ލ. މާބައިދޫ ކައިރީ ބަނދަރުކޮށްފައި އޮތް ސަފާރީއެއް މޫސުން ގޯސްވެގެން، ސަފާރީގެ ނަގިލި ކަހާލައި މާބައިދޫ ފަރުމައްޗަށް ލައްގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ސަފާރީ ލައްގާފައި ވަނީ މާބައިދޫ ހުޅަނގު ފަރާތުގެ ފަރުމައްޗަށް ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ އާ ގުޅޭ މައުލޫމާގު ލިބުނީ، މިރޭ 1:10 ހާއިރު ކަމަށެވެ.

އަދި މި ހާދިސާ ހިނގިއިރު ސަފާރީގައި ނުވަ ފަޅުވެރިންނާއި، 11 ފަތުރުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި ތެޔޮ ބޯޓެއްވެސް ވަނީ މ. ނާލާފުށި ފަރަށް އަރާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ބޯޓަކީ ލ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށެވެ. އަދި ބޯޓު އަރާފާއި ވަނީ ނާލާފުށި ފުއްޓަރު ފަރާތުގެ ފަރަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް އިން ރިޕޯޓްކޮށްފައި ވަނީ މިރޭ 1:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މި ބޯޓުގައި 2000 ލީޓަރު ޑީސަލް އެބަހުރި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ފަރަށް އެރި މި ބޯޓުގައި ޖުމްލަ ތިބީ ތިން މީހުންނެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު