އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚާއްސަ ބައްދަލުވުމެއް މިއަދު ހޮޓެލް ޖެންގައި ފަށައިފިއެވެ.

ހޮޓެލް ޖެންގެ ބޯލްރޫމްގައި ކުރިއަށްދާ މި ބައްދަލުވުން ފައްޓަވައިދެއްވީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާާއީލެވެ. ބައްދަލުވުން ފައްޓަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ތަނަކަށް ހަދަންޖެހޭނެކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ފޮރިން އިންވެސްޓްމެންޓް ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިރަަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ދެގައުމުގެ ވިޔަފާރިވެރިން ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީ ހަރަކާާތްތެރިވާނެކަމަށެވެ.

މި ބައްދަލުވުމަކީ ކޮންފެޑަރޭޝަން އޮފް އިންޑިއަން އިސްޑަސްޓްރީ (ސީއައިއައި) ގެ މެންބަރުންނާއެކު ރާއްޖޭގެ ވިޔަފާރިތައް ބައިވެރިކޮށްގެން ބާއްވާ ވަށްމޭޒު މަޝްވަރާ ބައްދަލުވުމެކެވެ.