މާލެ ސަރަހައްދުގައި މިހާރު ރަޖިސްޓަރކޮށްގެން ބޭނުން ކުރަމުންދާ ހުރިހާ ޓެކްސީތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް މަޖުބޫރު ކުރި ކުރުން ނިމުމަކަށް ގެނެސް، ޓްރާންސްޕޯޓުން އަމާން ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެކެއް އޮގަސްޓް އިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއް އެ އޮތޯރިޓީން ހުއްދަދީފައިވާ އެޕްލިކޭޝަން ބޭނުންކުރުމަށް ކަނޑައަޅާފައިއޮތް އޮތުން ބާތިލް ކޮށްފައިވާކަމަށެވެ.

ނަމަވެސް އެކެއް އޮގަސްޓް އިން ފެށިގެން މި އޮތޯރިޓީގައި އަލަށް ރަޖިސްޓަރީ ކުރާ ޓެކްސީތަކަކީ ހުއްދަ ދީފައިވާ އެޕްލިކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީތައް ކަމުގައި ވާންޖެހޭނެކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އޮތޯރިޓީން މިގޮތަށް ކަނޑައަޅާފައި ވަނީ ކީއްވެގެންކަން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، ބައެއް ޓެކްސީ ސެންޓަރުތަކުން އެ އެޕްލިކޭޝަންއަށް ވަންނަން ބޭނުން ނުވާ ކަމަށް ބުނެ ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ވަނީ ސިޓީއެއް ހުށަހަޅާފައެވެ.

އެ ސިޓީގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުން ގަބޫލުކުރަނީ ރާއްޖެއަށް ޓެކްސީ އެޕްލިކޭޝަނެއް ބޭނުން ނުވާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ އެއްވެސް ސެންޓަރަކުން ހުއްދަދީފައިވާ އެއްވެސް އެޕްލިކޭޝަންއަކަށް ނުވަނުމަށް ވަނީ ނިންމާފައެވެ". އެ ބަޔާނުގައި ވެއެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ހިދުމަތް ދިނުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުރަމުން އަންނަ ކަމެކެވެ. އެއީ ގިނަބަޔަކަށް ފަސޭހަ، އަވަސް ރައްކާތެރި ހިދުމަތެއްވެސް މެއެވެ.

ރާއްޖޭގައި މިހާރުވެސް ފުޅާ ދާއިރާއެއްގައި މޯބައިލް އެޕްލިކޭޝަން ޓެކްސީ ހިދުމަތް ނުވަތަ ޒަމާނީ ޓެކްސީ ހިދުމަތް މާލެ ސަރަހައްދަށް ދެމުން ގެންދެއެވެ. އެ ހިދުމަތް ދެމުން ގެންދަނީ އަވަސް ރައިޑް ޓެކްސީ ސެންޓަރުންނެވެ. އެ ސެންޓަރުން ދެމުންގެންދާ އެ ހިދުމަތުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ލިބި ރައްކާތެރިކަމާއި އަވަސް ކަމާއެކު ޓެކްސީ ހިދުމަތް ލިބޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ރޯޒީ

  ތިނޫންވަރެއް ނުވާނެ. ސަރުކާރަށްވުރެ ޓެކްސީ ޑްރައިވަރުން މާ ވަރުގަދަ!!!!

  117
  10
 2. ނަހޫ

  ކިހާދެރަކަމެއްނަހުލާއިސްތިއުފާދޭންވީ

  64
  5
 3. ފަސިންޖަރެއް

  ތިހުތިހާ މުންޖެކޭ ނުކިޔާ ޓެކްސީ ޑްރައިވަރުން ބޭނުން ގޮތެއް ހެދީމަވީނު. އެމީހުން އަޑުގަދަކޮށްލާއިރަށް ނަހުލާ ހުންނަަނީ ބިރުން

