ކުޅުދުއްފުށީގައި ބޮޑު ޢީދު ފާހަގަ ކުރަން ބޭއްވި މާލި ޕެރޭޑްގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފަށް ނިސްބަތްކޮށް "ގެއްލޭ ބެޑްޝީޓެއް" ބޭނުން ކުރުމުން އެކަމަނާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ކުޅުދުއްފުށީ މާލި ޕެރޭޑްގެ ނަން ފާހަގަނުކޮށް މިނިސްޓަރ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ވައްތަރެއްގެ ގަނާ (ބްލީ) ކުރުމަކާއި، ފުރައްސާރަ އާއި ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ.
All forms of bullying and harassment should be voiced against at all levels. Both towards you and me
— Shidhatha Shareef (@shidhatha) August 12, 2019
ކުޅުދުއްފުށީ މާލި ޕެރޭޑްގައި "ގެއްލޭ ބެޑްޝީޓެއް" ބޭނުން ކޮށްފައި ވަނީ ދާދިފަހުން ކުޑަކުދިންގެ ހިޔާ އިން ކުއްޖަކު ގެއްލުނީ އޭނާ ނިދާފައި އޮންނަނީ މުޅި ގައިގަ ބެޑްޝީޓް އަޅައިގެން އޮތުމުން ކަމަށް ދޭހަވާ ގޮތައް މިނިސްޓަރ ޝިދާތާ ނޫސްވެރިންގެ ބައްދަލުވެއްގައި ވިދާޅުވުމުންނެވެ.
ކުޅުދުއްފުށީ މާލި ޕެރޭޑަކީ ގަނާ އާއި ފުރައްސާރައިގެ އަމަލެއްގެ ގޮތުގައި މިނިސްޓަރ ޝިދާތާ ސިފަ ކުރެއްވިއިރު މީގެ ކުރިން އެ ޕެރޭޑްގައި ސަރުކާރަށް ފާޑުކިޔުމުން މިނިސްޓަރ ޝިދާތާ ވެސް ހިމެނިވަޑައިގަންނަވާ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ "ޝުކުރާއި، ތައުރީފް" ޕެރޭޑަށް ލިބެމުން ގޮސްފައި ވެއެވެ.
މީގެ ކުރިން ޢީދުތަކުގައި "ކަދުރު ފާތުމަ" އާއި "މޯޅި ނުވާ ފިނިފެންމާ" ފަދަ އިބާރާތްތަކުން ޔާމީންގެ ސަރުކާރަށް މަލާމަތްކޮށް ގެނެސްދިން މާލިތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތައުރީފް ވަރަށް ބޮޑަށް ލިބުނު މާލިތަކެކެވެ.
ކޮންމެ އަހަރަކު ވެސް ސިޔާސީ ކަންކަމަށް އަމާޒުކޮށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މާލި ހަރަކާތައް މުޅި ރާއްޖޭގެ ސަމާލުކަން ލިބެއެވެ. މިފަހަރުގެ މާލިތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އާޒިމް ބުނި ނަމަވެސް މަމެން ޕިންކީންގެ ވެރިކަމުގައި ނޯންނާނެއޭ ދައުލަތުން އެއްވެސް ބަދަލެއް އެއްވެސް ވަގަކަށް ދީފައި އެކަމަކު ...
