
މިހާރު ގުއިރެވެނީވެސް އެޖެންޑާ 19 ގެ ދަށުން އެޖެންޑާ 19 ގެ ދަށުން ޒީރޯ ޓޮލަރަންސް ގެ މަތިން ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަން މަގެއް 2.2 ބިލިޔަން ހަރަދު ކޮއްގެން ހުޅުވާއިފި ހަމަ ހިނިއަންނަނީ
މީނަޔާ މިކަލޭގެ ދަރިވަރު އަދީބުއާ އެއީ މި އުޑުދަށުގަތިބި އެންމެ ބޮޑު ދެ ވަގުން
ކަލެއަށް ވަގު ފެނުނިއްޔާ އިނގޭނެތަ
އެމްއީޕީއަކީ މަކަރުވެރީންގެ ބިޔަަ ހާއްޔެއްކަން ރަައްޔިތުންނަށް އަދި ވިިސްނޭނެ
އިބިލީސް ބުންޏަސް ތެދެއް ވިއްޔާ ވާނީ ތެދަކަށް. ބާގީ ލުތުފީ ލަންކާއެންބަސީގަ ފޮރުވި މަސްއަލައިގަ އެންބެސެޑަރާއި، ސަރުކާރުވެސް އިސްތިއުފާ ދޭންޖެހޭ. އެމަސްއަލަ ނުބެލުމާއި، ސަރުކާރު ޖަވާބުދާރީ ކުރެރެވިފައިނުވާތީ ހޯމްމިނިސްޓަރާއި، ޕޮލިސް ކަމިޝަނަރާއި، އެންޓިކަރަޕްޝަންގެ ރައީސާއި، މަޖްލިހުގެ ރައީސް
އިސްތިއުފާދޭންޖެހޭ.
އެމްޑީޕީ ސަރުކާރަކުން ރައްޔިތަކއް އެއްކަމެއް ކޮއްނުދެވޭނެ މަކަރާ ދޮގާ އޮޅުވާލުމާ ފަސާދައާ ފޭރުމާ ރިސްވަތާ އަބުރުކަތިލުމާ ނޫނީ!
ވަގު ބާގީ ސަރުކާރެއްމީ.. ޔާމިނުމާ ރަހަޅު
ބަލަގަ! ކުރީގެ އިދިކޮޅުު މީހުންނަށް އެއްވެލަން، ތިޕޯޑިއަން ހުރި ތަން، އެމީހުންނަށް ބިރުން ނުދިން މީހާ ތީ.
އެ ސަރުކާރުން މިހާރު ތިޔަ ދޮގުވާހަކަ ދައްކަންވެސް، ތިތަން ދިނީމާ އިބޫއަށް ޝުކުރު އަދާކޮށްބަލަ.
ރައީސް ޔާމީން އަކީ ހިތްވަރުގަދަ ކުޅަދާނަ ކަންކަންފަހަށް ނުބަހައްޓާ ވަގުތުންް އެކަމެއްނިންމާލުމުގެ ގާބިލުކަންހުރި ވިސްނުންތޫނު ގައުމަށް ތަރަށްގީގެ އިންގިލާބެއް ގެނުވި ވަރުގަދަ ޝަހުޝިއްޔަތެއް ރައީސްޔާމީން އަށް އުފާވެރި ދުވަސްތަކަކަށް އެދެން.
އެއީ ވަގެކޭ. ހިފާ ހައްޔަރުކޮށް ޖަލުގައި ހުންނަންވީ މީހެއް.
މިއީ އަމަލުގެ ބަދަލުގައި އަގައިން ހިންގާ ސަރުކާރެއް. އެވެސް ރައްޔިތުން ގުނބޯ ހައްދާގެން.
ތިހެންތިބުނާމީހާއައް ދެއްކޭ ވާހަކަ ނޭގެ
ޔާމީން ދޮގެއްވެސް މަކަރެއްވެސް ނަހަދާ ވިއްޔާ
ބެޔަސް ނުބެޔަސް 10000 އާއިލީޑޮކުޓަރ ރިސޯޓު ހިއްސާ މުއައްޒިފުންނައް ދަޑުވެރިޔަކައް 8000 5އަހަރު ނިމުނު އިރު ލިބުނީ މޮކޮސް