  65
 4. ރައްޔިތު

  ޓެކްސީ ޑްރައިވަރުންނަކީ ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރަށްވުރެ މަތީ ބަޔެެއް ކަމަށް ދެކޭ ބަޔެއް. އިއްޔެ އެއަރޕޯޓުން މާލެ އަންނަން އެރި ޓެކްސީއެއްގެ ޑްރައިވަރު ބުނީ ތިމަންމެން ކުޑަކަކޫ ނުޖެއްސޭނެއޭ އެއްވެސް ބަޔަކަށް. ތިމަންމެން ބުނާ ގޮތަށް ޓްރާންޕޯޓުން ކަންތައް ނުކޮށްފިއްޔާ 7 ވަނަ ދުވަހުން ފެށިގެން އެއްވެސް ޓެކްސީއެއް ދަތުރަށް ނުނުކުންނަ ގޮތަށް އޮތީ ހުރިހާ ސެންޓަރުތަކުން އެއްބަސް ވެފަޔޯ. އޭރުން ސަރުކާރަށް ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ ތިމަންމެން ބުނާގޮތަށް ހަދަން މަޖުބޫރު ވާނެޔޯ. އެމް.ޑީ.ޕީ އޮތީ ތިމަންމެންނާ އެއްކޮޅަށޯ. ދެން ވާނެގޮތަކީ ނަހުލާއަށް އިސްތިއުފާ ދޭން މަޖުބޫރު ވާނީޔޯ. އޭރުން ދެން އަންނަނީ އެމް.ޑީ.ޕީ މިނިސްޓަރެކޯ. ތިމަންމެން ބޭނުންވާ ގޮތް ހަދަން އޭރުން މާފަސޭހަވާނެޔޯ..!

  51
  2
 5. ފާތުމަ

  ރައްޔިތުންގެ ހިއްވަރެއް ހުރިޔާ ޓެކްސީއަށް ނާރަން ވީ.... އޭރުން މައިތިރިވެދާނެ

  100
  2
 6. ވިސްނާ

  އެޕް ބޭނުންނުކޮށް ޓެކްސީކުރަން ތި ޖަމިއްޔާގަތިބި ސެންޓަރުތަކުން ތިބޭށެވެ. ރައްޔިތުން އަބަދުވެސް ބަލައިގަންނާނީ ޒަމާނީ ފަސޭހަ ޙިދުމަތެވެ. ތިހެން ފޫކަހަލައިގެން ސަރުކާރަށް ޖެއްސުންކުރަން ތިބޭށެވެ. ރައްޔިތުންނަށް ތިފާޑަށް ޖެއްސުމެއް ނުކުރެވޭނެއެވެ. މެލޭޝިޔާގައި ޓެކްސީ ޑުރައިވަރުންނަށްވީ ކިހިނެއް ހެއްޔެވެ. ރައްޔިތުންނަކީ އެހާ ނާތަހުޒީބު ބަޔެއްނޫނެވެ.

  41
  1
 7. ރަދީފް ހުސެން

  އެޕްލިކޭސަން ހަދައިގެން ފަރުދާ ފުރަގަހުން ނަގަންއުޅުނު ފައިދާ ނެގިއްޖެ. ނަންވާނީ އަދީބު.
  މިހާރު އެކަންވީމާ އެބޭނުން ކުރުންމަނާ. ބޭނުން ނުކުރެވޭއެއްޗެއްގަ ރަޖިސްޓްރީ ކުރަން މަޖުބޫރެއްވެސް ނުކުރެވޭ.
  މިސަރުކާރު އުފަންވި ދުވަހުން އަދި މީހާތަނައް ހަދަނީ ކޮސް. ނަހޫ އައްދެވި ރީތިކަމުގެ ބޭނުން ހިފިދާނެ، އޭނުންކަމެއް ވާކަޢްނެތް.

  26
  2
 8. ބިންގޯ

  ސަރުކާރަކަށް ޓެކްސީ ތަކުގެ އަގަކަށް ބަދަލެއް ނުގެނެވޭނެ. އެކަންކުރެވޭނީ ޓެކްސީ ބޭނުން ކުރާމީހުންނަށް.

  14
  8
 9. ޕާޓޭ

  ރައްޔިތުންގެ މަޖިލީހުން ޓެކްސީ ގާނޫނާ ބެހޭ ބިލެއް ހުށަހަޅަން ގޮވާލަން. ރައްޔިތުން ހޮވި މެމްބަރުން ރައްޔިތުންގެ ލާބަ އަށް މަސައްކަތް ކުރުމުގެ ބަދަލުގަ މުޅިންވެސް މި ފެންނަނީ ކަލަ ގޮވާތަން. ޓެކްސީ ގާނޫނެއް އޮތުމުން އެ ގާނޫނާ ހިލާފު ވެެއްޖެނަމަ ދެން ދާންޖެހޭނީ ކޯޓަށް. ހުކުމް ކިރެވިފަ. އޭރުން އޮންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފަ. ކޮންމެހެން ފުލުހުން ނެރިގެން ތި ސަކަރާތެއް ޖަހާކަށް ނުޖެހޭނެ. ދައުލަތުން ޓެކްސީ ތަކާއި އިންޓަނެޓް ކޮންޓްރޯލް ކުރަން މި އުޅެނީ ބަތްކައްކާ ކުޅޭހެން.