ހަޖަމްކޮށްލާއަތަށްގޮވާތަށް އެފެންނަނީ ފޭލިވެ ރައްޔިތުންގެ މަލާމާތް ރައްދުވާތަށް ކަމެއް ނުކޮށްދެވި ވެވުނު ވައުދު ނުފުުއްދި ކުރީގެ ށސަރުކާރަށްކުރި މަލާމާތް ތަކާއި ފުރައްސާރަ އަމިއްލަ އަގަޔަށް ރައްޔިތުން ނިކުމެ ޖަހާތަށް އޮޅާލައި ދެން ޖެހޭނީ ކުޅިވަރު ބަލަން ތިބެން ނުނީ އިސްތިއުފާދެން
އެމްޑީޕީ މީހަކު ތިޔަކަމަކަށް އެއްޗެއް ނުބުނާނެ.. ކުރިއޭޓިވިޓީއާ ފާޑިކިއުމަށް ހިތްވަރުދޭނެ އަބަދުވެސް.. ހިތްހަމަ ނުޖެހުން އޮތްކަން ނެތްކަން މޮނާނީ އިންތިހާބުތަކުގެ ނަތީޖާއިން.. ނަތީޖާ ވަރަށް ސާފު އަދިވެސް އިތުރަށް ސާފުވާނެ ކުރިޔަށް އޮތް އިންތިހާބުން.. ކޮއްކޮ މެންތިބޭ އަދުރެމެޓިކްސްއިން މޯ ހިސާބު ޖަހައިގެން ހިޔާލީ ފޮލާ ކައްކާލަ ކައްކާލަ
މިހާރު މީހުން ހިސާބު ޖަހާ އުޅެނީ ހުޅުމާލެ ފްލެޓްތަކުގަ ދިރިއުޅޭނެ މީހުންގެ އަދަދު ހިސާބު ކުރުމަށް މި ސަރުކާރުން ބޭނުންކުރި ޝަހިމެޓިކްސް ފޯމިއުލާ. ކަލޭ ތިއުޅެނީ މާ ފަހަތުގަ.
އެއީ ތެދެއް، ހުރިހާކަމަކުން ހައްދުފަހަނައަޅާ ގޮސްތިބި ބައެއް، އެމީހުން ނުކިޔާނެ އެއްވެސް އެއްޗެއް.
އަހަރެން ބެޑުޝީޓޭ ނުކިޔަން. ބުނީ އެކުއްޖާ ފިލީ އެބުނާ އެއްޗެއް އަޅައިގެން އޮތީމައޭ. ދެން ކަލޭމެން މަށަށް ޖޯކުޖަހަންޖެހޭތަ...؟
ކޮބާ ދައިތާ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
ސިޔާސީގޮތުން ބަލިކަށިމީހުން މިޕެރޭޑު ނުބަލާނީ މިޕެރޭޑުގަ ތައްޔާރުކުރާ ތަކެއްޗަކީ ހުރިހާޕާޓީއަކުން ތައްޔާރުކުރާ ސާމާނުތަކެއް
އެދައިތާގެ ގެއްލޭ ބެޑްސީޓް ވަރަށް ސަޅި
ސިދާތާގެ ގަޔޭވެސް ލަނީ "ގެއްލޭ ބެޑްޝީޓް ތޯ. ސައުދީއަރަބިއްޔާގެ ވެސް ޖެންޑާމިނިސްޓަރ މީ. ނުބެހޭ ކަމެއް ނޯވޭ. ރޯނު އެދުރެއް.
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ..
އެ ގާނޫނުވެސް އުވާލީ މިބޭފުޅުން
ފެމިނިސްޓެއް ދޯ. އަންހެނެއްގެ ގައިގަ ފިރިހެން ހޯމޯން މާގިނަވީމަ ވާގޮތް މީ.
ކުޅުދުއްފުށީ މީހުންނަކީ، އަބަދުވެސް އިޞްލާޙަށް މަސައްކަތް ކުރާ ބައެކެވެ. އެމީހުން ކުޅޭ ޑްރާމާތަކަކީވެސް އިޞްލާޙަށް މަސައްކަތް ކުރުމުގެ ތެރޭގައި ކުޅޭ ޑްރާމާތަކެވެ.
ކުޅުދުފުށީ މީހުންނަކިީ ފަސާދަކުރާބައެއް.ގޮތެއް ފޮތެއް ހުންނަ ބައެއްނޫން
މިއީ ބުލީ ކުރުމާއި ހެރެސްމެންޓެއް ނޫން، މީ ޑިމޮކްރަސީ .
ކުޅުދުއްފުށީ މާލި ޕެރޭޑް ބަލާލީމާ އަހަރު ދުވަހުގެ ސިޔާސީ މަސްރަހް އެނގޭނެ ?
