ފަނޑިޔާރުން ނެގުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވައިފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށް ވެސް ނަޝީދު ވަނީ ހުށައަޅުވާފައެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގައި މުޅި މަޖިލިސް ޝާމިލް ކުރެވޭތޯ ބެލުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ
މަޖިލިހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ. އެކަމަކު، ނަޝީދު ބޭނުންފުޅު ވަނީ މުއައްސަސާތަކަށް މީހުން ނެގުމަށް ވަކި ހާއްސަ ކޮމިޓީއެއް ހެދުމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތާއި އައްޔަން ކުރުމާއި ވަކިކުރުމަކީ ތަފާތު ދެ މަސައްކަތެކެވެ.
މިނިވަން މުއައްސަސާތަކަށް މީހުން ނެގުމުގައި މަޖިލިހުން އަމަލު ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަން ކަށަވަރު ކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މުޅި ގަވައިދު އިސްލާހުވެގެން އަންނަ އިރު، ނަޒާހަތްތެރި މަޖިލިހެއްގެ ސިފަތައް ގަވައިދުގެ ތެރެއިން ހިންގުމަށް ހިމެނިގެން ހިނގައިދާނެ ކަމަށެވެ.
ހަނދާންކުރާތި! އެތަނެއްގައި އޮންނަ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެޔަށް އެތނެއްގެ ވެރިން އަތްބާނަން ފަށައިފިނަމަ އެތަނެއްގެ އަމަން ގެއްލި ބިރުވެރިޙާލަތަކަށް އެތަނެއް ބަދަލުވާނެ! އަދި އެތަނެއްގައި އޮތް ވެރިކަން ވީދިގެން ދިޔުމަށް ފުރުޞަތު ފަހިވާނެ! އެ ފުރުޞަތު ފަހިވުމާއެކު ވެރިކަން ވެއްޓިގެން ދިޔުމަށް ވަގުތުތަކެއް ނުނަގާނެ~