  18
 10. ޑީޑީ

  ނަހުލާއަށް ގޮވާލަން ޑޮރައިވަރުން ބޭނުންގޮތަކައްދޫކޮއްނުލާން ރައްޔިތުންނައް ލުއިފަސޭހަގޮތްތަކެއް ހޯދަދީ އަދިބުނަން ޓެކްސީޑްރައިވަރުންންކީ ވަރައް ހަޔާތްކުޑަ ގޮތްކުޑަބައެއް އަންހެންކުއްޖަކު ޓެކްސީއައް އަރައިފިއްޔާ ހުރިހާވަނަވަރެއް އަހާނެ މީހަކާއިނދެގެންތޯ ޙާއްސަކޮއް އަހާނެ ޓެކްސީޑރައިވަރުންނަކީ ވަރައްވިޔާނުދާބައެއް ތިމީހުން ސައިޒް ކުރޭ

  25
  3
  • ހުހް

   ސަރުކާރުގެ މިނިސްޓަރުކަން ކުރަން އެތިބީ ޓެކްސީޑްރައިވަރުންނަށް ވުރެ މާ ޖައްބާރުބައެއް. އެމީހުނެއް އަޑެއްނާހާނެ ރައްޔިތުން ކިޔާ އެއްޗެއް. ވަގު ޑިމޮކްރަސީގައި ހަމައެކަނި ނަމުގައި އޮންނަކަމެއް ރައްޔިތުންގެ ކޮންޓްރޯލޭ.

 11. މަނާހު

  ޙަދާ ގަވާޢިދުތަކަކީ ގައުމުގެ އެންމެހައި ރައްޔިތުންނަށް ރަނގަޅު ރައްކާތެރި ޚިދުމަތެއް ދިނުމަށްޓަކައި ކަޑައެޅޭ އެއްޗެކެވެ. ޢެއަށް ބޯނުލަނބާނަމަ އެތަނެއްގައި ހަމައެއް ލަމައެއް ނޯންނާނެއެވެ. ޢޮނާނާނީ ގަދައެއްޗެހި ބަލިއެއްޗެހީގެ މައްޗަށް ގަދަވެ ގަނެ އަނިޔާވެރިވުމެވެ. ކުކުޅުގެ ހާލުގެ އުޞޫލެވެ. ޢެންމެންގެ ފަރާތުންވެސް މިއަދު މިފެންނަނީ ނުކިޔަމަންތެރިކަމެވެ. ހާދަ ދެރައެވެ.

  22
  1
 12. ޢަލިއާ

  ރައީސް ޔާމިނުގެ ސަރުކާރުހާ މި ކިބޫ ސަރުކާރު ސްމާޓެއްނޫން ދޯ!

  34
  1
 13. ސުޢޫދު

  ސަރުކާރު ތަކުން އަބަދުވެސް މަސައްކަތް ކުރާނީ ލިބޭވޯޓް ތައްއިތުރު ކުރަން އަދި އިދިކޮޅުގަ ތިބިބަޔަކު ބާއްވާއެއްވުމެއްގަ ބަޔަކުގުޅިދާނެތީ އެމަގު ބަންދުކުރަން މީހަގީ ގަތަކީ އަމިއްލަ އަތުން ހަދާގަވާއިދެއް ގާނޫނެއް ބަދަލުކުރާނީ އިއައްވުރެ ބޮޑުކަމެއް އޭގެފުރަގަހުގަވާތީ.

 14. ޓެކްސީ

  މި ސަރުކާރު މި އޮތީ ޓެކްސީ ޑުރައިވަރުންގެ ދަށުވެފަ. އެމީހުންގެ ދަށުވާން ސަރުކާރަށް މި ޖެހެނީ، ޑުރައިވަރުންގެ ފަރާތުން ކިހާވަރެއްގެ ފައިދާއެއް ސަރުކާރަށް އޮންނާތީބާ؟

  19
  3
 15. ޓެކްސީ

  މިވެރިން ވެރިކަމަށްއައިފަހުން ޑްރާމާ ކުޅުން ނޫން ކަމެއް ނުކުރޭ. މީވެސް ނަހުލާ މަގާމުން ދުރުކޮށް އެވެރިންގެ މީހަކަށް މަގާމުދޭން ކުޅޭ ކުޅިގަނޑަކަށް ވާނީ.

  17
 16. މިހުރީ ހަނު

  އެލް ބޯޑު ޖަހައިގެން ގައުމެއް ނުަހިއްގޭނެ. ނިކަން ކެރިބަލަ.