ތިކަހަލަ ނާގާބިލް ސިދާތާއެއް ރުޅިއައުމުން ކުޅުދުއްފުށި ރައްޔިތުން ކަހެރުވަކެއްގެ މަދޭވެސް ހީނުވާނެ
ކަލެޔަށް ނިސްބަތްވީމަ ބޮޑުކަމަކަށްވީ! ކަލޭމެން އެހެން މީހުނަށް ފުރައްސާރަކުރިއިރު އެނުވޭދޯ މައްސަލަޔަކަށް! މިމީހުންގެ ފެންވަރު މިފެންނަނީ! ހަޔާތުގެ ކަންފުޅެއްވެސް ނެތީ!
ދެން ފަހަރަކުން އަދި މާ ފޯރި ގަދަވާނެ އިންޝާﷲ
މިފަހަރު އެންމެ ސަޅި އެއްޗަކީ "އަޑިންދޭ 19" ކުޅުދުއްފުށީ މީހުން ވަރަށް މޮޅު... މިފަހަރުވެސް ވަރަށް ސަޅި...!!
ކާކުތީ ދެން؟؟ހަރާން އެގޭއެއްޗެެއް...
ކަމަނާ ކިހާއެއްޗެ ޔާމިނާ ދިމާލަ ކިޔަމުން ދިޔަ.
ޚކުޅުދުއްފުށީ މީހުނަކީ އާއްމުގޮތެއްގައި ކާންދޭ އަތުގައި ދަތްއަޅާ ބައެއްއުޅޭ ހިސާބެއް އެހާމެ ހަޔާތް ކުޑަ ގޮތްކުޑަ ބައެއް އުޅޭ ހިސާބެއް މިމީހުންނަކީ ވަރައްމަކަރުވެރި ހީލަތްތެރި ބައެއް ވަރައްސާފު އަދި އެންމެންގެ ސަމާލުކަމައް މިވެރިން ކާރިކުރާއިރު ވަރައްވިސްނާތި ހިތްނުފުރޭ ޝުކުރުކުރަން ނުވެސްދަންނަ ބައެއް
ޖެލަސްވާ މީހުން އެބަ ފެނޭ
ތިމަގާމައް އަންނަން ތިމާ އެހެންމީހުންނައް ގަނާ ކުރިއިރު އެއްޗެއްހީވިތަ؟ މީފިސާރި ބޮޑާކަމާ ގޮތްދައްކާ އަންހެނެއް، ސްކޫލްދޮށައް ދަރިބަލާ ދެވެނީވެސް ސެކިއުރިޓީ ގާޑެއްގޮވައިގެން. ހުސްއަތާ މުޅިމާލޭގަ ހިނގިޔަސް ބަލައިލާނެ މީހަކުވެސް ނުވާނެ. ދެން އެވަރުމީހަކު މިއެނބުރެނީ ސެކިއުރިޓީން ގޮވައިގެން. ލޮލް
ހަޖަމް ކުރަން ދަސްކުރޭ،،،، މަހޭނެތި ދާނޭ،،
ސިޔާސީ ބުލީ ކުރުމުގައި އަރާހުރި ބެޑްޝީޓަށް ބުޅީގެ މާނަ އެގުމަކީ ގައުމަށް ލިބުނު ހޭލުންތެރިކަމެއް. ކަރުބުޑުގަ ހިތި ރަހަލީމަތާ ހޭވެރިކަން މިވަނީ ދޯ؟؟؟؟
ޙެހެހެހެ ކެކެކެކެ
ދެން ލަލަލާ.
ހެހޭ. ފޭހުނު އިލޮށި ލޮލަށް ހެރުނީ. ތަދުވޭދޯ؟
ގްރޭޑް 5 ގެ ކުއްޖަކު ދައްކާކަހަލަ ވާހަކައެއް. މިނިސްޓަރުކަމު ތިބެގެން ކަޑުކޮސް ވާހަކަ ދައްކާނަމަ އެކަމާ ރައްޔިތުން ފޮށޭނެ. ދިމާވެސްކުރާނެ. ފަރިހިވެސް ހަދާނެ. ޑްރާމާވެސް ކުޅޭނެ. ތިމާޔަށް ނުކުރެވޭވަރުކަމެއް ކުރަންދިމާކުރީމާ ވާނެގޮތް ތިވަނީ. ސާބަސް ކުޅުދުއްފުށީ ރައްޔިތުން. ޙަމަ ސާބަސް. އިބްރޭ އަށް ފީހޮވާލަން ތިކަމުން ފަސޭހަވާނެ.
