ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ޑެނީ ފޯރ މިރޭ ދެއްވި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ފުރާމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ސީޝެލްސްގެ ސަރުކާރުން އެރުވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމުގެ މެދުގައި މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކަށްވެސް އަލިއަޅުއްވައިލެއްވިކަމާއި އަދި ދެޤައުމަށް ވެސް ފައިދާހުރި މިހާ ގިނަ ދާއިރާތަކަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވިފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްގެ ރައީސަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކު ސީޝެލްސްއަށް ކުރެއްވި ފުރަތަމަ ސްޓޭޓް ވިޒިޓް ނުވަތަ ފުރަމާނަ ދަތުރުފުޅު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ސީޝޭލްސްއަކީ ވެސް ވެސް ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. އާބާދިގައި އެއްލައްކަ މީހުން ވެސް ހަމަނުވާ ސީޝޭލްސް އަކީ އެފްރިކާ ބައްރަށް ނިސްބަތްވާ ގައުމެކެވެ. އެގައުމު އޮންނަނީ އިންޑިއާ ކަނޑުގައެވެ.
މިޔޮމީ ހިޔާލެއް ފިކުރެއްވެސް ހުންނަ މީހެއްނޫން ދޯ؟ ބޮޑެތި ވަގުން މިގައުމުން ފިލައައިގެން ދިޔައިރުގަވެސް ޖަހާ ޕިކްނިކް ހަދާލާފަ މިއުޅެނީ.
މިވެސްދެން ހަބަރެއްތަ؟ ކާއިތިގަނޑެއް މީހަކު ދޭން ބުނީމަ އެކަމާ ނޫޅޭނީ ދެން ކާކު؟
ތިކަލޭގެ އައް ކުރަން އިނގޭކަމަކީ ދުވުމާ ކުޅިވަރު ކުޅުން
ފުރަމާނަ ޕިކުނިކު ދަތުރުފުޅެއް .