 17. ށުމަން

  ނަހޫގެ ކޮއްކޮ އަކު ޑިވެލޮޕް ކުރި އެޕެއް ވައިގަ ހިފުވަށް ޓަކާ ނިކަމެތި ޓެކްސީ ޑްރައިވަރުން އަޅުވެތި ކުރަނީ. ކޮމެންޓް ކުރާ ބޭފުޅުން ވެސް ޑްރައިވަރުން ނަށް އެއްޗިސް ކިޔުމުގެ ކުރިން ބަލާލަން ޖެހޭ އެބުނާ އެޕް ޑިވެލޮޕް ކުރި ބަޔަކާ އެބައެއްގެ މަގްސަދް. ބިޑް ނުކޮއް އެޕެއް ހަދުވައިގެން މަގާމުގެ ނާޖާއިޒް ފައިދާ ނެގުން މީ.

  4
  8
 18. ތުޑޭ

  ކޮޓަރިކުއްޔަށްބަދަލުނުގެނެވޭއިރު ޓެކުސީ އަކީވެސްމީހުންގެތަކެތިއެއަށްބަދަލުގެނެވެނީކީއްވެ

  2
  1
 19. Anonymous

  ކަނޑުދަތުރު ކުރާ އުޅަނދުފަހަރުން ބޭނުންއަގެއް
  ފުލައިޓު ދަތުރުތަކުން ބޭނުންއަގެއް
  ވިޔަފާރިވެރިން ބޭނުންއަގެއް
  ގެދޮރު ކުލި ބޭނުންއަގެއް
  އަމިއްލަ ޓެކުސީތަކުން ބޭނުންއަގެއް ނުނެގެންވީ ކީއްވެ
  އައިޝާ އިސްތިއުފާދީފަ ގެއަށް ވަޑައިގައްނަވާ

  1
  4
 20. ޓެކުސީ

  ކަނޑު އުޅަދުފަހަރުން ބޭނުންއަގެއް
  ފުލައިޓު ދަތުރުތަކުން ބޭނުންއަގެއް
  ވިޔަފާރިވެރިން ބޭނުންއަގެއް
  ގެދޮރުކުލި ބޭނުންއަގެއް
  އަމިއްލަ ޓެކުސީތަކުން ބޭނުންއަގެއް ނުނެގެންވީ ކީއްވެ
  އައިޝާ އިސްތިއުފާދީފަ ގެއަށް

 21. ހުޅުމާލެ މީހާ

  މިހާރުވެސް ޓެކްސީތަކުން އަގު ނގަނީ އެމީހުން ބޭނުންވާ އަގެއް ނޫންތަ. ސަރުކާރުން އަގުތަކެއް ހަމަޖައްސާފައި އޮއްވައި ނޫންތަ؟ އެޕް ފަރުމާކުރީ ކޮންމެ މީހަކު ކަމުގައިވިޔަސް ރައްޔިތުންނަށް ރައްކާތެރިކަމާއި އިތުބާރު މުހިންމީ.

 22. ލެޓްސް ޑޫ ކަނޑޫދޫ!

  ކަނޑޫދޫ މިރުހަށް ހެދިހެން ޓެކްސީ ސެންޓަރ ތަކަށާ އެތާ ޑްރައިވަރުންނަށް ހުރިހާ ރައްޔިތުން އެކައްޗެކޭ ކިޔާފަ ހަދަންވީ. ބޯއިކޮޓް ސެންޓަރ ޓެކްސީސް. އިންޓަރނޭޝަނަލް ޓިކެޓް އެއްގެ އަގަށް އަރާނެ ކަންނޭގެ ދުވަސްކޮޅަކުން މިދާވަރުން ދަންޏާ. އެއްގަމު އުޅަނދު މަދުކޮއްފަ ޕަބްލިކް ޓްރާންސްޕޯރޓް ގިނަކޮއްލަންވީ. ވެހިކަލް ފްރީ ނުކުރެވޭނެ ބަޓް ސަރުކާރުން އުޅެފިއްޔާ ނުވާނެ ކަމެއް މަދުވާނެ.

 23. Anonymous

  މިއީ ކުރީ ސަރުކާރުން ކަނޑަ އެޅި އަގު ތަކެއް އެފަހަރު ވޯޓް ހޯދަން އެމް ޑީ ޕީ މީހުން ޓެކްސީ މީހުންނަށް ދަޅަ ދައްކައި ގެން ގަނޑު ތަކެެއް ގަތީ. ސައީދު މިނިސްޓްރީގައި އޮތް ބައްދަލު ވުމުގާ ޓެކްސީ މީހުން އެއްބަސް ވި އަގު އިއުލާން ކުރީ އެކަމަކު މުނާފިގު ކަމުން އެކަންވެސް އޮޅުވާލީ. ޓްރޭޑް މިނިސްޓްރީ ގެ ޔަައުމިއްޔާ ބަލައިލަ ބަލަ.