މަންޖެ ވަރަށް ނުވިސްނޭ ކުއްޖެއްތަތީ. ދިވެހިންގެ މޮޓޯއެއް އެއީ "ރޯތިރޮންޏާ ރޯކުދިން ރޮއްވާނަމޭ" ތިކަމާ މަންޖެ ފާޑު ކީވަރަކަށް މަންޖެއަށް ކަންކަން ފެންނާނެ. ޢައިޝާ މިހެން ނުވާތި. ދިވެހިން ވަރަށް ސަމާސާވާނެ. ޚާއްޞަކޮށް ކުޅުދުއްފުށި ކުދިން މިކަހަލަ ކަންކަން ކުރާނެ
ޢަޅުގަނޑަށް ހީވަނީ ފާޑުކިޔުމަކީ އޮންނަންޖެހޭނެ ކަމެއްހެން. ޢަދި ކުޅުދުއްފުށީގެ މާލިތަކުން އެދިން މެސެޖުތަކަކީ ކޮންމެވެސް ބަޔަކު ކޮންމެވެސް ސިފައެއްގައި ދޭންޖެހޭނެ އެއްޗެއްހެން. ޢަދި އެގޮތަށް މަޖަލާއި ކުޅިވަރުގެ ތެރެއިން ގެނެސްދީފައިވާ ގޮތް ވަރަށް ސަޅި. ހަބޭސް. ޢެމީހުން އެ އަދާކުރީ ހުރިހާ ރައްޔިތުންގެ ދައުރު. ޢެއީ ހުނަރުވެރި ގާބިލު ބަޔަކަށް ނޫނީ ނުކުރެވޭނެކަމެއް.
މިދައިތަގެ ފިރިމީހާ އިސްކޮށް ހުރެގެން ޓެކްސީތަކުގެ އަގުބޮޑުކުރަން މުޒާހަރާ ކުރަނީ.
ހަގީގަތުގައި އަހަރެންނަން މިޕެރޭޑަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް. މިވެެރިންގެ ކަމަކީ އޭރަކު އޮންނަ ސަރުކާރަށް މަލާމާތް ކުރުން. ނަމަވެސް ހަގީގަތަކީ ރާއްޖޭގެ އެއްރަށަކަށް ހުރިހާ ސަރުކާރަކުންވެސް އެންމެބޮޑު ހޭދައެއް ކުރަނީ މިރަށަށް.
އެހެންތަ؟ އަހަރެމެންނަށް މިއީ އަހަރެމެންގެ ސަގާފަތް! ކޮންމެ އިރަކުވެސް މިކަންް އޮންނަގޮތް. ހަޖަމު ކޮށްލައިން ތިބެލާ މީގެ ކުރިންވެސް އައި ވެރިން ހަޖަމު ކުރި!
މިއަކީ އަބަދުވެސް ސަރުކާރުން އެންމެ އިހުމާލުވާ އެއް ރަށް! ދޮންކަލޯމެން އެނގިގެން ކިޔާ!
މިހީކުރީ ޔާނުގެ ވެރިކަމުގަ ކަަށް އަޑުއުފުލުމުގެ މިނިވަންކަން ނެތީ.. ޔާނު ނުބެހޭ މިކަމަކާ
ހަހަހަ. އިން ޔޯރ ފޭސް. ކަލޭމެންނަށް މޮޅުތަކެއް ވެއްޖެއެއްނު އަބުރާއިބެހޭ ޤާނޫނު އުވައިލައިގެން.
އަބްދުﷲ؟ ކުޅުދުއްފުއްޓަށް ކޮން ޚަރަދެއް ކޮންގެންބާ މިއުޅެނީ؟
ސަރުކާރަށާއި މިނިސްޓަރުންނަށް ބުނެލަން އޮތީ ހަޖަމު ނުވިޔަސް ކުޅުދުއްފުށި ބޭނުންވާ ގޮތަށް ކަންތައްނުވާނަމަ 2020 ގެ މާލި ބަލާލާތިވޭ.!
ރަނގަޅު ފިލާވަޅެއް ދޭނަމޭ!
