ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހ.ސަންޝައިންވިއު، ނަހުލާ އަލީ މިއަދު ހަމަޖައްސައިފިއެވެ.
ނަހުލާ އެމަގާމަށް ހަމަޖެއްސެވީ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށް ޑީއާރްޕީ އިން ބުނެއެވެ.
ނަހުލާ އަކީ ކުރިން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާ ބޭކަނބަލެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް އަދި މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާއަށް ކުރިމަތިލައްވާފައެވެ. ނަމަވެސް ދެ ފަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ނަހުލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޯޑިނޭޓަރުކަން ކޮށްފައެވެ.
ޑީއާރުޕީން ބުނީ ނަހުލާ ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. ނަހުލާ މިހާރު ހުންނެވީ ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓްޓުއާސް ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.
ނަހުލާ ވަނީ ޕޮލިޓިކްސް އެންޑް އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހަދާފައެވެ. ނަހުލާ މީގެކުރިން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ މަތީ މަގާމުތައް އަދާކުރައްވާފައެވެ.
ޖާބިރު ޑީއާރްޕީ އާއި ހަވާލުވެ ވަޑައިގެން ޕާޓީ ހަރަކާތްތެރި ކުރުވަން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޖާބިރު ބިރުކަނޑާލާފަ މިމަންޖެޔާ އިންނަންވީނު...
ޑީއާރު ޕީންވެސް މިފެންނަންފެށީ ހަމަ ޕީޕީއެމުން ކަންކުރިގޮތަށް ވަގަށް ސިއްރުން މަގާމުތައް ހަމަޖައްސާތަން. މިކަމަކާހުރި ޕީޕީއެމުން ވަކިވެ ޑީއާރުޕީއަށް ގުޅުނީ. އެކަމަކު ހަމަ އެކުޅިގަނޑު ކުޅޭތަން ފެނުމުން ބޭނުމެއްނޫން ޑީއާރުޕީގައިވެސް ހުންނާކަށް. އެންމެންނަށް އެނގޭ ނަހުލާއަކީވެސް ސިޔާސީމީހުން ކިތަންމެ ރުހޭ ސިފަހުއްޓަސް ރައްޔިތުން ބަލައިގަންނަ މީހެއް ނޫންކަން. މަނެތިން ދެން އިތުރަށް ޑީއާރުޕީގައިވެސް ހުންނާކަށް.
ހީވަނީ ނޭންގޭ މީހަކު ޖަހާފަހުރި ބޮނޑިބަތް ގަނޑެއްހެން