ބުލީއެއް، ހެރެސްމެންޓެއް، ކިޔާނެކަމެއްނެއް ކުޅި ދައްކާލާނަން
ބޮޑު ހަސަނު ދޭބަލަ މަހަށް.. މާބޮޑަށް އެނގިގެން ތިއުޅެނީ.. މިރަށު މީހުންނަކީ ހިތްހެޔޮބައެއް ދިރިއުޅޭ ރަށެއް.!
ހަގީގަތުގައި ކުޅުދުއްފުއްޓަކީ ސަރުކާރުން އެންމެ އިހްމާލުވެފައިވާ ރަށް.. އެކަމަކު ރަތްޔިތުންގެ މަސައްކަތުން ރަށް ކުރިއެރުވުމަށް އެތައް މަސައްކަތް ކުރޭ.. އައްޑޫ މީހުނަށްވުރެ ކުރި އަރާފާނެ ކަމުގެ ބިރަށް ބާކީ ކޮށްފައިވާ ބައެއް. ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެނަމަ ކުޅުދުއްފުއްޓަކީ ތަނަވަސް ރަށަކަށް ވެގެން ދާނެ.! މިއީ ސަރުކާރުގެ ކަންބޮޑު ވުމެއް.. ދަޅަ ދައްކައިގެން ގެންގުޅޭ އުސޫލު މިހާރު ރައްޔިތުން ބަލައެއް ނުގަނޭ. ޢިންޝާﷲ އަދި ކުޅުދުއްފުށި ބޭނުންވާ ތަރައްގީ ލިބޭނެ.
ކުޅުދުއްފުށީމީހުން އެހެން ރަށްރަށަށްގޮސް އަނގަމަޖާ ކުރަނީ އުޅޭން ފަސޭހަޔަށް އެރަށަށް މީހަކު ގޮސްއުޅޭ އިރު އަހާނުލާނެ ކޮންރަށެއްތޯވެސް ތަޖުރިބާކޮށްފަ މިބުނަނީ ކުޅުދުއްފުށީމީހުންނަކީ ރަނގަޅުބައެއްނޫން
އާން ނޫނޯ ކޮން ދޮގެއް.. އުޅެން ފަސޭހަ ނުވެގެން ވިއްޔާ މިއުޅެނީ. ކަލޭމެންނަށް ރަނގަޅު ބަޔަކަށް ވަނީ ދެން ކާން ވެސް ލަވައިދީ ކަލެމެން ފޫބުޑުން ނުނެއްޓި އަބަދު ކަލެމެން ރަނގަޅު ކޮށްގެން ވާހަކަ ދެއްކީމަތަ. އަޖައިބު ހީވޭ..
އެދައިތަ ގެއްލުވާލި ބެޑްޝީޓް، އެޕެރޭޑުން ފެނިގެން ހަދަޖަމުނުވީދޯ
އޭއް އޯތް ދާތަޔޯ މޮޔަފުޅުވީތޯ ތިޔަނާގާބިލް ބައިގަނޑު ވެރިކަން ކުރަން ހަމަ މިކުޅުދުއްފުށިން ދިންވޯތުވެސް އޮތީ އެންމެކުރީގަ ވޯޓްދިނޭ ކިޔާފަ ދުނިޔެއުމުރަށް ލައަބަކިޔަން ތިބެވޭތަ ގޯހުން ގޯހަށް ކަންކަން ކުރަންޔާ މިކަހަލަ ސަމާސާ ކުރެވޭނެ ރުހުނަސް ނުރުހުނަސް މިކަން އޮންނާނީ އަބަދުވެސްމިހެން ކުޅުދުއްފުއްޓަށް އެކަމެއްވެސް އަދި މިއަދާޖެހެންދެން ދައިތަމެންގެ ފަރާތުން ކޮށްދިން އެއްކަމެއްވެސްނެތް އާން ކޮށްދޭން ދޮގު ވައުދުތަކެއްވި ނަމަވެސް އަދި ހަމައެއްކަމެއްވެސް ނުކުރޭ ވީމާ ރުޅިއަންނަންވީ ދައިތަތަ ނޫނީ އަހަރެމެންތަ ހެހެހެހޭ
އެންމެ ޖާހިލު މީހުން އުޅޭ ރަށް.